ދިވެހިރާއްޖޭގައި އަބަދުވެސް އޮންނާނީ އިސްލާމް ދީން ކަމުގައި އާއި، އެކަމާއި ދެކޮޅަށް ސިއްރުން ވިޔަސް އަދި ފާޅުގައި ވިޔަސް ކުރާ މަސައްކަތް ދިވެހިން ބަލިކުރާނެ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީހް މިގޮތަށް ވިދާޅުވެފައި ވަނީ، ރާއްޖެ އިސްލާމްވިތާ 893 އަހަރުވުމާއި ގުޅޭގޮތުން އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މިނިސްޓަރ ވިދާޅުވީ، މީގެ 893 އަހަރު ކުރީން، މިއަދު ދިވެހިން ޖާހިލިއްޔަތަށް ނޫނެކޭ ބުނެ އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ޤަބޫލުކުރި ކަމަށެވެ.
"މީގެ 893 އަހަރު ކުރިން މިއަދު ދިވެހިން ޖާހިލިއްޔަތަށް ނޫނެކޭ ބުނެ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު ގަބޫލުކުރި. މިޤަމުގަ އަބަދުވެސް އޮންނާނީ އިސްލާމްދީން. އެކަމާ ދެކޮޅަށް ފާޅުގަ ވިޔަސް ސިއްރުން ވިޔަސް ކުރާ މަސައްކަތް ދިވެހިން ބަލިކުރާނެ." މަލީހު ކުރެއްވި ޓްވީޓުގައި ވެއެވެ.
އިއްޔެ މިނިސްޓަރ މަލީހު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، މިޔަށްވުރެ އުފާވެރި ދުވަހެއް ދިވެހީންނާއި ބައްދަލު ނުކުރާނެ ކަމަށާއި، އިސްލަމް ދީނުގެ ހިދާޔަތަކީ ދިވެހީންގެ ނަސީބު ކަމަށެވެ.
"މިޔަށްވުރެ އުފާވެރި ދުވަހެއް ދިވެހީންނާއި ބައްދަލުނުކުރާނެ. އިސްލާމް ދީނުގެ ހިދާޔަތަކީ ދިވެހީންގެ ނަސީބު، މިޤައުމު މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހިކަމުގައި ތާއަބަދަށް ލަހައްޓަވާށި. އާމީން." މިނިސްޓަރ ވިދާޅުވިއެވެ.
Miahvure ufaaveri dhuvaheh dhiveheennaa bahdhalu nukuraane. Islaam dheenuge hidhaayathakee dhiveheenge naseebu. Miqaumu maiy vegenvaa islaam dheenuge hiyaavahikamuga thaa abadhah lahahtavaashi. Aameen. pic.twitter.com/1YCvgh9OBL
— Mohamed Maleeh Jamal (@maleehjamal) November 29, 2019
ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާމަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގައެވެ. އެހެންކަމުން ދިވެހިނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނުތާ މިވީ 893 އަހަރެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން ފަށައިފައިވާކަމަށް ތާރީޚީ ލިޔުންތަކުން އެނގެން އޮތީ މުޙައްމަދު ފަރީދުލްއައްވަލްގެ ރަސްކަމުގައި ހިޖުރައިން 1374 ވަނައަހަރުއެވެ.
ތިހެން މީގެކުރިން އަނިޔާވެރިކަމާ ދެކޮޅަށްކަމަށްބުނެ ވެރިކަން ބަދަލުކުރީ، ނަމަވެސް އެހާރަށްވުރެ މިހާރު މާއަނިޔާވެރި، ވައްކަންތައް މާމޮޅު، އެހެންކަމުން ތިގޮތަށް މޮޅު ޢިބާރާތެއް ލިޔުނަކަސް އިސްލާމްދީން ހިމާޔަތެއް ނުކުރެވޭނެ.
ސަރުކާރުން މިހާރުމާދީނީވެގަނެގެންމިއުޅެނީ އެމްޑީއެންގެ މައްސަލައިގާ ބަލިވުމުންދޯ މީގެފަހަތުން ބޮޑުރާޅެއް ނަގާނެ މިހާރުތިޔަގޮވާއެއްޗެހި ރައްދުވަނީ ނަސީދައް!
ކިތައްމެބާރައް ފެލިޔަސް އެއެއްޗަކުން ނިކުންނާނީ އެއެއްޗެއްގެ ހުރިދިޔައެއް ހިތިފަތަކުން މާމުޔެއް ނުނެވޭނެ!
ކިތައްމެބާރައް ފެލިޔަސް އެއެއްޗަކުން ނިކުންނާނީ އެއެއްޗެއްގެހުރި ދިޔައެއް ހިތިފަތަކުން މާމުޔެއް ނުނެރެވޭނެ!!
އާނއެކޭ ބަލިކުރާނަމޭ. ކަލޭމެންގެ ސަރުކާރު މިއަދު ބާރު އޮތީތީ ރައްޔިތުންގެ އަޑު ނާހާ ރައްޔިތުންގެ އިހްސާސްތަކާ ކުޅެ ރައްތިތުން ރުޅިއަރުވާ ހަދަމުން ގެންދިޔައެއްކަމަކު ތި ބޮޑާކަން ޚަތިމުކޮށް ތިޔަބައިމީހުން ބަލިކޮށް ކާމިޔާބު ހޯދާނަމު. އިންޝާﷲ!