ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އަހުމަދު އުޅުއްވަނީ ހުސްވެފައިވާ އިދިކޮޅު ޕީޕީއެމްގެ ރައީސް ކަމުގެ މަޤާމު ހިފަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު މިގޮތަށް ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް، މައުމޫން އަބްދުލްޤައްޔޫމް އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ނައިބު ރައީސް އާމިނަތު ނާދިރާ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

އެ ޓްވީޓުގައި ހަސަން ލަތީފު ވިދާޅުވީ، ޕީޕީއެމްގެ ރައީސް ކަމުގެ މަޤާމު ހުސްވެފައިވާ ކަމަށާއި، އެހެންކަމުން ދެން އޮންނާނީ އެމަޤާމަށް ހިފުން ކަމަށެވެ. ޑރ. ޖަމީލްވެސް އުޅުއްވަނީ އެކަމާއި ކަމަށް ހަސަލް ލަތީފު ވިދާޅުވިއެވެ.

"ޕާޓީގެ ރައީސް ކަމުގެ މަޤާމު ހުސްވެއްޖެއެއް ނޫންތޯ. ދެން އޮންނާނީ އެމަޤާމަށް ހިފުން ނޫންތޯ. ޑރ. ޖަމީލްވެސް އުޅުއްވަނީ އެކަމާޔޯ." ހަސަން ލަތީފު ކުރެއްވި ޓްވީޓުގައި ވެއެވެ.

ހަސަން ލަތީފު މިގޮތަށް ވިދާޅުވެފައި ވަނީ، ރޭ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން މާލޭ ޖަލު ކައިރީގައި ކުރިޔަށްގެންދިޔަ މުޒާހަރާ އާއި ގުޅިގެން ނާދިރާ ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. ނާދިރާގެ ޓްވީޓުގައި އޭނާ ވަނީ، ޕީޕީއެމް އާއި ޕީއެންސީން، ރައީސް ޔާމީން މާލޭ ފަސްގަނޑުގައި ހުރެގެންވެސް ކަމުނުގޮސްގެން އުޅެނީތޯ ސުވާލު ކޮށްފައެވެ.

ނާދިރާގެ އެ ޓްވީޓުގައި އޭނާ ވަނީ، އިދިކޮޅު ފަރާތްތަކަކީ "އަޑިނުބައި ބައެއް" ކަމަށްވެސް ވިދާޅުވެފައެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލާން ޙުކުމްކޮށްފައިވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ މާލޭ ޖަލުގައެވެ. އެކަމާއި އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ރޭ އިދިކޮޅުން މާލެ ޖަލު ކުރިމަތީ އަޑުއުފިލި އިރު، ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލަން މެދުނުކެނޑި މަސައްކަތް ކޮށްފައެވެ. އަދި މުޒާހަރާ ތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވެސް ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. މަނީ ލޯންޑާ ކުރުމުގެ ތުހުމަތު ޔާމީންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ އެމްއެމްއެޕީއާރްސީގެ ފައިސާ އެންމެ ގިނައިން ބޭނުން ކުރިކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއްމިލިއަން ޑޮލަރު އޭސީސީ އާއި ހަވާލު ނުކުރިކަމަށް ބުނެއެވެ.

މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވުމުން އެމަނިކުފާނަށް އިއްވަފައި ވަނީ ފަސް އަހަރުގެ ޖަލު ޙުކުމެކެވެ. އަދި 5 މިލިއަން އެމެރިކާ ޑޮލަރު (77.1 މިލިއަން ދިވެހި ރުފިޔާ) އިން ޖޫރިމަނާވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޖަމީލް

    އެހެންވަނީ ހާދަ ކަންތަށް ތަށް އެނގޭ މީހެކޭ އުތަ މީ. އެނގޭ ކަމެއްވެސް ނޭނގޭ ކަމެއްވެސް ނޯންނާނެ މި މީހުނަކަށް. އެމް.ޑީ.ޕީ ގެ އިސް ސަފުގަ ލާދީނީ މީހުން އެހާ ގިނައީ ކީއްވެކަން ބުނެދެއްވަން ވީނޫންތޯ ދެން.

    67
    8
    • ހަތަރުކަށިމަތި

      ވަރަށް މޮޅު މީހެކޭ އެއީ. މީހަކު ޅިނދު ފީވެ އުނަގަނޑުން ތިރި ވާބެފަ އޮއްވަ ފަރުވާ ކޮށް ރަނގަޅުކުރީ މި ކުރުސްޗޮޕެއްނު.

      37
      2
  2. ނަދިރަ

    ކަލެއަށް ކޮން ކަމެއް

    39
    2
  3. ގުއިދައިތަ

    އެއީކީ ކަލެއަކާ ބެހޭ ކަމެއް ނޫން. !! ޕާރޓީތަކުގެ ވެރިންނަށް އަންނާނެ މީހަކު އެނގޭނީ ކަލެއަކަށް ނޫން. !! ކަލޭ ހުރޭ ލާދީނީ ނަޝީދު ފަހަތުން.

    48
    3
  4. ބުނަން.....

    މި ކަލޭގެނޫން އެހެންމީހުން އުޅޭނީހިފަން .... ފައްކާ ރޯނު އެދުރެއް

    39
    3
  5. ދދދދދދ

    ތިކަމާ ެހޭނީ ޕީޕީއެމް މީހުންނާ ކަލެއަކާ ކީކީ. ސާހިބު މީހާ ނޯކަރު ކުއްޖާއަށް އެންގީތަ ތިހެން ބުނާށޭ. މިއެއްޗަކު ކިބުރުވެރިވެފަ ފޮނިބޮޑުކަމުން މަ އެންމެ ފޫހި ކަރުވަނީ. އަދި މީހެއްނަމަ ކިހާވަރެއް ހުރީސް. މިދެން މީހެއްތަ އަނގަ ކާއްތަނީ.

    30
    3
  6. ނޫސްކިޔާމީހާ

    އެެއީ ޙަސަން ލަޠީފާ ބެހޭކަމެއް ނޫން. ދެން އަވަށް އަމިއްލަ އަށް ރިޕޯޓެއްލިޔޭ ނަޖިލިސްއަށް ހުށަހަޅާ ނުބެހޭ ޖަންތަކާ ނުބެހިބަލަ

    38
    3
  7. ހެހެ

    ހަސަނެއް ނޫން ރ. ޔާމީނަކީ. މޮޔަނުގޮވާ ހުރޭ. ތިމާމެންގެ ޕާޓީ ތެރޭގައި ދެ ފެކްޝަނެއް ހަދައިގެން މިހާރުވެސް ތިޔަތިބީ. މަގާމުގައި އެކަކު ބަހައްޓައިގެން ގައުމުގެ ވެރިކަން ކުރަނީ ކެނެރީގެ ބޮޑު އުނދޯލި ހެއްލަން އިންނަ ''އަބޖހލ'' މީހަކަށް އަނިޔާއެއް ދީފައި އުފަލުގައި ނޫޅެވޭނެކަން ދަންނާތި ކޮންމެ މީހަކުވެސް. އަދި އަންނާނެ ދުވަހެއް. މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށްވެސް ދުވަހެއް އަންނާނެ. މިއަދު ކަލޭމެން ހޭނެ، މާދަމާ ރޯނެ. އިންޝާﷲ

    41
    4
  8. ޖަހާންގީރު

    ކަލެއަށް ކީއްތަ ސްޓޭޑިއަމް މުރުތައްދު ކަލޭގެ

    35
    3
  9. އިއްބެ

    އެއީ ތިޔަ ވަގު ރިޕޯޓް ފާސްކުރާ ސޮ ރާ ބެހޭކަމެއްނޫން. ތީ ބޮޑު ދޮގުވެ ރި, މަކަ ރު ވެ ރިއެއް. ނަމަވެސް މާތްﷲ އަށް މަކަ ރެއް ނުހެދޭނެކަން ހަނދާންކު ރާތި!

    25
    1
  10. އެޑްވަޑް ބާމުންޑޭ

    ޕީ.ޕީ.އެމްގެ ރައީސަކަށް ދެން ގެންނާނީ ކާނަލް ރިޓަޔާރޑް މުޙައްމަދު ނާޒިމް.

    11
    23
  11. ދެންހަމަ

    ހަސަންލަތީފު އުޅެނީ ބޭތުލްމާލު ލޫޓުވާލައި މިޤައުމުގަ ބުދުފައްޅިއަޅަން ހަނދާންނައްތާލާ!

    14
    3
  12. Anonymous

    މިއެމްޑީޕީ މީހުންނަކީ ވދޭތެރެ ޖައްސާބައެއް. ހުވަފެނީ ބޮޑުވަޒީރު ވެސް ބުންޏެއް ނޫންތަ އަދީބަކީ މިސަރުކާރު ގައި ތިމަންނަ އެޅުވި ފަންޏެކޭ. ޑރ. ޖަމީލަކީ އޭރުވެސް މިހާރުވެސް އިޚްލާސްތެރި އެއް
    މާދަމާ ވެސް ރ.ޔާމީނަށް ވަފާތެރި ކަމުގައި ހުންނަވާނީ. ލާދީނީ ބައިގެ މީހުންހެން އަމިއްލަ އެދުމެއް އިސްނުކުރާނެ. ދީނީ ލޯބި ޤައުމީލޯބި.

    20
    2
  13. ސފރޖދ

    ކަލޯ ހަސަންކޮއް، ޕީޕީއެމްގެ ރައީސްގެ މަގާމް ހުހެއްނުވެއޭ!! މުނާފިގު ޣައްދާރު ފިތުނަ އުފައްދަން ފެށިތާ! މިފަހަރު އަހަރުމެން ރައްޔިތުން ފާރަވެރިވާނަން. އެއީ އެމަގާމު ހުސްވެއްޖެއޭ ކިޔާފަ ހަސަންކޮ ވެސް އިލެކްޝަނަށް ފޯމުހުށަ އަޅަން އުޅޭކަމުގެ މަޢުލޫމާތު ވަނީލިބިފަ.

    4
    1
  14. އަހްމަދު

    ހަސަންލަތީފު ރައީސްމައުމޫންގެ ވެރިކަމުގަ އެޓަނީގެމަގާމުނުލިބިގެން ރައީސް މައުމޫނައް ގޮޅާބޯގޮވަންނުކުމެހުރިނަމަވެސް ޑރ ޖަމީލަކީ ތިޔަހީކުރާކަހަލަމީހެއްނޫން ޕީޕީއެމްގެރައީސަކީ ރައީސް ޔާމީން އެކަން ބަދަލުކުރަންނޫޅޭ

    6
    2
  15. ހޭބަލި

    ކަލެއަކަށް ނުދޭނަން

    7
    1
  16. މަ

    ހަސަނަށް ކޮންކަމެއް ކޮންމެމީހަކު ހިފިޔަސް...

    5
    1
  17. ތިޔަ ދިޔައީ

    ލާދީނީ ހަސަނު

    5
    1
  18. އުނބު އާދަނު

    މިމީހުންގެ ބޮއްޅަބޭ ޖަލުގައި ހުރިއިރު މިމީހުން ބުނަމުން ގެންދިޔައީ ބުއްޅަބޭއަކީ ޕާޓީގެ ރައީސޭ! ޖަލްސާތަކުގއި ހުސްގޮނޑިއެއް ބަހައްޓައިގެން އެ ގޮނޑިޔަށް މުޚާޠަބުކުރަނީވެސް " އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު" މިގޮތަށް! މިއަދު މިކިޔާ އެއްޗެއް އެބަ ދިމާވޭތަ؟

  19. ސަލީމު

    ޙަތަރުކަށިމަތި އަށް ބޮޑަށް އެގޭނީ