ސީލައިފް ފްލެޓްތައް ގަތް ފަރާތްތަކުގެ ފައިސާ އަލުން އަނބުރާ ދޫކުރަން ފަށައިފިއެވެ.

ފްލެޓް ގަތް ފަރާތްތަކަށް ފައިސާ ދޫކުރަން ފަށާފައިވަނި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ފައިސާ ދޫކުރަން ފަށާފައިވަނީ ފްލެޓް ގަތް ފަރާތްތަކަށާއި، ފްލެޓަށް ލާރި ދައްކާފައިވާ ފަރާތްތަކަށެވެ. އެ ފަރާތްތަކަސް ފައިސާ ދޫކުރަން ފަށާފައިވާކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ހުޅުމާލޭގައި 3،000 ފްލެޓް އެޅުމުގެ ބިޔަ މަޝްރޫއެއް ހިންގަން، ސީލައިފް އަށް ވަނީ ހަވާލުކޮށްފައެވެ. އެ ޕްރޮޖެކްޓް ހަވާލު ކުރުމުން ގިނަ ބަޔަކު ވަނީ އެ ފްލެޓުތަކަށް ފައިސާ ދައްކާފައެވެ. އޭރު އެ ފްލެޓުތަކަށް 203 މީހަކު ފައިސާ ދައްކާފައިވާއިރު ގިނަ ބަޔަކު ފްލެޓް ބުކް ކުރަން ބައި ލައްކަ ރުފިޔާ ދައްކާފައިވެއެވެ. އަދި ބައެއް މީހުން ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ދެއްކިއިރު މަދު ބަޔަކު ނަމަވެސް ފްލެޓުގެ ފުލް ޕޭމަންޓް ދައްކާފައިވެއެވެ.

ފްލެޓަށް ފައިސާ ދައްކާފައި ވީނަމަވެސް، ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުދާތީ ދެއްކި ފައިސާ އަނބުރާ ހޯދަން އެ ފަރާތްތަކުން ސީލައިފްއާ ދެކޮޅަށް ވަނީ ކޯޓުގައި ދައުވާކޮށްފައިވެއެވެ. އަދި އޭގެ ފަހުން ސީލައިފްއެކު މި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ސެޓެލްމަންޓް އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދެއްކުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ބައެއް ފަރާތަކުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހހހހ

    2 އަހަރު ތެރޭ ދޭންއެއބަސްވި ފްލެޓްތައް ސަރުކާރަށް ދިނުން ދަތިވާނެ. އެހެންވީމަ މިހާރު ނިމިފަ ހުރި 7000 ފުލެޓުގެ ތެރެއިން އެކަން ހަމަޖައްސައިފިނަމަ ސަރުކާރަށް އެ ޒިންމާވެސް އަދާކުރެވުނީ.