ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިއަދު މާފުށީ ޖަލަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ، މިއަދު ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި މުނާޒް ވިދާޅުވީ، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މެޑިކަލް އެސެސްމެންޓް އަދި އެހެނިހެން އިޖުރާއަތްތައް ފުރިހަމަކޮށް ނިމިފައިވާތީ ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލެ ޖަލުގައި މިހާރު ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން، މާފުށީ ޖަލަށް ބަދަލު ކުރުމަށް ނިންމާފައި މިވަނީ، އެމަނިކުފާނު މިވަގުތު އޮންނެވި ގޮޅިއަކީ އާދައިގެ، ހާލަތު ދަށް ގޮޅިއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން އިއްޔެ އެމަނިކުފާނާއި ބައްދަލު ކުރައްވައި އެމަނިކުފާނު އޮންނެވި ގޮޅީގެ ހާލަތު ބައްލަވާލައްވާފައި ވާއިރު، އެޓީމުން ބުނެފައި ވަނީ ރައީސް ޔާމީން އޮންނެވީ ވަރަށް ހާލަތު ދަށް ގޮޅިއެއްގައި ކަމަށާއި، އެ ތަނުގެ ފާހަނާއަށްވެސް މައްސަލަ ޖެހިފައި ހުރި ކަމަށެވެ. މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށް ޖަލު ކައިރިއަށް ރޭ އެއްވެފައެވެ.

ރައީސް ޔާމީނަށް ގޮޅީގައި އަނިޔާދެމުން ގެންދާކަމަށް ބުނެ އިދިިކޮޅު ފަރާތްތަކުން ހިއުމަން ރައިޓސް ކޮމިޝަނަށްވެސް މައްސަލަ ހުށަހަޅާފައި ވެއެވެ. އެކަމާއި ގުޅިގެން އެ ކޮމިޝަންގެ ޓީމަުން މިއަދު ވަނީ މާލެ ޖަލަށް ޒިޔާރަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބުނަން.....

    ތިޔަ ވިދާޅުވާ އެސެސްމެންޓެއް ފުރިހަމަވާނެބާ؟؟؟؟؟

    18
    2
  2. Anonymous

    މިރޭވެސް ވާނެ މުޒާހަރާކުރަން. ކުލީ ސިފައިން ނުކުމެ އަނިޔާކުރުމުން ހުއްޓުވޭތޯ ބަލަންވާނެ. މީހުންގެ އަދަދެއްނޫން މުހިންމީ ރައްޔިތުންގެ ފައިސާއިން ކާރުރޭސް ބަލަން ރަހުމަތްތެރިން ގޮވައިގެން ގޮސް ތިއްބަ ސަރުކާރު ވައްޓާލަން ހިނގާ. ރައްޔިތުންނޭ މިއީ ފުރުސަތެއް. ވޯޓްވަގު. މަންކީ ބައިގަނޑުގެ ދުވަސް ދުއްވާލަންވީ.

    53
    10
    • ާއަލިބެ

      އެހެންމީހުންނާ ދިމާލަށް ލާދީނޭ މިގޮވާމީހުން މި ނުކުންނަނީ ރަޔަތުންގެ ލާރިއަށް ޚިޔާނައި ވެފަ ހުރި މީހަކުގެ ދީފާއުގަ ރޯމާދުވާލު މީނަ ހިންގާފަ ހުރި ޖަރީމާތަށް ހުރީ ފެންނަން ... މިތާގަ އިސްލާމީ ސަރީއަތެއް އޮައްނަމަ މީނަގެ އަތްބުރި ކުރީސް

      7
      21
      • ހިޔާނަތްތެރިވުމުގެ ހެއްކެއް ނެތް

        ހިޔާނަތްތެރިވުމުގެ ހެއްކެއް ނެތް. ޖަލަށްލީ ނުހައްގުން. ޝަރީއަތް ހިނގާފައިވަނީ ބޭއިންސާފުން. އެމްޑީޕީ ގާޟީއަކު ލައްވާ ދޮގު ހުކުމެއް ކުރީ. ގަޟީއަކީ އާޚިރަތް ދުވަސް ގަބޫލުކުރާ މީހެއްހެން ހިޔެއް ނުވޭ. ރައީސް ޔާމީނުގެ ބޭންކަށް ޖަމާކުރި ފައިސާ މިއަދާ ހަމަޔަށްވެސް އެހުރީ ހުރިގޮތަށް. އެފައިސާ ޖަމާކުރިމީހަކު ކުރީ ބުނެގެނެއް ނޫން ކަންވެސް ޝަރީއަތުން އެގުނު. މިސަރުކާރުން އެހުކުމް ކުރީ ހިޔާނަތްތެރިވީމައެއް ނޫން. ހުކުމްކުރީ ކުރާހިތުން ބަދަލުހިފަންވެގެން. ކަލެއާއި ކަލޭ ތިކިޔާ އެއްޗެހި ކޮމެންޓް މިކުރަނީ ރައީސް ޔާމިނުއާއި ހަސަދަވެރިވެގެން، ކަލޭމެންނަކީ ގަޅިން.

      • Anonymous

        އަލިބެއްޔާ ތިހި ރީ ބޯގޯސްވެފަ، މިސަ ރުކާގަ އަތްބު ރިކު ރަންޖެހޭ ކިތައްމީހުން ތިބިތޯބަލާބަލަ

  3. އަގުލީމް

    ރޭގަ މާލޭ ޖަލު ކައިރީ މުޒާހަރާ ކުރި މީހުން ޒިންމާ ވާން ޖެހޭނެ. ރައީސް ޔާމީން އަށް އެއްވެސް ލޮއެތްބެއް އޮތްބައެން ނޫން އެއީ

    12
    55
  4. ދަންނަ

    ޖަލު ގޮޅީގައި ތިޔަ ޔާމީނު ކިޔާ ބޮޑު ވަގު ބައިންދާ! ވަގުތު ކުދިން މި ކޮމެންޓް ޖަހާލަ ދިނުން އެދެން. ހަޖަމު ކޮށްގެން ތިބެ

    14
    66
    • Anonymous

      ބަލަ ކޯޓުން އެއީ ވަގެއް ކަމަށް ޘާބިތެއް ނުކުރެވުނު. 1 މިލިއަން ޑޮލަރުވެސް ހުރީ ސަރުކާރުގެ ބެލުމުގެ ދަށް ދީފަ. ހަހަހަހަހަ. ވަގަށް ގޮވާ. ކަލޭމެން ގޮވާ ކޮންމެފަހަރަކު ރައަިސް ޔާމީންގެ ހެޔޮ އަމަލުގެ ފޮތް ބަރުވެ ނުބައިނއަމަލުގެ ފޮތުން ބައެއް އެ ގޮވި މީހެއްގެ ފޮތަށް އިތުރުވާނެ.

      23
      5
    • ހހހހ

      ވަގުކަލޭގެ. ބަލަ ތިކުދިން ޔާމީންގެ އަބުރަށް ހުތުރު އެރުވީމަ. މިހާރު މިވީގޮތަކީ، އެމަނިކުފާނަކީ ވަގެއްނޫންކަން ޘާބިތުވީ. ކަޑަވެއްޖެދޯ. ނަޝީދަކީ ވަގެއްކަން ޘާބިތުވީ، ވެލާނާގޭގަހުރި މުދާ ވަގަށް ނަގައިގެން.

      20
      4
  5. މާލެ ބޭބެ

    މުނާޒް ތިބާ ހިތިބޯނެ؛ ރައްޔިތުންނޭ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާއިގަ ލިޔެވިފައިވަނީ ވެރިކަން ފެށިގެން އަންބަނީ ރައްޔިތުންގެ ކިބައިންނެވެ. މިހަރާމް ހުކުމްގެ އަދަބް ކުރިމަތީ ކުޑަ ކަކޫ ނުޖަހާ ރ ޔާމިން މިނިވަންކުރަންދެން ތިބިތާކުން އަޑުއުފުލާ... ހައްގު ލިބޭނީ ބިރެއްނެތި ޖިހާދުކޮށްގެން؛ ދިވެހި ފުލުހުން ދިވެހިރައްޔިތުންނަށް އަނިޔާކުރުންވެސް ހުއްޓުވޭނީ ރައްޔިތުން ނުކުމެގެން...

    39
    5
    • ގައުމީ ދިވެއްސެއް

      ދިވެހި ގައުމީ ސިފައިންނާއި ގައުމީ ފުލުހުން ތިބޭނީ ދިވެހިންނާއެކު. އެމީހުންގެ ވެރިންނަށް ތިބި ދައްޖާލުންގެ އަމުރަށް ކުރަންޖެހޭ ކަމެއް އެމީހުން.އެކުރަނީ. މިހާރު މިދަނީ އެމީހުނަށްވެސް ކެތްނުވާވަރު ވަމުން. ދާދި އަވަހަށް.ނޯ ސަރއޭ ބުނަންވެސް ޖެހިދާނެ.

      14
      2
  6. ކަންނެލިއޮޑި

    އިބިލީހާ ޝައިޠާނާ "ދެވަގުން" ގެ އިތުރުން ފަހަރިވަޒީރު އަދި މިލަޝޭޚުގެ ލަގޮނޑިއަށް ކެތްވާނެބާ މާފުށްޓަށް ޔާމީން ބަދަލު ކުރަން! "އަޅުގަނޑުގެ ހިތް އެބަބުނޭ" ނުވާނޭ. ލަގްޒަރީ ފެންވަރުގެ ތަނެއް ހަދާފަ ޝައިޠާނުންތައް އިއްޒަތްތެރިކަމާއެކު ބައިތިއްބަން ޔާމީނަށް ކެރުނަކަސް ތީ އެވަރު ހުރި ބައެއް ނޫން. އެއަށްވުރެ މާ ޝައިޠާނީ ބައެއް ތީ. އެމީހުން ތިބި އަރާމުކަން އެމީހުނަށް އެނގޭނެތާ. އެތަނަށް ގެންދަންޏާ ވަގުތު ނަގަނީ އެތަން ހަލާކުކޮށް ސުންނާފަތިކޮށް ހަދަން ކަމަށްވާނީ. ފަހަރިވަޒީރު ބުރުމާ ހިފައިގެން ގޮސް އެތާ މިހާރު އޮންނާނެ. ގޮސް ބެލިޔަސް ހެޔޮވާނެ.

    11
    1
  7. ދަންސޫރަ

    ރައީސްޔާމީން ޖަލަށްލުމަކީ ވަ ރަށް ލަދުވެތިކަމެއް އެމްއެމްޕީއާ ރުސީގެ. ބޮޑުހިޔާނާތުގެ ފައިސާ ބޭނުންކު ރި އެޖެންޑާ19 ވަނަ މަޖިލީހުގަތިބި 16 މެންބަ ރުންނާ މިސަ ރުކާގަ އެފައިސާ ބޭނުންކު ރި 6 މިނިސްޓަ ރުންވެސް ޖަލަށްލާންޖެހޭނެ އަދި އެފައިސާ ބޭނުންކު ރި އެންމެންޖަލަށްލާން ޖެހޭނެ އެއީ އެންމެން ގުޅިގެން ކޮއްފައޮތް ބޮޑު ވަށްކަމެއް

    10
    2
  8. ޣގގގ

    މިސަރުކާރު ވެއްޓޭކަށް މާ ގިނަދުވަހެއް ދެންނެތް. އިންޝާﷲ.

    21
    6
  9. ޜޮނޑާ

    ހާދަ ވައްކަމެއް ކުރި ފަހުން ރާއްޖެއައް އުފެދުނު ބޮޑު ވަގު ކުރި ވައްކަން ފަޅާ އެރީ. ހުކުމް ކުރީމަވެސް މިއުޅެނީ އޮޅުވާލަން.... ގަޔައް ގުއިރީ ރީ 5 އަހަރު ވަންދެންތިބޭ.. .ކަލޭމެންގެ ވިއްސައްކައްމީހުން އެކޮޅު ކޮޅުން އުޅުނަސް އަހަރަމެންގެ ހިތައް ނާރާނެ އިސްތައްޓެކޭވެސް.. ދީނޭ ވަހުހުދަތޭ ގޮވަމުން ކޮޅުކޮޅައް ދުވަމުން ކުރަނީ ވައްކަން.. އެއްމިލިއަން ޑޮލަރުގެ ވައްކަމެއް ކުރީމަ އަތްފާކަޑަން ހުކުމް ކުރަންވީ. ގައުމު ފަނާކުރަން އުޅޭ ނުބައި ނުލަފާ ވަގުންތަކެއް. އިސްލާމީ ގައުމެއްގެ. ގާނޫނު ތަންދޭ ވަގުންގެ އަތްފާ ބުރި ކުރަން.. .

    2
    1
  10. Anonymous

    ބަލަ ޢަލިބޭ. ދެކަނފަތަށް ރީ އަޅާފަތަ .ނާހަމުތަ ރައްޔިތުންގެ ޢިތްޒަތްތެރި މަޖްލީހުގައި ޖާބިރު ވިދާޅުވި އަޑެއް. މިހާރު މިހިރަ ރައީސަކީވެސް ވަގެކޭ. ޢަލިބެނޫން އެންމެންނަށް އެއަޑު އިވިގެން މިއުޅެނީ އަނެއްކާ އޮޅިގެންބާ. ލާދީނީ ރިޕޯޓް ނެރެފަވެސް އެއްފަހަރު ބުނި ވިއްޔަ އޮޅިގެންނޭ.

    5
    2
  11. އަހުމަދުސޭޓު

    ވެރިކަން ވެއްޓޭދުވަހު އިބޫއާއިި އަންނި ފިލާނެ މިހާރުވެސް ދެމީހުން އެދިޔައި އެރޭވުމަށް.

    3
    2