ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ސަމާލު ނެރެފައި ވަނީ ނ. އަތޮޅާއި ވ. އަތޮޅާއި ދެމެދުގެ ސަރަޙައްދަށެވެ. މި ސަރަޙައްދަށް މިއަދު މެންދުރު ފަހު 1:30 އިން އިރުއޮއްސި 6:30 އާއި ހަމައަށް ނެރެފައި ވަނީ ހުދު ސަމާލެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި، ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މި ސަރަޙައްދަށް މިއަދު ހެނދުނުން ފަށައިގެން އޮތީ ރީނދޫ ސަމާލު ނެރެފައެވެ. މީގެ އިތުރުން ރާއްޖޭގެ ދެކުނާއި އުތުރުގެ ސަރަޙައްދަށް އެ އިދާރާއިން ވަނީ މިއަދު ހެނދުނު 9:15 އިން ފަށައިގެން މެންދުރުފަހު 3:15 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް މި ދުވަސްކޮޅު ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދޮގެއް؟

  މުޅި ރާއްޖެއަށް ރީނދޫ ސަމާލު އޮންނަތާ އަހަރަކަށްވުރެ ގިނަވީ.

 2. Anonymous

  ނުބައިވެރިންގެ އަތްމައްޗަށް ޤައުމު ދިޔައީމަ ފެންނަމުން މިދަނީވެސް ނުބައިކަން. ވެރިކަމަށް އެރިއްސުރެ އެކިއެކި ހިތާމަވެރި ޙާދިޘާތައް. މީއަޅެ ފަހެ ދޮގެއްތަ

  8
  1
 3. ޝިނާ

  ވާރޭ ވެހުން އެއީ ރަހުމަތެއް ދެއްވާ ރިޒްގެއް...މާތްﷲ އަށް ހަމްދުކޮށްބަ ކޮންމެ ކަމެއް ސިޔާސީ ނުކޮށް..އިރުވައި މޫސުމުގަ ވާރޭ ނުވެހި ދިގުލާނެ ކަންވެސް ވިސްނާ ދެމޫސުން ބެދޭތަނުގާ ވެހޭތާ ފެންނަގާށޭ....އެކަލާންގެ ދެއްވާ ރިޒްގެބޭނުން ހެޔޮގޮތުގައި ހިފާށެ..ވާރޭ ވެހުނަސް ކަމަކު ނުދޭ ނުވެހުނަސް ކަމަކު ނުދޭ..ކަލޭމެނަށް ނެއްދޯ ރަގަޅު އެއްގޮތްވެސް.