މިސަރުކާރުން ފެށުނީއްސުރެ އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާވެރިވަމުން ކަމަށް އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މި ސަރުކާރުން ފެށުނީއްސުރެ އައީ ރައީސް ޔާމީނަށް އަނިޔާވެރިވަމުން ކަމަށާއި އެކަން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުން އަދި މިއަދާ ހަަމަޔަށް ޖަލުގައި އެމަނިކުފާނަށް ޖެއްސި ހާލުން ދޭހަވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ހުންނަވާ ކަމަށް ބުނާ ޖަލު ގޮޅި އަކީ ޖާގައިގެ ގޮތުން ދަތި ތަނެއް ކަަމަށާއި، އެތަނުގައި އެމަނިކުފާނު ހުންނަވަނީ ވަރަށް ހާލުގައި ކަމަށެވެ. އަދި އެއީ މީގެ ކުރިން ރައީސް ކަން ކުރެއްވި ބޭފުޅަކު ބެހެއްޓުމަށް ހެޔޮވާވަރު ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެއީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށާއި، އެކަން ހާމަވާ އެންމެ ބޮޑު އެއްކަމަކީ ތުހުމަތު ކުރި ޝަރީއަތުގައި ދައުލަތުން ދެއްކި އެއްވެސް ވާހަކައެއް ކޮށްފައިވާ ހުކުމުގައި ނުހިމެނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދިއަދި ރަ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފް ކުރީ ރައީސް ޔާމީނަށް މިހާރު ކޮށްފައިވާ ހުުކުމް ފަސްކުރުމައް އަމުރެއް ނެރެދިނުމަށާއި، އަދި ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކޮށްދިނުމަށްވެސް އެދިފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން މިއަދު މާފުށީ ޖަލަށް ބަދަލު ކޮށްފައިވާ ކަން ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ އެމަނިކުފާނު ބަހައްޓަވާފައި ވަނީ ކޮން ގޮޅިއެއްގައި ކަމެއް އެނގިފައި ނުވާކަމަށެވެ.

ރައީސް ޔާމިންގެ ދައުރުގައި 13 އަހަރުގެ މުއްދަތަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބެހެއްޓުމަށް ވީއައިޕީ ޖަލެއް ވަނީ އިމާރާތްކޮށްފައެވެ. ޖަލެއްގެ ނަމުން ނަން ދީފައިވީނަަމަވެސް އެއީ އޭސީ ކޮށް ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އެޕާޓްމެންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަލޯ

    ތިކަލޭގެ އަށް އަނިޔާކުރަން ފެށިލެއް އަދި މާލަސް މިސަރުކާރުން.މިއަށްވުރެ އަވަސް ކުރިނަމަ މާ ރަނގަޅުވީސް.ޝުކުރިއްޔާ އިބޫދޮންކަލޯ.2023ގައިވެސް މުޅި މިސިޓީ އެއްކޮށް ވޯޓު ދޭނެ ހަމަޔަގީން.

    1
    7
  2. މަހޭޝް

    އަނިޔާ ކުރި ކުރިހެން ރައީސް ޔާމީނަށް ވާނީ ތާޢީދު އިތުރު. ދެރަނުވޭ އެކަތި އަޑިން ދިޔައްޔާ އަނެކަތި މަތިންވެސް ދާނެ . ރައީސް ޔާމީން ނޫން ވެރިޔަކު ބޭނުމެއްނޫން.

  3. ބުއްޅަބޭ

    އަނިޔާވެރިކަމޭކިޔައިގެން ބުއްޅަބޭ ބޮޑުވަޒީރުކަމަށްއައިސް ހުރިނުލަފާކަން ދައްކާލަނީ! ބޭނުންކެނޑުނީމަ ގާޒީންވެސް ބޭރުކުރަމުން އެހެރަ ދަނީ!

    2
    1
  4. Anonymous

    އަދުރޭ. ކަލޭ އަނގަ ފުޅާނުކޮއްހުރޭ. ޔާމީނައް ލޮޓި ދިނީ ކަލޭމެންގުޅިގެން. ލިބުނު ފަސްއަހަރު ވައްކަންނުކޮއް ރީއްޗައް ގައުމު ހިންގިނަމަ އަނިޔާނުލިބުނީސް. ގިޔާމަތާ ޖެހެންދެން ވެރިކަމުގައި ތިބޭނީ ތިމަންނަމެންނޭ ބުނެ މީހުންނަ ފުރައްސާރަކޮއް. ލިބުނު ފުރުސަތުގައި ކުރީ ވައްކަން. ހުރިހާ ނުލަފާކަމެއްގެ މޭސްތިރިޔަކީ ކަލޭ. ކޯޓު ތަކައްވެސް ހުކުމް ލިޔެ ދިނީ ކަލޭ. މިއަދު ކޮންވާހަކަ އެއް. ކަލޭ އިތުރައް އަތް ފުޅާކުރަން ބޭނުންވާތީ ޔާމީނައް ލޮޓިދީގެން ތިހިރީ ހެވިފަ. ކަލެ އައް ރަނގަޅު ވާނީވެސް ޔާމީނު ގިޔާމަތާ ޖެހެންދެން ޖަލުގައި އޮތިއްޔާ. ޕާޓީ އައްލިބޭ ފައިސާކޮޅު ކާލަ ކާލަ ކަލެ އައް ހުރެވޭނެ ނުން. މިއީ ކަން އޮތްގޮތް.