މަނީލޯންޑަރިންގެ ކުށް ސާބިތުވެ، 5 އަހަރަށް ޖަލަށް ލުމާއެކު، 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައިވާ ކުރީގެ ރައީސް، އަދި ރާއްޖޭގެ ގިނަ ބަޔަކު ތާޢީދުކުރާ ލީޑަރު، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް، އެމަނިކުފާނުގެ ޤާނޫނީ ޓީމުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހިއްސާ ކުރެއްވީ ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ. އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ކުރި ހުކުމް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީއެންސީގެ ރައީސް، އަދުރޭ ވިދާޅުވީ އެމަނިކުފާނުގެ ޙުކުމް އިސްތިޢުނާފް ކުރިއިރި، އިތުރު ދެކަމެއްވެސް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އެއީ ރައީސް ޔާމީންގެ ޙުކުމް ފަސްކުރުމުގެ އަމުރަކަށާއި، އެމަނިކުފާނު ކަފާލާތުގެ ދަށުން މިނިވަން ކުރުމުގެ އަމުރަކަށެވެ.

މިދިޔަ ބުރާސްފަތި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތުގައި އެ މަނިކުފާނު ކުށްވެރިވާ ކަމަށް ނިންމައި، އެ މަނިކުފާނު ވަނީ ޖަލަށް ލާފައެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ގެންދެވީ މާލޭ ޖަލަށެވެ. ނަމަވެސް، ރައީސް ޔާމީން ބަހައްޓާފައި ހުންނެވީ ޤައުމުގެ ކުރީގެ ވެރިޔަކު ބަހައްޓަން އެންމެ އެކަށޭނެ ގޮޅިއެއްގައި ނޫންކަމަށް އިދިކޮޅު ބޭފުޅުން ވަނީ ވިދާޅުވެފައެވެ. މާލޭ ގޮޅީގައި ހުންނެވުމަށްފަހު މިއަދު އެމަނިކުފާނު ވަނީ މާފުށީ ޖަލަށް ބަދަލުކުރައްވާފައެވެ.

އެކަމާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ބަދަލުކުރީ މާފުށީ ޖަލުގެ ކޮން ގޮޅިއަކަށް ކަމެއް އަދި ނޭނގޭ ކަމަށެވެ. އަދި އެ މައުލޫމަތު ލިބުމުން ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން މިދަންނަވާލީ، އެތަނުގައި ހުންނާނެ ރައީސް ޔާމީންގެ ވެރިކަމުގައި ޚާއްސަ ބޭފުޅުންނަށް، އެއީ ސިޔާސީ އިސް ބޭފުޅުން ބެހެއްޓުމަށް ތައްޔާރު ކުރެވިފައިވާ ރޫމެއް. އެ ރޫމްގައި ކަމެއް އާއްމު ގޮޅިއެއްގައި ކަމެއް ދަންނަވާކަށް އަދި ނޭނގެ." އަދުރޭ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައެއްގައެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވައެވެ. އެ މައްސަލައިގަ އެމަނިކުފާނުގެ މައްޗަށް ދަޢުވާ ކުރުމުގައާއި، ޝަރީޢަތް ހިންގިއިރު، އަދި ޙުކުމް އިއްވުމުގައިވެސް ޤާނޫނީ ގޮތުންނާއި، ޝަރުޢީ ގޮތުން ބޮޑެތި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގައި ފެބްރުއަރީ މަހު ދަޢުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ އަޑުއެހުންތައް ފެށުނުއިރު، ޙުކުމާ ހަމަޔަށްވެސް އެ މައްސަލަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ، ހައިލަމް އެވެ. މި މަހުގެ 17 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އެންމެ ފުރަތަމަ ޙުކުމް ކުރުމަށް ހަމަޖެއްސި އަޑުއެހުން ފެށެން މަދު ގަޑިއިރަކަށް ވެފައި ވާއިރު، ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ރައީސް ޔާމީންގެ މައްސަލައިގައި ފަހުން ޙުކުމް ކޮށްފައިވަނީ 5 ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެން، ޤާޒީ އަލީ ރަޝީދު އިސްވެ ހުންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ާައަސްލަމް

    ރައީސްޔާމީން އާތަށުގަ ބަހައްޓާ އެއީ އެމަނިކުފާނުގެ ވެ ރިކަމުގަ ހެދި ރަށެއް

    11
    4
  2. ޖައްރާފު

    ތުޅާދޫ އަލީރަޝީަށް ހަލާކުހުރި އަލީރަޝީދުވަނީ ގާނޫނާ ހިލާފަށް ޝަރީއަތަށްް ނުފޫޒު ފޯރުވާ ނާޖާއިޒު ފައދާ ހޯދާފައެވެ.

    20
  3. Anonymous

    ތިކޯޓުގެ ދުވަސް ތިދިޔައީ، މާދަން ކޮންމެވެސް ޗޭންޖެއް އަންނާނެކަމީ ޝައްކެއްވެސް އޮތްކަމެއްނުން. ޔާމީނުގެ ނަންގަނެލިޔަސް މިމީހުން ތު ރު ތު ރުއަޅާ.

    18
    1
  4. ރޮނޑާ

    އަދުރޭއައް ބުނެލަން. ސިޔާސީ މީހުންނާ ވަގުންނާ ތަފާތުވާނެ. ވަގުން ބައިތިއްބާނީ ވަގުންނައް ހާއްސަ ގޮޅީގަ. ވައްކަން ސާބިތުވެ ހުކުމެއް ްްް އައީމަ ސިޔާސީ ލިސްޓުން ބާކީވީ. ޔާމީނުގެ ނަން މިހާރު އިންނާނީ ބޮޑެތި ވަގުންގެ ލިސްޓުގައި. ބުލެކް ލިސްޓު ކުރެވިފައި.ކޮންދުވަހަކުންތަ ކަލޭމެން ރޯފިލާނީ.ކަލޭ މިހާރު ގޮސް ފުލުސްއޮފީހުގެ ބުލެކް ލިސްޓު ޗެކު ކުރުވަބަލަ. ބޮޑެތި އަދަދުތަކުން ވައްކަން ކުރާމީހުންގެ ނަންތައް އިންނާނީ ބުލެކް ލިސްޓުގެ ކުރީގަ. ކަލޭމެން އިއްޔެގަ ވެސް އަހަރެން އުމަރޭގެ ވާހަކަ ބުނީމަ ދޮގުކުރި. މިަދު އުމަރޭ މީޑިޔާ އާއި ވާހަކަ ނުދައްކާތަ؟

    2
    17
    • ޙަޅޮހަ

      ބަލަ އެހެންވެއްޖިއްޔާ ކެނެރީގެ ނަޝީދު ސިޔާސީމީހަކަށް ވަނީ ކިހިނެއް؟ އޭނާ ވެލާނާގެއިން ވައްކަން ކޮށްގެން އެއޮތީ ހުކުމްކޮށް އަރުވާވެސް ލާފަ.

      15
      • Anonymous

        ވެލާނާނާގެއިން ވައްކަން ކުރީއެކަންޏެއްނޫން ގަޒީއަކު ރަހީނުކޮށް ނިޒާމުންގެއްލުވާލި މައްސަލަ ސާބިތުވެ 13 އަހަރައް ޖަލުލާންވެސް ހުކުމްކުރި. އެއީބޮޑުވަގެއް އަދިނުވީތާކަށް އެއީ ޓެރަރިސްޓެއް.
        އަދިކޮބާ؟ މިސަރުކާރުގެ ޓޫރިޒަމްމިނިސްޓަރ ބުނެފަވަނީ ސޫލާޝަރާބީ ބޮއެގެން ފުރާޅުމަތިން ދުވާވާހަކަ. ރ ޔާމީން އަށް ވަގުކިޔޭނެހަމަ އެއްވެސް ޖާގައެއް އޮތްއެކަކުވެސް ނެތް. މިހާރުވެސް 2.8މިލިއަން ވީތަނެއްނޭންގި ވަޔައް ބުރާގެން ގޮއްސި. މީއެނގުވަރު. އަދިނޭންގި ކިހާވަރެއްދިރުވާލާނެ.؟

    • Anonymous

      މިބައިގަނޑަށް ތާޢީދު ކުރާ މީހުންވެސް މިތިބެނީ ޖައްބާރުވެފަ، ސަހަލު އެކަތިވެސް ނެތް.

  5. ދޮން ޢާސަ

    ރޮނޑާ! އަޞްލުވަގަކީ 37000000 ގެ ވަގު! ޖަލަށް ލާތަން ދެކެން ހުންނާތި! ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ ވަގުބުނެގެން އަދީބު!! އެ ފައިސާ ޔާމީންވަނީ އެސްއޯއެފް އެކައުންޓަށް ޓްރާންސްފަ ކޮށްފަ އެހެން ޗެކެކުން. އެއީ ފައިސާ ޖަމާކުރި ޗެކް ދެން ނުލިބޭނެ! އަދި ހަމަ ޖަމާކުރި ފައިސާގެ ނަމްބަރުތައްހުރި ފައިސާއެއްވެސް ދެން ނުލިބޭނެ! އެކަމަކު އެ ޢަދަދަށް ފައިސާ ޖަމާކުރި! ޔާމީނަށް އައި ޙުކުމަކީ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއިން މަންފާ ހޯދިއޭބުނެ ކުރި ޙުކުމެއް! ކީކޭ ބުނާނީ؟ ވީމާ ރޯނުފިލާހުރީ ކާކު؟

    15
    1
  6. ލާހިއާމިނާ

    ތިތާގަވެސް ތިބީ ބުއްޅަބޭ ގެ އަޢުވާނުން. ޖެހޭނީ ހަމަ އެއްތަނެއްގައި! އެކަމަކު ﷲ ތަޢާލާގެ ރޭއްވެވުމާ ތަޤުދީރު ގަދަފަދަވެގެންވޭ! ނުޙައްޤުން ޙުކުމްކޮށް އަނިޔާދިން މީހުން ހިތްޕަވަނީ ވޭންދެނިވި ހިއްޕެވުމަކުން! މިކަން ޙާކިމުން ދަންނަންވާނެ! އަނިޔާ ލިބޭ ފަރާތުގެ ދުޢާއާ ﷲ ތަޢާލާއާ ދެމެދު ހުރަހެއް ނުވޭ! ހޮނު ގުގުރިޔާ ޒަލްޒަލާތަކަށް ބިރުވެތިވުމަށް ދަންނަވަން!

    11
  7. ޢަބްދުއްލަޠީފު

    "މަނީލޯންޑަރިންގެ ކުށް ސާބިތުވެ" ކޮންއިރަކުތަ ސާބިތުވީ؟ ގަދަބަދަވިކަމުން ސާބިތު ކުރީ އެންމެންގެ ލޯމަތީގަ. އެއްކޮޅުގެ އަޑު އެހީ. މީނޫންތަވީގޮތަކީ؟

    13
  8. Anonymous

    ދިވެހިގައުމުގެ ހަޒާނާއަށް، 700 މިލިއަން އިތުރުކޮށްދީ، އޭޝިޔާގަނެތް ފެންވަރުގެ ހޮސްޕިޓަލެއްހަދާ، އޭޝިޔާގެ ނެތްވަރުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ހިންގީ، ޖުމްލަ، 840 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ހިންގި. 5 އެއަރޕޯޓް، 20 ރަށުގެ ބިންހިއްކި. 25 ބުރީގެ 16 ޓަަވަރު، 2 ވަނަ ހުޅުމާލެ، ބްރިޖް، ހޮސްޕިޓަލް، މާލޭގައި އެތަށް ޕާކެއް. ހުޅުމާލޭގައި ބޮޑުސިންގާ އިންޖީނުގެއެއް. ޖީޑީޕީ ބޮލަކަށް 400 ޖެހެނިކޮށް އެ 1200 އަށް.