ފަނޑިޔާރުންނާ ދިމާލަށް ބޭއަދަބީކޮށް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި، ފަނޑިޔާރުންނަށް އިންޒާރުދީފައެއް ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު، އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަނޑިޔާރުންނާ ދިމާލަށް ބޭ އަދަބީ ގޮތަށް ވާހަކަ ދައްކައި، ބިރު ދައްކާފައިވޭތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ އެއްވެސް ގޮތަކަށް އެބޭފުޅުން ފަނޑިޔާރުންނަށް ބިރެއް ނުދައްކާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ކޯޓުތަކަށް އެބޭފުޅުން ފާޑުކިޔުއްވަނީ ރައީސް ޔާމީންގެ މައްސަލައިގައި އުސޫލުން ބޭރުން ކަންތައްތައް ކޮށްފައިވާތީ ކަމަށެވެ. ފަނޑިޔާރުންނާ ދިމާލަށް ބޭއަދަބީ ގޮތުން މުޚާތަބުކޮށްފައިވާތީ ކަމަށް ބުނެ ޑީޖޭއޭގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ މައްސަލައެއްގައި މިރޭ އަދުރޭ ފުލުސް އޮފީހަށް ހާޒިރުވާން ވަނީ ޗިޓު ފޮނުވާފައެވެ.

"ނުކުރަން އެއްވެސް ގޮތަކަށް. އަޅުގަނޑުގެ ކުރިން ހުސްނުއްސުއޫދް ނޫންތޯ ގެންދަންވީ. އީވާ އަބްދުﷲ މެން، އިމްތިޔާޒް ފަހުމީ މެން ފަދަ ބޭފުޅުން ގެންދަވަން ޖެހެނީ. ޚާއްސަކޮށް އެމްޑީޕީގެ ބޭފުޅުން ގެންދަން ޖެހޭނީ." އަދުރޭ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ކޮންގްރެސް ބައްދަލުވުމުގައި ފާސްކޮށްފައިވާ ޤަރާރަށް ޢަމަލް ކުރުމުގެ ގޮތުން އެ ކޯލިޝަނުން ޤައުމީ ޙަރަކާތެއް ބާއްވަން ނިންމާފައިވާ ކަމަށާއި، މިއަންނަ ބުދަ ދުވަހުގެ ރޭ އޮންނަ އެ ޙަރަކާތަކީ މުޅި ރާއްޖޭގެ ހުރިހާ ދާއިރާއެއް ތަމްސީލްވާ ގޮތަށް، ކޮންމެ ދާއިރާ އަކުން މަންދޫބަކު ބައިވެރިވެގެން ބާއްވާނެ ޙަރަކާތެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގެ ބަހެއް މިކަމުގައި އޮންނަން. ރާއްޖޭގެ ރައްޔިތުންގެ ޝުޢޫރު ހުރި ގޮތް ފާޅުކޮށްދޭން." އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަޙައްދުގައި ބޮޑު އެއްވުމެއް ބާއްވަން ރާވަމުންދާ ކަމަށާއި، ރައީސް ޔާމީން ހައްޔަރުކުރުމާއި ގުޅިގެން މިރޭވެސް އެ ކޯލިޝަނުގެ ފަރާތުން ބާއްވާ ސިލްސިލާ މުޒާހަރާ އެއް އޮންނާނެ ކަން އިދިކޮޅުގައި މިހާރު ހުންނެވި އެންމެ ވަރުގަދަ އެއް ލީޑަރު ހާމަކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ކުރެއްވި ޙުކުމް ބަލައި ނުގަން ކަމަށާއި، އެ ޙުކުމަކީ ސިޔާސީ ފަރާތްތަކެއް އަޑީގައި ތިބެގެން ކުރެއްވި ޙުކުމެއް ކަމަށެވެ. އެކަމުގައި އެމްޑީޕީއާއި، ސަރުކާރުގެ ކޯލިޝަން ހިމެނޭ ކަމަށް މިއަދުވެސް އަދުރޭ ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމީނަށް ކުރެވުނު ޙުކުމް އަޅުގަނޑުމެން ބަލައެއް ނުގަންނަން. މައިގަނޑު ގޮތެއްގައި އެމަނިކުފާނަށް ޙުކުމް ކުރެވުނީ އެމަނިކުފާނު ގެންގުޅުއްވި ތަރައްޤީގެ ވިސްނުމުގެ ސަބަބުން. އެމަނިކުފާނު ދިވެހިރާއްޖެ ތަރައްޤީ ގެނެސްދިނުމުގަ އިޙުތިޔާރު ކުރެއްވި މަގުގެ ސަބަބުން. މި ސަރުކާރަށް އެކަން ހަޖަމް ނުކުރެވުނީ." އަދުރޭ ވިދާޅުވިއެވެ.

ފުލުހުންނާއި، ސިފައިންނަކީ މި ޤައުމުގެ ރައްޔިތުންނަށް ނުހަނު ބޮޑު ޙިދުމަތްތަކެއް ކުރަމުން އަންނަ ބައެއް ކަމަށާއި، އޭގެ ތެރެއިން އެންމެ މީހަކު ވިދާޅުވަނީ މުޅި މުއައްސަސާގެ ބަސް ކަމަށް ނުބެލޭނެ ކަމަށާއި، އެހެން ނަމަވެސް، މިއަދު ފުލުހުންގެ މުއައްސަސާ ޢަމަލު ކުރަން ޖެހިފައިވަނީ "މިނިވަން ފިކުރުގެ" ފުލުސް ކޮމިޝަނަރުގެ އޯޑަރަށް ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.

"ޕޮލިސް ކޮމިޝަނަރަކަށް މިއަދު އެ ހުންނެވީ ވަރަށް ސިޔާސީ ބޭފުޅެއް. ރައީސް ޞާލިހުގެ ޅިޔަނެއް. ފުލުހުންގެ މުއައްސަސާގައި ހުންނަވައިގެން ވަރަށް ބޮޑެތި ގޯސްތަކެއް ހައްދަވާފައި ހުންނެވި ބޭފުޅެއް އެމްޑީއެން ހަމީދު އަކީ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ސިއްރު މަޢުލޫމާތު ސިޔާސީ ބޭނުމަކަށް ބޭނުންކޮށް، އަދި ބޭރު ފަރާތްތަކަށް އެ މަޢުލޫމާތު ހިއްސާ ކުރެއްވި މައްސަލެއްގައި. ދިވެހިރާއްޖޭގައި މިއޮތް އިސްލާމީ ފިކުރާ ވަރަށް ޙިޔާލުތަފާތު. އެއަށްވުރެވެސް ބޮޑަށް ރައީސް ޔާމީންގެ ޒާތީ ދުޝްމަނެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަނީ." އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނުންބި

    ވަގުތު ހާދަ ފިނޑިއޭ ދޯ. ކަޓޫރާގެ ކުޑަ ލަރީކޮޅެއް އަޅާ ތަޅުވާލީމަ ތިހުންނަނީ އެވަރެއްނެތިގެން އަދުރޭ ގޮވި އަވަގުރުއާން ހަބަރުގަ މެންޝަން ކޮއްލަންވެސް ނުކެެރިފަ

    30
    22
    • Anonymous

      ގާނޫނުގައި ކުށެއް ކަމަކަށް ނުބުނޭ އަވަގުރާނަ ގޮވުމަކީ ގާނޫނީ ކުށެއްކަމަކަށް.

      11
      4
  2. މަހާރެހެންދި ފާތުމަ

    ފަނޑި ޔާރުން ނާދިމާލަށް ކިއީ ގުރުއާނުގެ އާޔަތެއް

    13
    11
  3. އެމަންޖެ

    މިއޮތްހާ ދުވަހު ގޮތެއް ފޮތެއް ނެތި ތެޅުނީ މިސަރުކާރު މީހުން ނުކުރާކަމެއް ނެތް އަބުރުގެ ގާނޫނު އުވާލާފަ،،،އަދި ހަނދާން އެބަހުރި....

    14
    6
  4. އެމަންޖެ

    ގޮވަންވީ ހަމަ އެމީހުން އަބުރުގެ ގާނޫނު އުވާލީ؟؟؟

    15
    5
  5. Juhaa

    ރޮނޑާ. މަޖިލީހުގައި މޭޒުމައްޗަށް ކޮއްޅަށް އަރައި ޤާނޫނު އަސާސީއަށް ފައިން އަރައިގެން ތިބެ އަނގަ އޮރިކޮށް ވައްތަރު ޖައްސައި އައުގުރާނަ ގޮވީ ކޮން ބައެއް؟ މަޖިލީހުގެ މައިކްތަކުގެ ވާގަނޑުތައް ބުރިކޮށް ރައީސް އިންނަ ގޮނޑިއަށް ކުޅުޖެހީ ކޮން ބައެއް؟ ރަސޫލާއަށް ފުރައްސާރަކުރާ ކަލޭގެއަށް ތަބާވާ ތިޔަކަހަލަ ބީތާއިންނަށް ފެންނާނީ އެއްލޮލުން.

    17
    2
  6. Anonymous

    ރޮނޑާގެ ލޮލައް ހުރީ ދުންމިރުސް އެޅިފަ ތޯއްޗެއް. ޢެހެންނު ވާނީ އިވޭނީ އެންމެ އަޑެއް. ފެންނާނީ އެންމެ އެއްޗެއް. ޢެއީވެސް ރަންނަމާރި.

    17
    12
  7. މިއަދު

    ރޮނޑާ! މަޖިލިހުގައި އަވަގުރާނަގޮވުމާއި ގައިންވަކިނުކޮށް މިނިމަސްކެއިމާއި އަބިރާބެހުން ހުއްދަކުރީ 19 ވަނަމަޖިލޮހުގައި މިވެރިންނަށް ހީވާކަހަލަ މިތަނިގަކިޔާއެެްޗެތި ފަތުގަނުލިއުއްވާނެޔޭ އެހެންނެއްނުވާނެ ހަމަލިއުއްވާނެ ވިސްނާލައްވާތި

    19
    1
  8. Anonymous

    ޖަނަވާރުންނަށް ޖަނަވާރުކިޔުމަކީ ގޯހެއްބާ؟

    10
    2
  9. Anonymous

    އަޅެފަހެ، ރާމާމަކުނެއްނޫންތަ، އެއްޗެއް އެއްލީމަ އޭގެ ބަދަލުގައި އެއްޗެއް އެއްލަނީ. ދެން އެއަށް މަކުނު ކީމަ އޮތޯ ކޮން އަވަަގުރާނައެއް.

    4
    1
  10. ަައޮޅިއްޖެ

    އަދުރޭ އާހެދި މުޅި ޕާޓީ އަށް ވެސް ހުތުރު. މީނަޔާހެދި މީހުން ގެ ނަފްރަތު ލިބުން ނޫންކަމެއް ނެތް.

    4
    1
  11. މި ރައީސް

    ބަލަ މި ގައުމުގައި ފަޑިޔާރުން އުޅޭތަ. ޣާޟީން އުޅެތަ. އަހަރެން ގަބޫލެއް ނުކުރަން. ތިވަރުގެ ބަޔަކު އުޅޭކަމަށް. ހާދަ މާތް ބައެކޭދޯ. އާ ރަސޫލާއަށް ހަޖޫ ޖެހީމަވެސް ގެންދިތަނެއްނެތް. މާތްވީމަތާ.

    4
    1
  12. މީކަލެގެ ބޭރުކުރޭ

    މިކަހަލަ ޖާހިލުންނާހެދި މުޅި ޕީޕީއެމް އަށް ހުތުރު..

  13. ވަގު

    ވަގަކައް ވަގެކޭ ކިޔޭނެ ޔާމީނަކީ ވަގެއް