މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ވަނީ އެންމެ އުތުރުން ނ.އަތޮޅާއި ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައެވެ. އަދި ހއ.އަތޮޅުން ފެށިގެން ދ.އަތޮޅާއި ހަމައަށާއި ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށް ވަނީ ހުދު ސަމާލު (ޔެލޯ އެލާޓް) ނެރެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރު ވެސް އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވެސް ވިއްސާރަކޮށް ގުގުރާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

ވައިޖެހޭނީ އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރެއެވެ.

ދެކުނު އަތޮޅުތަކުގެ ކަނޑުތަކާއި މެދުތެރެއާއި އުތުރުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.