ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތަށް ބުރޫއަރައިފިއެވެ.

ދިރާގުން މިއަދު ބުނީ ކުއްލިއަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބަުން ފިކްސްޑް ބްރޯޑްބޭންޑް ބޭނުން ކުރުމުގައި ބައެއް ކަސްޓަމަރުންނަށް ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މަޢާފަށް އެދޭކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބްރޯޑްބޭންޑްގެ ހިދުމަތް ދެމުން އަންނަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. ދިރާގަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަ ބްރޯޑްބޭންޑް ނެޓްވޯކެވެ. ދިރާގުން މިހާތަނަށް ރާއްޖޭގެ 75 ޕަސެންޓް ގޭބިސީތަކަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާފއް

    މާފު އެދުނަސް ނުވާނެ. ބަރާބަރަށް ލާރި ކަނޑާ ހިދުމަތް ނުދެވުނަސް

    15
    1
  2. ޒާ

    އެކަމަކު ބިލުން އެންމެ ލާރިއެއްވެސް މަދެއް ނުކުރާނެ. މަގޭމުމުޅިމަސައްކަތް ހުއްޓިފަހުރީ. ބޮޑުގެއްލުމެއް

    17
  3. ޢަލީ

    ރޭއްސުރެ މިތިބެނީ އިންޓަރނެޓް ނުލިބި، މިހާރު އެއީ ފެނާ ފާޚާނާ އެކޭ އެއްފަދަ އެއްޗެއް އެންމެ ހިނދުކޮޅެއްވެސް އެއާނުލައެއް ނޫޅެވޭ، ދިރާގުން ވެއްޖެއެއްނު 24 ގަޑިއިރު، އިންޓަރނެޓް ޔަޤީން ޕްރޮގްރާމެއް ޖައްސަން، އެހެންނޫނީ ބުނާނީ "ތީތިކަޑައޭ"

  4. ހއ

    ދިވެހިންގެ ލޭ ބޯ ދިރާގު، މާފޯ، މާފްއެދުނަކަސް ނުވާނެ..... އަބަދުވެސް ބަލާނީ ދިވެހިން ފެލޭތޯ.. ތިމާމެންގެ ކަންތަކުން ކިތަށް މީހުންގެ މަސައްކަތްތޯ މިއަދު ހުއްޓިފަ ހުރީ....ބަރާބަރަށް ލާރި ކަނޑާނެ...

  5. ޛސޖސހ

    ތިނޫން ހާލެއްގައި ދިރާގު އުރީދޫ އުޅޭތޯ. ބަރާބަރަށް ޚިދުމަތް ނުދެވުނަސް ބަރާބަރަށް ޗާރޖް ކުރާނެ.

  6. ފިރާޤު

    ބުރޫ ގާތު ބުނެބަލަ ނާރާ ހުންނާށޭ ހިދުމަތައް ކިހާ ބޮޑު ދުއްޕާނެއް

  7. އުރީޑޫ

    މާފީ ނެހީ ހޯގީ