ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ނުރައްކާތެރި ކުށްވެރިން ފައިގައި އަޅުވާ ޓެގް ގެނައުމަށް އަމިއްލަ ކުންފުންޏަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

އެ ޓެގްތައް ގެނައުމަށް 2015 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއި ހަވާލުކުރީ އުމަރުގެ ނުފޫޒުން ކަމަށް ތުހުމަތުކޮށް މައްސަލަ ތަޙްޤީޤު ކުރަން ފަށާފައި މިވަނީ ޓެގްތައް އެތެރެ ކުރިތާ ހަތަރު އަހަރު ފަހުންނެވެ. އުމަރުގެ މައްސަލަ އޭސީސީ އިން ކުއްލިއަކަށް ތަޙްޤީޤު ކުރަން ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން އުމަރު އިދިކޮޅު ޕީޕީއެމްގެ ކުރީ ސަފުން ފެނިގެން ހިނގައިދާނެ ކަމަށް ބެލެވިފައި ވަނިކޮށެވެ.

އުމަރު އިއްޔެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އޭސީސީން މިހާރު އަންނަނީ ޓެގް އެތެރެ ކުރާނެ ފަރާތެއް ހޯދަން ކުރި ބިޑްގެ މައުލޫމާތު އެނގޭ މީހުންގެ ބަޔާންތައް ނަގައި އެކަމާއި ބެހޭ ލިޔުންތައް ދިރާސާ ކުރަމުންނެވެ.

ނަމަވެސް އެމައްސަލަ އާއި ގުޅިގެން މިހާތަނަށް އޭސީސީ އިން ވެސް އަދި އުމަރު ވެސް މީޑިއާގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި މޮނިކޮން އަމުރު ނެރެގެން ބައެއް ކުށްވެރިންގެ ގައިގަ ޓެގް އަޅުވާ އެމީހުން އުޅޭ ނޫޅޭގޮތް ފުލުހުން ބަލަމުން ގެންގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހޯރަ ބޭ

    ބޯހަލާކްވަފަހުރި ބީތާއެއްތިއީ ޖަލަންލާންވީ

    9
    70
  2. އަަހުމަދު

    ތިޔަށް ކިޔަނީ ސިޔާސީ ނުފޫޒު އުމަރު ދެފުށުން އަހަރެންނަށް އިނގޭ އުމުރަކީ ނުފާޒާ ބާރުގައި ތިޔަފަދަ ކަންކަން ކުރާނެ މީހެއްނޫން ބަލަ ކެރަފާ ނަސީމު އަޑި ޕާކަށް ސިލޯނުން ގެނައި ރުއްތަކުގެ މައްސަލަ ކީއްވެ ނުބަލަނީ އަދި އެ ޕާކުގައި ބިޑް ނުކޮށް ހަދާ ތަނުގެ މައްސަލަ ވެސް ނުބަލާ ޓްރާންސްޕޭރަންސީގައި އުޅޭ އަންހެނަކަށް އެންޓި ކޮރަޕްޝަން މޮމިޝަން ހަވާލު ކުރީ މިބޭނުމުގައިދޯ މިސަރުކާރުގެ އެއް ކަމެއް ވެސް ހުއްޓުވާ ބަލާފައި ނެތް ކުރިން އޮތް ކަމިޝަނުން ކަންކަން ހުއްޓުވާ އަލުން ބިޑް ކުރަންވެސް އަންގާ މިހާރު ވާގޮތަކީ އަންހެނުން ބާރު ވެރި ކުރުވީމާ މީހަކު ބާރަށް ހަޅޭއްލަވައި ގަތަސް އެމީހުން ބިރުން އެކަމެއް ނުބަލާ

  3. ކޮތަރުބިސް

    ބިރުގަންނަ ހުރިހާމީހުން ދުއްވާލާނެ މައުމޫނާ ގާސިމަކައް މިކަމެއްނުވާނެކަން އެނގޭތީ އެމީހުންނަކަށް މިސަރުކާރަކުން މާބިރެއނެއް

  4. ޙަަރުން

    އުމަރު 2023 މި އަޑު ދާނީ އިތުރށް ބާރުވަމުން..ބަޔަކު ވަރަށް މޭ ކަރައިގެން އެބައުޅޭ...އިންޝާﷲ ހައްލަކީ އުމަރު...

  5. ސަންސެޓް

    އޭސީސީގެ މިނިވަން ކަމާ ތެދުވެރިކަން ތިދައްކާލީ. ބަދަލުގެ ގޮތުގައި ޕާރޓީ ކުދިންނަށް ދައުލަތުގެ ހަޒާނާ އިން ބިލިޔަނުން ބަހާމައްސަލަ ނުވޭކަމަކަށް. އެމްއެމްޕީއާރސީގެފައިސާ ފުރަތަމަ ދުވަހުން ފެށިގެން އެމްޑީޕީގެއެކައުންޓަށް ޖަމާވަމުންދިޔަ މައްސަލަ ކޮބާ؟ ޜައްޔިތުންއަތުންޓެކްސް ނަގާފަ ޕާރޓީކުދިންނަށް ބަހަނީ..ކޮބާ އޭސީސީ.. މިނިވަން މުއައްސަސާތަކަށް އެކްޓިވިސްޓިން ލަނީ..ހަމައޯކޭ

  6. ލެއްގި ކޮމިޝަނަރ

    ވެރިކަމަށް ވައި އެޅިލާނެހެން ހީވާމީހަކުވެސް ނުބަހައްޓާ ޖަލަށްލާތި. އެހެންނޫނީ ޑިމޮކްރަޓިކް ވެރިކަމެއް ނުކުރެވޭނެ. ވެރިކަން ވެއްޓިދާނެތީ ބިރުގަތަސް ތީދެންބޮޑުވަރު

  7. ކެޔޮޅު

    އޭސީސީގައި ތިއްބެވީ ކަނު ބީރު މީހުންތޯބަލަންޖެހޭ ނަސީދުގެމައްސަތައް އިބޫގެ މައްސަލަތައް އިބުރާ މެންގެ މައްސލަތައް ކޮބާތަ ބަލަންވީނޫން ރައްޔިތުންވިއްޔާ މުސާރަދެނީ!!

  8. ާަބިޖޫ

    ޖަލައްލާކައް ބަލަގަ އެއީ ކެނެރީގޭ ލާދީނީ ތެރަރިސްޓް ބޮޑުވަގު ކަލޭގެއެއްނޫނޭ އެބީތާވީ ހިފާ ހައްޔަރުކޮއްގެން ގެންގޮސް ޖަލައްގަޅާލަން

  9. މުހައްމަދު

    ތިޔައީ އު މަރުގެ އަގުވައްޓާލަން ކުރެވޭ މަސައްކަތެއް.

  10. އިއްބެ

    މި ރާއްޖޭގައި ވެރިކަން ކުރަން ދެންހުރި އެން މެ އެކަށޭނަ އެއް ޝަޚްޞިއްޔަތަކީ ޢު މަރު ކަ މަށްވާތީ ޖަލަށް ނުލެވިގެން ތެޅެނީ.

  11. ކުޑޭ

    މިސަރުކާރުން ސިޔާސީ ރަނގަޅު ހަރުދަނާ މީހުންނަށް ކަޅިއަޅަމުންދަނީ ޢުމަރުގެ އަގުވެސް ވައްޓާލަން ފޫގަނޅައިފިހެން ހީވަނީ މީ ސަރުކާރު ހިންގާ ޕާޓީގެ ބޭނުމަކީ

  12. އޭނާ

    އޭސީސީއަށް މިހާރު ވައްދާ މައްސަލަ ތަކަކީ މިސަސަރުކާރުން މިހާރު ދުވަސް ދުއްވާލަން ބޭނުންވާ މީހުންގެ މައްސަލަތައް އެތާތިބީ ސަރުކާރު ބުނާ ގޮތެއްހަދާނެ އައުވާނުންތަކެއް