މިހާރު ރާއްޖޭގައި މިއޮތް ސަރުކާރުން އެއްވެސް ރައްޔިތަކަށް ތަފާތު ނުކޮށް ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތައް ފޯރުކޮށްދޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ދަރުބާރުގޭގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި އިންޖީނިއަރުންގެ މަހާސިންތާ 2019 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ނައިބު ވިދާޅުވީ، ރަށްރަށުގެ އާބާދީއަށް ބަލައި ރަށްތައް ތަފާތުކޮށްގެން ރަށްތަކަށް ކަންކަން ކޮށްދިނުމުގައި މިސަރުކާރުން އެއްވެސް ބަހަނާއެއް ނުދައްކާނެ ކަމަށާއި ކިތަންމެ އާބާދީގެ ގޮތުން ކުޑަ ވިއަސް ސަރުކާރުން އަންނާނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކުރިއަށް ކަމަށެވެ.

"މި ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ. ދިވެހި ރާއްޖޭގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކާއި އެހިދުމަތްތައް ބަރާބަރަށް ރައްޔިތުންގެ ޝަކުވާއެއް އޭގައި ނޯންނާނެ ގޮތަކަށް ކޮށްދިނުން" ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ނައިބު ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން ފައިދާ ނަގަން ފަށައިފި ނަމަ، އެ ހިދުމަތްތައް އެންމެ އެކަށީގެންވާ ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްނުދެވޭނެ ކަމަށާއި އެހެންކަމުން ހިދުމަތް ދިނުމުގައި އިހްލާސްތެރިކަމާއި ވަފާތެރިކަން އިސްކުރަން ޖެހޭ ކަމަށެވެ.

މަހާސިންތާގެ ބައިވެރިންނާއި މުހާތަބު ކުރައްވައި ނައިބު ރައީސް ވިދާޅުވީ، ފާއިތުވެގެން ގޮސްފައިވާ މާޒީން އިބުރަތް ލިބިގަނެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ މި ސަރުކާރުން ހިދުމަތް ދިނުމުގައި އެއްވެސް ބަޔަކަށް ތަފާތު ނުކުރާނެ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބިޖޫ

    ނައިބް ރައީސް އެ ވިދާޅުވަނީ އަމިއްލަ ދުފާއެއްޗިއްސޭތަ ދުފާއެޗިއްސޭ ނުވީދިމަޑުމަޑުން ހުރެބަލަ

    18
  2. ޖަރީމާ

    ތިވާހަކަ އެހެން ޤައު މަކަށް ގޮސްފަ, އެޤައު މުގެ ރައްޔިތުންނާ މުޚާޠަބްކޮށް ބުނީ މާ ތިޔަ ހެދި ބޮޑު ދޮގު ޤަބޫލު ކޮށްފާނެ. މި ޤައުމުގައި ހިނދުކޮޅު ނައިސް ހަ މަހޭގައިހުރި ކޮން މެ މީހަކަށްވެސް ތީ ދޮގެއްކަން އެނގޭނެ.

    26
  3. ސިޔާމް

    ތިވާހަކަ ދައްިކަނީ މިދިވެހިރާއްޖޭގެ ރައްޔިތުންގެ ގާތުގައި ތަ؟ ތީ ހަމަ ދުލުން ބުނެލާބަހެއް. އެމްޑީޕީ އަކީ ވަރަށް ވާހަކަ މޮޅު ޢަމަލުނުބައި ޕާޓީއެއް.

    24
  4. ކުޑޭ

    އަޅުގަނޑުގެ ޢުމުރުން 58އަހަރު މިވަރުގެ ވިޔާނުދާ ސަރުކާރެއް ނުދެކެން ތަފާތުކުން ވަރަށްބޮޑު ހުންނަނީ ބަދަލު ހިފުމުގެ ރޫޙް އިންސާފެއްނެތް ހިރުހުރިބަޔަކަށް ދެމުން ގެންދަނީ

    16
  5. Anonymous

    މިސަރުކާރު ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ގެންގުޅެއޭ އަދި ނުގެންގުޅެއޭވެސް ބުނެވޭނީ ރައްޔިތުންނަށް އެއްވެސްކަމެއްކޮށްދެވޭ ސަރުކާރެއްނަމަތާ؟؟؟ ޢަވަސް ސްޕީޑުގައި ތަރައަގީ ގެނެސްދިން ގާބިލުރައީސު ޔާމީނު ސަރުކާރުން ކުރަމުންއައި ތަރައްގީތަކާއި ރައްޔިތުންނަށް ކޮށްދެމުންއައި ޚިދުމަތްތައްވެސް ލަސްވެ ވަރަށްގިނަ ކަންތައްވަނީ ހުއްޓާލާފައެވެ. ރ.އިބޫސާލިހުގެ ދެކަނބަލުންގެ ދަތުރުތަކަށާއި ޚާރިޖީވަޒީރު ޝާހިދުގެ ދަތުރުތަކަށް ހުރިހާ ބަޖެޓަކަށް ކަނޑައަޅާ ފައިސާތަކެއް ދަވާލެވެނީ ދޮތެ؟؟؟

  6. ޟ

    ތަފާތެއް ނުކުރޭ..އެކަމަކު އަހަރުމެ ން ނާ ދިމާލަށް ތިގުރޫޕު ގު ންޑާ އި ން ގޮވަ ނީ ކުދި ވަގު ންނ ނޯ..އެއީ ޔާމީ ނަށް ސަޕޯޓް ކުރާތީ...

  7. ނޫޅެން އަޑުއަހަން

    ހޫ އެއްގޮތަކަށްވެސް ތަފާތެނުކުރޭ.. މިސަރުކާރުން އެއްމެން އަޅުންނަހެދީ.. މީނައަށް އަދިވެސް ހީވަނީތަ ވެރިކަމަށް އަދިނާދެވެޔޭ އެހެންވީމަ މީނަދައްކާ ބުހުތާނު އިގޭބަޔަކުނެތޭ.. ހުސް މަސާޖުޕާލަރުން މިތިބެނީ..

  8. ޖައްރާފު

    ކަލޭ އަނގައިން ބުނެފިއްޔާ ބަނގުރާވެސް މާމުޔަށްވާނެ އެއީ ވަޒީފާގެ ދަހިވެތިކަން ބިރެއވެސް ނުގަނޭ މިހިރަ މީހާ.

  9. އީސާ މަސީހު

    ނާ ހަމަތެދެއް ދެންވެސް ބަލާ ތުންފަތުގަޔާ މޫނުގަ ކޮޓަކުރާ ކުނޑި ޖަހާގެން އާއިށަތު އަލީޔާއެކު ތަސްވީރު ނެގޭތޯ ތުއިވެހުރެ ބޮލުރޮދި ކެނޑިފަ ހުރިވާހަކަދެއްކިޔަސް މިހާރު ރައްޔަތުން ބަލަޔެއްނުގަންނާނެ އަންނާނީ ހިނި

  10. ޝަހިންދާ

    ކުރިޔަށް އޮތް 3އަހަރު ވާއިރަށް މަޤާމު ދޫކޮށް އިސްތިއުފާދޭން ތައްޔާރުވޭ! ބޭކާރުވާހަކަ ނުދައްކާ! ތިމާމެންނާ އެކަށީގެންނުވާ މަޤާމެއް ލިބުނީމަ ވާނުވާ ޤައުމަށްފެނޭނު! ބޮޑެތި ދޮގުވެރިންނާއި މަކަރުވެރިން ދިފާއުކުރަން އުޅެވޭނީވެސް މަކަރުވެރި ދޮގުވެރިންނަށް!