ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ވައްކަމުން ސަލާމަތްވެ، މިހާތަނަށް އެތައް މިލިއަން ރުފިޔާ ސަލާމަތް ވެފައިވާ ކަމަށް ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދިޔަ ފެނަކައިގެ އިންޖިނިއަރިން މަހާސިންތާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، އެބޭފުޅުން މިހާތަނަށް ކުރައްވާފައިވާ އެންމެ ބޮޑު އެއް ކަމަކީ އެ ކުންފުނި ވައްކަމުގެ ތެރެއިން އަރުވާލެވުން ކަމަށެވެ. އެގޮތުން ވައްކަމުން އިސްރާފު ހުއްޓުވިގެން މިދިޔަ އެޕްރިލް މަހާއި ހަމައަށް އެކުންފުންޏަށް 23 މިލިއަން ރުފިޔާ ސަމާލަތް ވެފައިވާ ކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިހާތަނަށް ކުރި ކަމަކީ ވައްކަމުން ކުންފުނި ސަލާމަތްކުރުން. ނަތީޖާއަކީ މިދިޔަ އެޕްރީލް މަހާއި ހަމައަށް 23 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ސަލާމަތް ކުރެވުނު. ހަމަ އެކަނި އިސްރާފާއި ވައްކަން ހުއްޓުވުނީތީވެ" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދުވަނީ ދިވެހި ރައްޔިތުންނަށް ފެނަކައި މެދު ދެކެމުން އަންނަ ގޮތް ބަދަލު ކުރުމަށްވެސް އެދިފައެވެ. އެގޮތުން ސައީދު ވިދާޅުވީ، ފެނެކާއަކީ ވަރަށް ސާފު ތާހެރި ކަމާއިއެކީ ކޮރަޕްޝަނަށް މަގުފަހި ނުވާގޮތަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

"ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ ފެނެކާ ދޭތެރޭ ތިބޭފުޅުން ދެކެމުން އައި ގޮތް ބަދަލު ކޮށްލާށޭ. ފެނެކާ އަކީ ވަރަށް ސާފު ތާހެރިކަމާއި އެކީ ކުރިއަށްދާން މަސައްކަތް ކުރާ ކުންފުންޏެއް." ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ ފެނެކާގެ ތެރެއިން އެއްވެސް ކަހަލަ ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް އުޅޭނަމަ އެބޭފުޅުންނަށް އިޝަރަތް ކުރައްވަން ހުރިހާ ބޭފުޅުންނަށްވެސް ގޮވާލައްވާފައެވެ.

ސައީދު ވިދާޅުވީ، އެބޭފުޅުން ކަންކުރައްވާނީ ދެފުއް ފެންނަ ގޮތަށް ކަމަށާއި ކޮރަޕްޝަނަށް އެއްވެސް ކަހަލަ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ފެނަކަ

    ރަގަޅެނުން ދެނެ ވައްކަމެ ނުހިގާނެތާ ތިކަންކުރަން ކަލޭމެންއައީ.. ވައްކަންނުކުރިޔަސް ފޭރުން އިތުރުވެއްޖެތާ.. ލޫޓުވުން އެއަށްވުރެގިނަ.. ދެން އިންޖީނުތައް ސްޕެއާރނެތިގެން ކަރަންޓްނުލިބިގެން ތިބެންނުޖެހޭނެތާ..

    25
  2. ނައުމީން

    ނާހަމަ ތެދެއް.. ވައްކަން ހުޓުނީ..؟

    25
  3. ހުސޭނުބޭ

    އެހެންވިއްޔާ އެތައް މިލިއަން ރުފިޔާއެއް ތި ދިރުވާލީ! އެއޮތީވިއްޔާ ކުޑަކޮށްދޭނެކަމަށް ބުނި ކަރަންޓް ބިލް އޮތް ގޮތަށް!

    25
  4. ފެނަކަ

    ރައްރަށައް މިއަހަރު ހަރަދުތައްނުކުރާތީ ފެނަކައިން ލާރިތަކެއް ސަލާމަތްކުރެވުނު!

    18
  5. ބަލާމީހާ

    ބިލުވެރީންނަށް ނުފެންނަނީ ކީއްވެބާ.

    10
  6. ސައިކަލް މީހާަ

    ތޮށިގަނޑު ބޯވީމާ ހޮއި ކުޑަވާނެ. މިހިރަބޮޑު ފ މީހާ މުޅިންގޮވަނީ ކޮސް. އެއްވެސް އުރައްޕެއް ނެތް މީހެއް. ރޔ ވެރިކަމުގަ ރަށްރަށަށް ކޮށްދީފަހުރި އިންވެސްޓްމެންޓްގެ ސަބަބުން މިއަހަރުހަމައެކަނި 4 އިންޖީނުގޭގެ ބިންގާ އެޅުނީމާ ސައިޒްއޮޅިގެން ފޮނިކަނޑަމުން ދުވިޔަސް މިޤައުމުގެ ރ ނަށް ވާނުވާ އެބައެނގޭ. ކޮބާއިތަ ސަދަންޔުޓިލިޓީސް ގަ ހުރެގެން ހިންގައިދިން ބޮޑުޖަރީމާ. ނުނެކޭބުނެބަލަ. އެކަން ބަލަންތިބި ބައިގަނޑުތީ، މިހާތަނަށްވެސް ވާދޫ މައިފުނަ ގޯތިކުދިން ހަލާލުގޮތުގަ އެއްޗެއް ހޯދައިގެން ބޭނުމެއް ނުކުރޭ. މުޅިން ދޮގާއޮޅުވާލުން.

    17
    1
  7. rahyithumeehaa

    މިމީހާއަކީ ރައްޔިތުންނަށް އޮޅުވާލާ މަކަރު ކިޔަވާދޭން ފެނަކައިގެ މޫނުމައްޗަށް ލާފައިހުރި މީހެއް. މިވަރުގެ ކުންފުންޏެއް ހިންގޭވަރުގެ ފެންވަރެއްވެސް ނުހުންނާނެ. އެތަނުގެ ހުރިހާ އަމުރުމައުރޫފެއް ހިންގަނީ ކަޅުއަނދިރި ގަނޑަކުން. މީ ދޮގުހަދާ މެޝިނެއް. އޮޅުވާލާ ސަރަކައެެއް. ކޮބާ ހޫނުފެނަށްލީ ސަދަންޔުޓިލިޓީސް އައްޑޫގެ އިންޖީނުގޭގަ ހުރި ސްޕެއާރ ޕާޓްސް ނަހަމަގޮތުގަ އެހެން ތަންތަނަށް ވިއްކިއިރު އެކަންކުރުވި މީހުން އަދި ސަލާމަތުން އެބަތިބި.

    17
  8. ޑައެލޯގް

    ވައްކަން ހުއްޓުވުނުކަމެއްނޭގޭ އަމަލަކުންނެއް، އެމްއެމްއޭ ރިޒާވް ދިޔައީ ހުލިވަމުން، ތަރައްގީއަށް ބޭންދި އެއްގާބުރިވެސްނެތް، ބަޖެޓް 33 ބިލިއަން ހުލިވީ، ކުރިކަމެއް ހަރާން، ދެންކަމެއް ކުރެވޭނީ ރައްޔިތުން އަތުން އިންކަމްޓެކްސް ނަގައިގެން، އިންކަމްޓެކްސްވެސް ގާސިމް، ޕާޓީކުދިން އަތުން ނުނަގާނެ ނަގާނީ ބާކީތިބިމީހުން އަތުން

    16
  9. ރޮނޑާ

    އަސްލުވެސްތަ. އިރާދަ ކުރެއްވިއްޔާ ލަސްތަކެއްނުވެ ގައުމު ހިންދެމިލާނެ. ބޮޑު ޝައިތާނު ކަސްތަޅުން ނުނެއްޓޭހާ ހިދަނު ގައުމު ދާނީ ކުރިޔައް.

  10. ކިނބޫ

    ސަލާމަތްވީ ކިތައް މިލިއަން ކަމެއް އެމްޑީއަކަށް ނޭނގޭ. އެކައްޗެއްވެސް ސަލާމަތް ނުވެ ހުރި އެއްޗެއްވެސް ބަދަލުގެ ނަމުގަ ބަހާ ހުސްވެގެން ރިޒާވުންވެސް ނަގައި އެވެސް އެދަނީ ހުސްވަމުން. މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް. ތިދައްކާ ވާހަކައަކުން ރައްޔިތުންނަށް ފައިދާއެއް މަންފާއެއް ނުކުރޭ. މިލިއަން ސަލާމަތްވިކަން އެނގޭނީ ރައްޔިތުންނަށްޓަކާ ފައިސާފޮއްޗެއް ޚަރަދު ކުރެވުނީމަތާ.

  11. Juhaa

    ވައްކަން ވާ ހުއްޓިއްޖެ. އަތޮޅުގެ ހުރިހާ މަސައްކަތް ބިޑަށް ނުލައި ހަވާލުކުރަނީ ޅިޔަނާ.

    9
    1
  12. ދަރުބާރު

    ކޮންއިރަކުން ތޯ ކަރަންޓަށް ލުއިގޮތަށް ވާނީ..... މީހާރު ވައްކަން ހުއްޓިއްޖެއެއްނޫންތޯ!!!!!