ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމުން ފަނޑިޔާރު އަބްދުއް ރައުފް އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ.

ފަނޑިޔާރު އަބްދުއް ރައޫފް އަކީ 2017 ވަނަ އަހަރު އެކޮމިޝަނަށް ހައިކޯޓުގެ ފަރާތުން އައްޔަން ކޮށްފައި އިންނަވާ މެންބަރެވެ. ފަނޑިޔާރު އަބްދުއް ރައުފް އިސްތިއުފާ ދެއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަން ކުރެއްވުމަށް މިދިޔަ ހަފްތާގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނަން ފޮނުވާފައި ވަނިކޮށެވެ.

ފަނޑިޔާރު އަބްދުއް ރައުފް އިސްތިއުފާ ދެއްވާފައިވާ ވަކި ސަބަބެއް މިހާތަނަށް އޭނާ، އަދި ޖޭއެސްސީ އިންވެސް ހާމަކޮށްފައެއް ނުވެއެވެ.

އޭނާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހައިކޯޓުން ޖޭއެސްސީ އަށް އާ ފަނޑިޔާރަކު މެންބަރެއްގެ ގޮތުގައި އައްޔަން ކުރަން ޖެހެއެވެ.

ފަނޑިޔާރު އަބްދުއް ރައޫފް ގެ އިތުރުން، އުއްތަމަ ފަނޑިޔާރު ކަމަށް ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއް ސުއޫދު އައްޔަންކުރުމަށް ވެސް ޖޭއެސްސީގެ ލަފަޔަކަށް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަރީ

    ސަދޫމު ޖަސްޓިސް އޮންނަ ތަނެއްގައި ފަނޑިޔާރުން ފާފަވެރިވުމަށް ނުތިއްބެވުން ރަގަޅުވާނީ! ދިވެހިރާއްޖޭގެ ޖްޑިސަރީގައި އެއްކޮށް ވަކިހިތްޕާފައިވަނީ ރިޝްވަތާ ފަސާދަ! ފަނޑިޔާރުންގެ ވަށައިގެން ބައްދާފައިވަނީ ބިރުދެއްކުމާ ނާމާންކަން! ޢަދުލުވެރިކަން އޮތީ ނަމާން ޖަންގައްޔެއްގަ! މާތްﷲ ގެ ކޯފާއާއި ޢަޒާބަކީ ބުނެފަ އަންނަ ކަމެއްނޫން! ޔާމީނަށް ޙުކުމްކުރިދުވަހު ޖެހި ހޮނުގުގުރިޔާ އެ ހޮނު ފޯރި ތަންތަން ފޮރުވައިގެން އަދިވެސް އެތިބީ ﷲގެ ޙަޟުރަތުން އައި އިންޒާރެއްގެގޮތުގައި ބަލާނުގަންނަމީހުން. މި ޤަވްމު ހަލާކުވެއްޖެ!

    32
    1
  2. Anonymous

    ޙިސާން ޙުސައިން ބުނާގޮތް ހެދުމުގެ އިނާމު ދެނީ.

    25
    • ކެކެކެ

      މިހާރު އެ ފެންނުވަރާގެ ނަމަކީ ކުލޫނީ ހުސޭނު.

  3. ކަނަމަނަ

    ޖޭއެސްގެ މެމްބަރަކައްހުރެފަ ގޮސްސްޕްރިމްކޯޓްގެ ގޮޑީގައިށީދެވުނީމަ މީހާގެވިސްހުންނާނީ މައްސަކަތަޖުގައި މީހުންގެ ކަރުގައުހިފާ ހިސާބުގައި އެހެންނޫނަސްވަރައް ނުލަފާވައްތަރު ޖަހަނީ

    21
  4. ދަރަނި

    ދެންރޮލާ މީހުންގެމަސްކާންތައްޔާރުވޭ ތިޔައޮތީ ހަކަންތަށް ހަމަވެފަ..

  5. ކިޔުންތެރިޔާ

    ޔާމީން ވައްކަން ކުރިޔަސް އަހަރުނަށް އޯކޭ. އަހަރުން ދައްކާ ޓެކްސް ފައިސާ އެއީ. އެއްވެސް ބަޔަކަށް އެއްޗެއް ބުނުމުގެ ހައްގެއް ނޮންނާނެ އަހަރުން އަތުން ދާ އެއްޗަކަށް. އެމަނިކުފާނު ވައްކަންކުރިޔަސް އަދި ނުކުރިޔަސް، ގައުމު ދުވަހަކުވެސް ނުދެކޭފަދަ ބޮޑެތި ތަރައްގީ ގައުމަށް ގެނެސްދީފި. މިކަންކަމުން ޔާމީނަކަށް ނެތް އެއްވެސް އަރާމެއް އުފަލެއް. މިކަންކަމުން ފައިދާކުރަނީ ހަމަ އަހަރުމެން ނިކަމެތި ރައްޔިތުންނަށް. ހަގީގީ ވަގުން މިއަދު ފެނި ފާޅުވެއްޖެ. 32 ބިލިއަން ރުފިޔާގެ ބަޖެޓް ފެންފޮދަކާނުލާ ދިރުވާލީ މި ވަގު ސަރުކާރުން. ހިންނަވަރު އިބުރާހީމަށް ގައުމު ހިންގަން ނޭގުމަކީ ޔާމީންގެ ކުށެއްނޫން. އެނޫނަސް މި ގައުމުގަ ފުރަތަމަ ވަގެއްގެ ލަގަބު ލިބި ހުކުމެއް ތަންފީޒުކުރީ ކެނެރީގޭ ލާދީނީ ނަޝީދު. ރ.ޔާމީނަށް ނުހައްގުން ހުކުމެއްކުރިޔަސް އަދި ހަތަރު އުދަރެސް ފެނު ނުޖެހޭ. ﷲ އިރާދަކުރެއްވިއްޔާ ވަގުންގެ މައްޗަށް ހުކުމްކުރައްވަން އެމަނިކުފާނު އަދި އަންނާނެ. އިހުނަށްވުރެން ތާއީދު ބޮޑުކޮށް. އިންޝާ ﷲ.

    12