ކޯޓުން ބޭރުގައި ކައިވެނި ކުރި ކުއްޖަކަށް ދެ ކުދިން ލިބިއްޖެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ މީހުންނަކީ ރ. މަޑުއްވަރީއަށް ނިސްބަތްވާ ދެ މީހުންނެވެ. އެ މީހުން ކައިވެނިކޮށްފައި ވަނީ 19 މާރިޗް 2014 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އަންހެން ކުއްޖާގެ އުމުރަކީ 17 އަހަރެވެ.

އެނގިފައިވާގޮތުން އެ މީހުން ކައިވެނި ކުރިކަން އެނގިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރިއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން މި މައްސަލާގައި ކުއްޖާ އާއި ކައިވެނިކޮށްގެން އުޅުނު މީހާ އާއި އަދި ކައިވެނިކޮށްދިން މީހާވެސް ފުލުހަށް ހާޒިރުކޮށް ބަޔާން ނެގިއެވެ. އެ މީހުންގެ ބަޔާން ނަގާފައި ވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

ފުލުހުންގެ ތަހުގީގަށް އެނގުނުގޮތުގައި، އޭރު ކުޑަކުއްޖާ ބަލިވެ އިނދެ ވަނީ ބަނޑަށް ހަ މަސް ވެފައެވެ.

ކުއްޖާ އާއި ކައިވެނި ކުރި މީހާ ފުލުހަށް ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާ ކޯޓުން ބޭރުގައި ކައިވެނި ކުރީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ނުހިނގާތީއެވެ.

"އަޅުގަނޑުމެން ކައިވެނި ކުރީ މާލޭގެ ރައްޓެއްސެއް ގޭގައެވެ. ކައިވެނި ކުރީ އެއްވެސް މަޖުބޫރުކަމެއް ނެތި ދެ ފަރާތުގެ އާއިލާވެސް ގަބޫލުވެގެންނެވެ. އަންހެން ކުއްޖާގެ ބައްޕަ އަށް ވަލީިދިނުމަށް މާލެ ދެވެން ނެތުމުން ވަލީ ހަވާލުކުރީ ކުއްޖާގެ ބޭބެ އާއެވެ". އޭނާ ފުލުހަށް ދިން ބަޔާނުގައި ބުނެފައި ވެއެވެ.

އޭނާ ބުނެފައި ވަނީ، އެ މީހުން ކައިވެނި ކުރީ އިސްލާމީ ޝަރީއަތުގައި އަންގާފައި އޮންނަ ގޮތަށް ކަމަށާއި ކައިވެނި ކުރިއިރު، ހުތުބާ ކިޔުމުގެ ކަންތައްވެސް ކުރިއަށް ގެންދިޔަ ކަަމަށެވެ.

"އަޅުގަނޑުމެންގެ ކައިވެނި ދިވެހި ރާއްޖޭގެ ކޯޓެއްގައި ރަޖިސްޓްރީ ކުރާކަށް އަޅުގަނޑާއި، އަންހެނުންނާއި އަދި އަޅުގަނޑުމެން ދެ މީހުންގެ އާއިލާންވެސް ނުރުހެއެވެ".

އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނަށް ބަލާއިރު، ދެ މީހުންގެ އާއިލާއަކީވެސް ހަރުކަށި ވިސްނުމުގެ ދެ އާއިލާކަން އިނގެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ކޯޓުން ބޭރުގައި ކައިވެނި ކުރި މައްސަލާގައި ފިރިހެން މީހާގެ މައްޗަށް އޭއިރު ދައުވާ ކުރިއެވެ. ނަމަވެސް އެ މައްސަލަ ނިމުނު ގޮތެއް އަދި އެނގިފައެއް ނުވެއެވެ،

މި މައްސަލާގައި ކައިވެނިކޮށްދިން މީހާގެ މައްޗަށް ދައުވާ އުފުލާފަައެއް ނުވެއެވެ.

މި ދެ މީހުންގެ ކައިވެނި މިއަދާއި ހަމައަށްވެސް ކޯޓުގައި ރަޖިސްޓްރީކޮށްފައިނުވާއިރު، ދެ މީހުންނަށް ލިބުނު ދަރިންގެ އައިޑީ ކާޑުވެސް ހަދާފައެއް ނުވެއެވެ. އަދި ދަރިން ސްކޫލަކަށްވެސް ނުފޮނުވައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ކެނެޑީ

    ތިޔަ ދެއާއިލާގެ މީހުންވެސް ކުށްވެރިވޭ

    67
    25
    • ގަންޖާބޯ

      ކުށްވެރިވޭ ދޯ؟ އެއް ޖިންސުގެ ދެމީހުންނަމަ 10 އަހަރުވިޔަސް މައްސަލައެއް ނެތްތާ ދޯ؟ ގައުމުގެ ހާލަތު.

      53
      11
    • އަންނަނީ ހިނި

      ދެން ކީއްތަވީ؟ ހޯރަ އިބްރާހީމަށް އެކަނި އޮންނަ ހުއްދައެއްތަ އެއީ؟ އެހެން ބައެއް ވީމަތަ މައްސަލައަކީ

      47
      7
  2. ހޭލާކަށް ނުވޭތޯ

    ބޮޑެތި މީހުން 25 ން 50 ހާ ދެމެދުގެ މީހުންވެސް އެބައުޅޭ 3 ފަށް ވީމަވެސް ހަމަ އެއްގެއެއްގާ. މިމައްސަލަވެސް މީހުންނަށް ބުނެދީ ހަދަންވީ ނުންތޯ.
    ކިހާބޮޑެތި ފާފަ ކަން. ކައިވެނީގެ ބެނުމަކީ އެބުނާހެން ޕާރޓީއެއް ބާއްވާލަން ކުރާ ކަމަކަށް ހަދައިގެން ކިހިނެއް ރަނގަޅުވާނީ.
    ފިރިހެން މީހާ އަކީ ވަރަށް ޒިންމާދާރު މީހެއްކަން އެމީހާ އެބަ ދެނެގަންނަން ޖެހޭ. ލިބިފަ އިންނަ 2 ވަރި ދުލުން ބޭރު ކުރާހިސާބުން ދެން އަންހެން މީހާވެސް ފިރިހެން މީހާވެސް ދަންނަން ޖެހޭ ދެން އިންނާނީ އެއްކޮށް ވަކިވުން ކަން. ރުޖޫޢަ ނުކުރެވޭނެ ކަން.
    އެނގި ތިބެމެ ނޭގޭކަމަށް ހަދައިގެން އަމިއްލަ ނަފްސަށް އޮޅުވާލުމުން ފަހުން ހިތާމަ ކުރަން ޖެހޭ.. އަދި އާޚިރަތުގެ ވޭން ދެނެވި އަޒާބު ލިބޭނެ.

    89
    3
  3. ކަމަނަ

    ދިވެހިރާއްޖޭގަ އުޅަންޏާ ޖެހޭނެ ދިވެހި ރާއްޖޭގެ ގާނޫނައް ތަބާވާން، ތިޔަ ކައިވެނި ސައްހައެއްނޫން، ޒިނޭކޮއްފަ ދަރިން ހޯދައިފަ، ވާހަކަ ނުއްދައްކާ މި މިމީހުންނައް ގާނޫނު އަރާހަ މަ ކުރަންޖެހޭ، މާ ހިތް މައްޗައްއަރަގެން ނޫޅެވޭނެ، ސައިޒައް ތިރިކުރަންވެއްޖެ،

    66
    61
    • ޢެއްމެ އިގޭ މީހާ

      ތިހިނެއް ނުބުނެވޭނެ.. ހާއްސަ ކޮށް ކުދިންނަކީ ހަރާމް ދަރިންނޭ... ކޯޓުން ބޭރުގައި ކަްިވެނި ކުރިނަމަވެސް ކައިވެނީގެ ހުރިހާ ޝަރުތެއް ފުރިހަމަވާނަމަ ކައިވެނި ސައްހަ ވާނެ.. ނަމަވެސް ކޯޓުން ބޭރުގައި ކައިވެނި ކުރުމުން އަނަހެން މީހާ އަށް އަދި ކުދިންނަށްވެސް ލިބިދާނެ ގެެްލުމަކުން އެއްވެސް ރައްކާތެރި ކަމެއް ނެތް.. ﷲ ޢައްލަމް.

      101
      13
      • ލޮ

        އެމީހުން ޖެހޭނެ ހެކިވެރިން ގެންނަން އެ ކަިވެނި ސާބިތު ކުރަން

        30
        3
    • ކިނބޫ

      ދިވެހިރާއްޖޭގެ ގާނޫނާ ޚިލާފަށް ކައިވެނި ކުރީއޭ ކިޔާ. ޒިނޭއޭ ހަރާން ދަރިންނޭ ނުކިޔާ. ޝަރުއީ ހަމަތަކުން ކޮށްފިއްޔާ ކައިވެނި ޞައްހަވާނެ ވަޟުޢީ ގާނޫނަކުން މަނާކުރިޔަސް. އަދި ޝަރުއީ ކައިވެންޏަކަށް ލިބޭ ދަރިންނަކީ ހަލާލު ދަރިން. ގަޒުފުގެ ހައްދަށް އަރައިގަނެވޭއިރު ނޭނގޭ ހާލުގަވެސް އަނެކުންނާ ބެހެވޭތޯ ބަލާތި.

      108
      8
  4. ސައްޙަ

    ކައިވެނި ސައްޙަ ޥާނެ ވަލީ ވެރިޔާ ވަލީ ދީފައްޔާ. އެކަމަކު ރާއްޖޭގެ ޤާނޫނާ ޤަވާއިދާ ޚިލާފު. ކުށްވެރިވޭ!

    79
    5
  5. Anonymous

    "އެ މީހުން ކައިވެނިކޮށްފައި ވަނީ 19 މާރިޗް 2014 ވަނަ އަހަރު" "ކުއްޖާ އާއި ކައިވެނި ކުރި މީހާ ފުލުހަށް ދިން ބަޔާނުގައި ބުނެފައި ވަނީ އޭނާ ކޯޓުން ބޭރުގައި ކައިވެނި ކުރީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ނުހިނގާތީ" އެވެ. ރާއްޖެގައި އޮތް އެންމެ ބޮޑު އިސްލާމީ ވެރިކަމުގައި އިސްލާމީ ޝަރީއަތް ނުހިގާ ވާހަކަ އަދި އޭރު ބުނެގެން ސަލާމަތުން ހުރެވުނީތީ އުފާ ކުރަން.

    32
    12
  6. ފިނދު

    ރާއްޖޭގެ ގާނޫނަކަށް ވެސް އިސްލާމް ދީނުގަ ހުއްދަ ކަމެއް މަނާ ނުކުރެވޭނެ. މަނާ ކުރިޔަސް އަމަލު ކުރާކަށް ނުޖެހޭނެ.އިސްލާމްދީނުގަ އަންގަވާފަ އޮތްގޮތަށް ކާވެނި ކުރީމަ ނިމުނީ. އަދި މަޖާ ކަމަކީ މިރާއްޖޭގަ ގިނައިން އުޅެނީ ކާވެނި ކޮށްގެންވެސް ޒިނޭ ކުރާ މީހުން ނުކޮށް ވެސް ޒިނޭކުރާ މީހުން

    67
    10
    • އަމާ

      އިސްލާމް ދީނުގަ މަނާކަމެއްނޫން ރެޖިސްޓްރީ ކުރުން.. އެކަމަކުއެއީ ހަމަ އެންމެ އެދެވިގެންވާ ގޮތް... ދައުލަތުން އެ ދަުލަތުގެ ބެލެނިވެރިކަމުގެ ދަށުގަވާ ފަރާތް ތަކައް އެންމެ އެކަށޭނަ އަޅާލުން ދިނުމައްޓަކާ... ވަލިޔުލް އަމރައް ކިޔަމަން ވުން ވާޖިބް.. އެއީ ފާސިގެއް ކަމުގަި ވިޔަސް.

      34
      6
    • ހޫ

      ޤަ ވާޢިދަށް ހުރުމަތްތެރިކޮށް ހިތުމާއި ވެރިންނަށް ކިޔަމަން ވުމަކީ ވެސް ހަމަ އިސްލާމީ ޝަރީޢަތުގަ ކުރަން އަމުރުކިރައް ވާފަ ވާކަންކަމޭ

  7. ސަގަރު

    ކޮން ސަރުކާރަކުން މިކަމައް ޒިންމާ ވާނީ. ދެން ބުނޭ އައްނި ސަންދޯކޭ.

    13
    10
  8. ާަާމަ

    މިރާއްޖެއަށް ނޭވާލާން ދެއާއިލާ ރުހޭބާ!!؟؟

    23
    5
  9. ހިތާމަހުރި

    މިހުރިހާކަމެއްވެސް މިހެން މިހިނގަނީ ކަމާ ބެހޭ މުވައްސަސާތަކުގެ ދޯހަޅިކަމުން.

    74
    5
  10. އަހާށޭ ބުނާބަސް

    މުސްލިމަކަށް އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ތަބާވުމެއްނެތް! ޑިމޮކްރަސީ އަކީ އުފައްދާފައިވާ ދީނެއް! ރާއްޖޭގައި މިހާރު ފެންނަމުން މިދަނީ ޑިމޮކްރަސީ ކުރިއަރުވައި އިސްލާމްދީން މުޅިން ނެތިކޮށްލަމުންދާތަން! ނިކަމެތި އި ންސާ ނާ ދު ނިޔޭގާއި ޢަމަލުތައް ބަހައްޓަ ންވީ ޖަ ން ނަތު ޙާޞިލު ކުރުމަށް ގަދައަޅާ ގޮތުގައި، ނޫ ންނ ނަމަ އާޚިރަތުގައި ގަދަކަމު ން ވެއްދޭހުށީ ޖަހަ ން ނަމައަށް! ހަމަޔަޤީ ނު ންވެސް ދީ ނުގައި ވަރުގަދައަށް ޘާބިތުވެއްޖެ ބަޔަކު ދު ނިޔޭގެ ބާރަކަށް މީސްތަކު ންގެ މަލާމާތަކަށް ބިރެއް ނުގަ ން ނާ ނެ! ކޯޓުގެ ކައިވެ ނި ރަޖިސްޓްރީ ނެތިފައި އައިޑީ ކާޑު ނެތިއްޔާ ﷲ އެދަރި ންގެ ހަލާލުކަ ން ކަ ނޑުއްވާ ނީތޯ! މޮޔަބަޔަކަށް ދުވަހަކުވެސް ނުވިސް ނޭ!

    30
    7
  11. ޢަބްދުއްލަޠީފު

    އިސްލާމީ ޝަރީޢަތް ޤާއިމު ނުކުރޭ، ނުވެސް ކުރާނެ. ނުވެސް ކެރޭނެ ކުރާކަށް. ﷲ އަށްވުރެ ކާފަރުން ދެކެ މާބޮޑަށް ބިރުގަނޭވިއްޔަ. މުނާފިގުން ގަނޑު.

    29
    3
  12. މީރާ ބޯއީސް

    މިކަމަށް ޖަާބު ދާރިވެ ވާހަކަދައްކާނެ ޝޭހުން ނެތީބާ މީމިކަން އިސްލާމަދީނުގަ އޮންނަ ގޮަތްބާ؟

    13
    3
  13. އީސާ މަސީހު

    މިވީ ދެއަހަރު ކީތްތަކުރީ އެއްވެސް ބަޔަކައް ތިކަންނޭނގެނީ ތިކަން އެނގިފަ ނާންގާ ހުރިފަރާތްތައް ވަގުތުން ހަތްޔަރު ކުރަންފެނޭ

    10
    5
  14. ބޯގޯސް

    މިކައިވެނި ކުރި ދެމީހުންވެސް އެދެމީހުންގެ އާއިލަ އަކަށްވެސް އިސްލާމްދީން ރަނގަޅަށް އެގޭހެން ހީއެއް ނުވޭ .ސަބަބަކީ ނިސާ ސޫރަތުގެ 59 ވަނަ އާޔަތުގެ މާނަޔަށް ބައްލަވާލައްވާ، ވެރިންނަށް ކިޔަމަންވުމަކީ ދީނީގޮތުން ވާޖިބު ކަމެއް .ވެރިޔާ އަކީ ހާކިމާ . ހާކިމާ އަކީ މަސްވަރާގެތެރޭން ފާސްކުރެވޭ ގާނޫނު ތަންފީޒުކުރަން ހަވާލުވެ ހުންނަ ފަރާތް ،ގާނޫނުތަކަށް ކިޔަމަން ނުވާމީހާ ވާހުށީ ކީރިތި ގުރްއާނަށް އީމާން ނުވާ މީހަކަށް. ސަބަބަކީ މާތްﷲ ގެ ކިބަފުޅަށް އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު ވެރިމީހާއަށް ނުވަތަ ހާކިމާ އަށް ތަބައަ ވުން ވާޖިބުވާކަން ކީރިތި ގުރްއާނުން ސާބިތުވެގެންވޭ.އެއާހިލާފަށް އަމަލުކުރާމީހުން ވާހުށީ މަގުގެއްލިފަ،

    27
    12
  15. ތިމީހުންނަށް

    ތިމީހު ން ނަށް ރަ ނގަޅު އަދަބެއްދޭ ންވާ ނެ...

    7
    6
  16. ބުރޯ

    މި މީހުން އިސްލާމީ ސަރީއަތް މިކިޔަނީ ރާބޯމީހާ ގެ ތައުޒީރާ ވައްކަން ކުރާމީހާގެ އަތްކެނޑުންފަދަ ހައްދުގެ ހުކުމްތަކާގިސާސް ފަދަ ހުކުމް ގެ ވާހަކައަށް ކަމަށްދެކެން . މާތްﷲ ގެ ވަހީ ނިސާ ސޫރަތުގެ 59 ވަނަ އާޔަތުގަ އެވަނީ ވެރިންނަށް ކިޔަމަންވާން . މިހެން މާތްﷲ ގެ ވަހީ އޮއްވާ ވެރިމީހާއަށާ ވެރިމީހާ ނުވަތަ ހާކިމާގެ އަމުރުތައްކަމުގައިވާ ސޫރާ މަޖިލީހުންފާސްކުރާ ގާނޫނު ތަކަށް ކިޔަމަން ނުވާމީހާ އަށް ނިސާސޫރަތުގެ 59 ވަނަ އާޔަތް ގަބޫލު ކުރާމީހަކަށްވާނެތޯ ؟މުސްލިމަކު ނަމަ މާތް ﷲ ބާވައިލެއްވި ހުރިހާ ފޮތްތަކަށާ ފޮނުއްވި ހުރިހާ ނަބީ ރަސޫލުންގެ ރަސޫލުކަން ގަބޫލު ކުރަންޖެހޭ މިއިން އެއްވެސް ފޮތެއް ނުވަތަ ރަސޫލު ނަބީ ބޭކަލަކު ވިޔަސް އަދި ކީރިތި ގުރްއާނުގެ އެންމެ އާޔަތެއް ގަބޫލު ނުކުރާ މީހަކު މުސްލިމަކުކަމުގާ ވޭތޯ ؟ ވީމާ ނިސާއު ސޫރަތުގެ 59 ވަނަ އާޔަތުގަ ވެރިންނަށް ކިޔަމަން ވުމަށް އަންގަވާފައިވާ އަމުރުފުޅަށް ބޯނުލަނބާ މީހާ މުސްލިމަކަށް ވާނެތޯ ؟

    14
    2
    • Anonymous

      ކަލޯ ރައްޔިތުންގެ މަޖިލީހުން ﷲ ބާވައިލެއްވި ޝަރީއަތް އަތުން ކޮށާމަށާއިރު އެއީ ހުއްދަ ކަމެއްބާ

      9
      1
  17. އަޙްމަދު

    ކޯޓުތެރޭ ކައިވެނި ކުރިއަސް ކުދިންލިބޭނެ. ކައިވެނިނުކޮށްވެސް ކުދިންލިބޭ. ދެން ކޮބާ ތިޔަ
    ސުރުޚީގެ މުހިއްމު ކަމަކީ؟

    7
    1
  18. Anonymous

    ސުވާލަކީ އެ ކައިވެންޏަކީ ސައްޙަ ކައިވެންޏަކަށް ވާނެތޯ؟ އެހެންނޫނީ ކޯޓުން ބޭރުގަ ކުރާ ކައިވެނި އެއީ ގާނޫނީ ގޮތުން މަނާ ކަމަކަށް ވާތީ އުގޫބާތެއް ކަނޑަ އަޅާބަލަ. ސައްޙަ ކައިވެންޏަކަށް ވާނަމަ ޒިނޭ އޭ ރޭޕް އޭ ނުކިޔޭނެ ނޫންތޯ؟

    10
  19. ހަރުކަށި

    މިލިޔުނީވެސް ހަރުކަށި ފިކުރުގެ މީހެއް

    5
    6
  20. ޓިނު ވަގު

    އެއީ މިސަރުކާރުން ބޭނުންވާ ގޮތެވެ...

    3
    1
  21. ނޯވަން

    ބަލިވެއިނދެ ކައިވެނި ކުރުމަކީ އިސްލާމީ ޝަރީއަތުގަ ހަރާންކަމެއް

    8
    1