މޯލްޑިވިއަން އައިޑޮލްއިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި މުހައްމަދު ނަޒީހު، (ރާޅު ބޯއި) އަށާއި، އިތުރު ހަތަރު މީހަކަށް ވަޅިން ހަމަލާ ދީ ޒަހަމްކޮށްފިއެވެ.

މި މީހުންނަށް ހަމަލާ ދީފައި ވަނީ، ކ، މާފުށިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ރޭ މަފުށީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުން ދާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވިގޮތުގައި، މި މާރާމާރީގައި އަނިޔާވި ފަސް މީހަކަށް އެރަށު ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުގައި، މި މާރާމާރީ ހިނގާފައި ވަނީ ރޭ ފަތިހު އެވެ. މި މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަަސް ޒަހަމްތަކެއް ލިބިފައެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ހަަމަލާދިނުމުގެ ސަބަބުން ނަޒީހުގެ އަތް ވަނީ ޒަހަމްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ހުސޭނުބޭ

    މިހާރު ރާއްޖޭގައި މާރާމާރީ މަދުވެއްޔެކޭ ކިޔާފައި ވެރިއަކަށް ހުރި ކިނބޫ އަހަރެމެންނަށް ގޮދުހަދާފައި ގޮސް ވެއްޖެ ޑުބައިގައި! ސޯޓުބުރިލައިގެން ކުށްމަދުކުރަން!

    208
    43
    • ކިނބޫ

      ނޮވެންބަރ 24 ވަނަ ދުވަހުގެރޭ ސިޓީޕާކް ކައިރީ ބޮޑު މާރާމާރީއެއް ހިންގިކަން އެނގެނީ ކިތައް މީހުނަށް؟ ޔަގީން ކުރަން އެމްވީކްރައިސިސް ބަލާލަބަލަ. ވީޑިއޯއާއެކު ހުންނާނެ ހަތިޔާރު ހިފައިގެން ބޮޑު ގްރޫޕަކުން މާރާމާރީ ހިންގިތަން.

      66
      4
    • ޢަދުރޭ

      ޔާމިނު ޖަލައްލައިފިއޭ

      19
      18
  2. ާައަސްލަމް

    ކޮ ންރާޅު ބޯއީއެއްތަ ؟ މަ ނޫޅެ ން

    61
    24
  3. އަހްމަދް

    ވެރި ޔަކައް ހުންނަ މީހާ ކުރާކަމެއް ތަ އެއީ

    109
    46
    • Anonymous

      ނަންވާނީ އެގޮތައް ދޯ.

      51
      6
    • ދދދދދދ

      ދެން ކާކު ކުރާ ކަމެއް؟ ބުނެބަލަ ކުރާ މީހަކު އެހެންވިއްޔާ.

      51
      8
    • އިލޮށި

      ރަނގަޅު ވާހަކައެއް ތި ބުނީ ކުރީގެ ވެރިޔަކައް ހުރިމީހާތަ އޭރު މާރާ މާރީ ހިންގީ. ކޮސް ގޮވަމުން ނޫޅެބަލަ ކުދިންނޭ .

      69
      10
    • ާ

      ޜައީސް ޔާމީން ނަމަ ޒިންމާ ވާން ޖެހޭ. ޢިބޭ ވީމަ ޢޯކޭ؟

      33
      6
  4. އަހުން

    ސޯޓުބުރިލައިގެން ދުބާއީގެ ވެހިކަލްތަކުގައި ސުޓިކާތަތްކުރާށޯ ދިޔައީ އެމީހުންނަށް އެކަންތަށް ދަސްކޮށްދޭން .

    66
    8
  5. ސަންސެޓް

    ވެރިމީހާ ބޮލުގަ ނާޅުވާބަލަ ތިކަ ން. އޭ ނާ ކިހާބިޒީ ރައްޔިތު ން އަތު ން ނަގާ ޓެކްސް ލާރިކޮޅު ޕާރޓީ ކުދި ން ނަށް ބަހަ ން.

    70
    6
    • އެހެން

      އެއީ ހަަމަ އޭނަގެ މައްސަލަ

  6. ރާޅު ބޯއީ

    ކިހާ ދެރަކަމެއްމީ މި ރާއްޖޭގަ ރައްކާތެރިކަމެއް ނެތެއް ނުނނ ން.....

    43
    3
  7. ވެރިޔާ

    ވެރިމީހާ ޓައީއަޅާފަ އޮފީހުގަ ހުއްޓަސް އެކަންކުރާމީހުން ކުރާނެ

    14
    29
  8. ާަޕޮގުބާު

    ވަރިމީހާ ޖާހިލުވީމާ ވާކަ ންކަ ން

    39
    4
  9. ރާޅު ބޯއި

    މި ރާއްޖޭގަ ރައްކާތެރިކަމެއް ނެތެއް ނު ން

    38
    3
  10. ކިޔުންތެރިޔާ

    މަ ހީކުރީ ދެން މިވެރިންގެ ވެރިކަމުގަ މީހެއް މަރެއްވެސް ނުވާނެކަމަށް. އަދި ފިހާރަތަކުގަ ވަޅި ގިނަވެ ވަޅިން ރިހަ ކައްކާނެކަމަށް. ވޭތުވެދިޔަ އަހަރުތަކުގަ ހިނގި ގޮތްނޭނގޭ މަރުތަކުގެ އަޑީގަ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ތިބުމަކީ އިއްތިފާގެއް ނޫން. އެމްޑީޕީ ވެރިކަމުން ވެއްޓުނު ދުވަހުންފެށިގެން ގޮތްނޭގޭ މަރުގެ ސިލްސިލާތައް މި ގައުމުގަ ހިނގަން ފެށީ. އެއީ އެވެރިން އޭރުގަ އޮތް ސަރުކާރުތަކަށް ދުއްޕާން ޖައްސަން ކުރުވި ކަންތައް. ގައިމު ތީ ގޭންގުތަކުން ކުރާ ކަންތަކެއްނަމަ ނިމިދިޔަ 1 އަހަރު ދުވަސްތެރޭގަވެސް ފުރާނަ ދުއްވާލާ ވަރުގެ މާރާމާރީއެއް ނުހިނގާ ނުހުންނާނެ. މިކަމުންވެސް އެބަ އިނގޭ މިކަންކަމުގެ އަޑީގަ ތިބީ ކޮންބައެއްކަން.

    51
    8
  11. ....

    ތިކަން ކުރީ ކޮން ބައެއް ތޯ ނިކަން ބަލާބަލަ މަ ހިތހަށް އަރާ ކާކު ބާއޭ

    31
    1
  12. އެޖެންޑާ 19

    ހުސް ދޮގު. ވަޅިއަކީ ހަމަލާ ދެވޭ ހަތިޔާރެއްކަން ނުވެސް ނުދަންނާނެ. ވަޅި ހެރުން 0.

    27
    6
  13. ތެދު

    ހޫ ން ! ދެ ން ބު ނޭ އެއީ ވެސް ރައީސް ޔާމީ ން އޭ !

    60
    7
  14. ނަރެލް

    ކޮންމެކަމެއް ވެރިންގެ ބޮލުގައަޅުވަން އުޅޭކުދިންނަށް މިދިޔަ 5 އަހަރުތެރޭ 30 އަށްވުރެގިނަމީހުން މަރާފަވާއިރު އެޭރުވެސް މިގައުމުގަ ވެރިއަކުހުރޭ އެކަން އަޅުވާނީ އޭރުގެ ވެރިމީހާ ބޮލުގަތޯ

    8
    19
    • ބަކް

      އޭނާ ބޮލަކު ނޫންތަ އެޅުވީ؟

  15. އާދިލް

    މިއީ ސަރުކާރުން ހުއްޓުވަން ޖެހޭ ކަންކަން ނުހުއްޓުވާތީ ދިމާވާ މައްސަލަތައް މާފުށީ ކައިރީގައި އޮންނަ ރާބޯޓަށް އަރައި އޭގެން ބޮއިގެން ވާނުވާގައި ތިބެގެން ހިންގާފައުވާ ބޮޑު ޖަރީމާއެއް

    21
    1
  16. ދެރަ ވަރު

    ކުއްވެރިން ކުށުގެ ވެށީގަ ބޭ ތިއްބީމަ ވާހާ ގޮތް ގޮތް ތީ

    16
    1
  17. އަހްމަދު

    ރައީސް ސޯލިހު ބުނާއަޑުއެހީން މިހާރު މާރާމާރީއާއި ވަޅިން ހަމަލާ ދިނުންފަދަ ކުށް ކުރުން މިހާރު މަދުވެއްޖޭ. އެކަމަކު މިކަހަލަ އަޑެއްނީވޭ ދުވަހެއް ހަމަ ވަރަށްމަދު.

  18. ym

    .Maafushi thraggee vanee thi huri hithaamaeh ge bodu kamakaa eve

  19. ވިސްނަބަލަ

    ކޮންމެ ކަމެއް އެއީ ވެރިއަކަށް ހުންނަ މީހަގެ ސަބަބުން ވާ ކަމެއް ތަ ފަހެ؟؟ މީހުންގެ ޖާހިލުކަމެއް ނެތްދޯ ؟

    1
    3