ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ "ޗެނަލް-13" ގެ މަގުބޫލް ޕްރޮގްރާމެއް ކަމަށްވާ "މަޑިސީލަ" ހުށަހަޅާ ޕްރެޒެންޓަރުން ހައްޔަރުކޮށްފިއެވެ.

"ޗެނަލް-13" އިން ބުނީ "މަޑިސީލަ" ޕްރޮގްރާމް ހުށަހެޅުމުގައި ބައިވެރިވާ މުހައްމަދު ސަމާހް ފިޔަވައި އެހެން ހުރިހާ ޕްރެޒެންޓަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މަޑިސީލަ" ޕްރޮގްރާމް ހުށަހަޅާ މީހުން ހައްޔަރުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިންނެވެ.

"މަޑިސީލަ" ޕްރޮގްރާމްގެ ފަސް ޕްރެޒެންޓަރަކު ވަނީ ހައްޔަރުކޮށްފައެވެ.

"ޗެނަލް-13" އިން މިރޭ ބުނީ "މަޑިސީލަ" ޕްރޮގްރާމް ހުށަހަޅާ މީހުން ހައްޔަރުކޮށްފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށާއި އެމްޑީއެންގެ އިސް ވެރިންނަށް ފިޔަވަޅުއަޅުމަށް އެޕްރޮގްރާމްގައި ގޮވާލަމުން ގެންދާތީ ކަމަށެވެ.

"މަޑިސީލަ" ޕްރޮގްރާމަކީ ސަރުކާރާއި ދެކޮޅު ފަރާތްތަކުން މިހާރު އެންމެ ބޮޑު ޝައުގުވެރިކަމެއް ދީގެން ބަލަމުން އަންނަ ޕްރޮގްރާމެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ފސ

  ޙައްޔަރުކުރުމުގެ މިނިވަންކަން

  58
  3
 2. ލޮލް

  ނަރީޝް މިހާރު ޔާމީންގެ ހަރުމުދަލާ ހަވާލު ވީޔޯ. އިފް ޔޫނޯ ވަޓް އައި މީން ހެހެހެ

  16
  101
 3. ސހހ

  ހަޖަމް ނުވީދޯ

  91
  10
 4. ބަހަނާ

  ކޮބާތޯ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މެނިފެސްޓޯ އެގޮލާ ވިދާޅުވި ޢަދުލް އިންސާފަކީ އިދިކޮޅު ހުރިހާ އެންމެން ހައްޔަރުކޮށް ތަޅައި އަނިޔާދިނުންތޯ މިނިވަން ނޫސްވެރިކަމަކީ ސަރުކާރުން ކުރެވޭ ގޯސްކަންތައްތަކުގެ ވާހަކަ އެއްވެސް ފަރާތަކުން ހާމަނުކުރާގޮތަށް ހެދުމަށްޓަކާ އިދިކޮޅު ނޫސްވެރިން ހައްޔަރުކުންތޯ
  ކޮންމެ ގޮތަކުން ބެލިނަމަވެސް މިހާރަށްވުރެ ޔާމީނުގެ ފަސްއަހަރުގަ މިނިވަންކަން ލިބިފައިވޭ

  131
  13
  • Anonymous

   ޔާމީންގެ 5 އަހަރަކީ އަނިޔާވެެރި، ލާއިންސާނީ، ހުދުމުހުތާރު 5 އަހަރު.

   17
   66
   • އައިޝާ

    ތިހެން ގޮވަމުން އައި ސަ ރުކާ ރު
    މަގުމަތީ ތިންމީހުން ތިބިއްޔާ އެތަނަކަށް ނުވަ ފުލުހުން ވަދެ ތަޅާ ގެންގޮސް ޖަލައް
    ކު ރިޔޭ ނުކިޔާ ވީވައުދު ފުއްދާ
    ނަމުން ޑިމޮކު ރަސީ ކަމުން ހުދު މުހުތާ ރު

    14
    3
   • ކޯމަސް

    ސޯލިހުގެ މިވޭތުވެދިޔަ އެއްއަހަރަކީ ޔާމީނުގެ 5އަހަރަށްވުރެ މާއަނިޔާވެރި މާބޮޑަށް ލާއިންސާނީ ޚުދުމުޚުތާރު އަދި ލާދީނީކަން އިންތިހާ އަށްދިޔަ އަހަރެއް. ދީނަށްފުރައްސާރަކުރުމާއި، ކީރިތިރަސޫލާއަށް ހަޖޫ ޖެހުމާއި، ޤުރްއާނަށް ޖޯކުޖެހުން އިތުރުވިއަހަރެއް.

    18
    3
  • ކިނބޫ

   ޔާމީނަށް ތާއީދު ކުރެވެނީ އެހެންވީމަ. ރާޓީވީން ބުހުތާނު ފިތުނަ އުފެއްދުމުގަ ހޭބޯނާރާ ތެޅުނުއިރު އޭގެ އެއް ދައްޖާލަކުވެސް ހައްޔަރެއްނުކުރޭ. ހަޖަމު ކުރެވޭ. ޗެނަލް 13 އިން އެއްވެސް ދޮގެއް ނަގަދާ ހަގީގަތް ހާމަ ކުރީމާ ހަޖަމު ނުވި. ތިވަރު ބައެއް މާފުއްޕަނީ. ޔާމީނު ވަރެއް ނެތް.

   7
   2
 5. ކިޑު

  މިކަން ނިމެނީ! ހިއްވަރު ކޮށްލާ! ނަސީދުއަށް ވެސް ހިފެހެއްޓުނީ 28 ދުވަހު! 3 ދުވަހުން ވެސް ސަރުކާރުގައި ރެދުލާފި! ކުރީފަހަރަށްވުރެ އަވަސް ވާނެ މިފަހަރު މިކަން ނިންމަން!

  101
  16
 6. Anonymous

  މިޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން މިކުދިން ހައްޔަރުކޮށްފިއްޔާ ކިހިނެއް ދެން
  މަޑިސީލައަށް ވަނީ . މިޤައުމަށް ވަނީ. ތިއޭ މިޤައުމުގެ ވިންދަކީ .އަވަހަށް ދޫކޮށްލާ ދޫކޮށްލާ ށޭ މިޤައުމުގެ އަޑު ތިކަނޑުވާލީ. އެބޯޅޭ މިބޯޅޭ ވެސް ނޭނގޭނެ

  67
  9
 7. Anonymous

  އޯގަދަ އިނގޭ!ތިބި ގޮތަށް ތިބެފައި ވަގުތުން މަޑިސީލަ ޕްރޮގްރާމް ނުފެށިކަން ދެރައީ. ތިޔައީ ބޮޑުތަކުރުފާނުގެ ޖިހާދުޓީމް.

  69
  3
 8. އަނގަގަދަ މިތުރު

  މަޑިސީލަ ހުއްޓާލީމަ ދެރަވަނީ ޕޕ މީހުން އެކަންޏެއްނޫން. އެމްޑީޕީ މީހުންވެސް ކަންބޮޑުވާނެ. އެހެންނުން ވަނީ. މުޅި ޤައުމު ބަލާވިއްޔަ. ވޯރލްޑް ބެސްޓް ޕްރޮގްރާމް

  77
  5
 9. މަރީ

  އެވަރު ކަމެއްތަ؟ މާދަން އެމީހުން ދޫކޮއްލާނެ! ޗިލް ގައިސްް! ބަލައްޗޭ މަ ބުނީތީވެސް އެމީހުން ދޫކޮއްލާނެ. ހެހެހެއްހޭ!

  44
  5
  • ނަޝީ

   މަރީ ނުބުންޏަސް އެގޭ ދޫކޮށްލާނެކަން . އެމީހުން ބަންދު ކޮށްގެން ސަލާމަތަކުން ނުތިބެވޭނެ. ހިތް ބިރުގަންނާނެ އެމްޑީއެން ހަމީދުމެން.

   6
   1
 10. އެދުރު

  މީ ޚުދުމުޚުތާރުކަން ހައްދުފަހަނަޅަ އަޅާފައިވާ ވެރިކަމެއް ،

  38
  1
 11. ރޮނޑާ

  ޕްރޮގުރާމެއް ހުޝަހަޅަން ތިއްބާ ހައްޔަރު ކުރީތަ. މަގު މަތީގަ އާއްމު މިންގަނޑާއި ހިލާފައް ބޭ އަދަބީކޮއް އުޅޭތީ ހައްޔަރުކުރީ. ޕްރެޒެންޓަރުން ނަކީ ގަދަރު ވެރިކޮއް އެޅެންޖެހޭ ބައެއް. ވަލު ކުއްތާ އުޅޭހެން މަގު މަތީގައި އުޅޭނަމަ މުގުރުން ތަޅާ ހައްމަތަ ކުރުމަކީ ފުލުހުންގެ ޒިއްމާއެއް.އެހެންމީހުންގެ ސަލާމަތާއި ރައްކާތެރި ކަމައްޓަކައި. ފުލުހުން ކުރަންޖެހޭކަމެއް .

  4
  41
 12. ރައްޓެހިން

  ސިޔާސީ ގޮތުން މާބޮޑު ބުރަދަނެއް ނެތް ގޮތެ ނެތިފަ ތިބި ވަކަރުގޭ ދެތިން ސޮރުން ލައްވާ ހުށައަޅާ ޕުރޮގްރާމެއްގެ ވާހަކަ ތިކިޔަނީ

  6
  43
  • އައިޝާ

   ބަލާތީދޯ އިގުނީ
   ޕު ރޮގު ރާމު ހުށައަޅާ މީހުން ވާންޖެހޭތަ ސިޔާސީ ގޮތުން ފުންނާބު އުސް ހުއްސުނުއް ސުއޫދަަކަށް
   އެކަހަލަ މީހުން މުގާބޭގެ ޑިމޮކުރަކު ރަސީގަ ތިބެނީ ސްޕު ރީމް ކޯޓުގާ

   4
   2
  • ސަ845

   ކިހިނެއްވީމަބާ ސިޔާސީ ގޮތުން މާބޮޑު ބުރަދަނެއް ހުރިމީހަކަށް ވެވެނީ ގޭގަނިދަން އޮތީމަ ތޯ. ކަލޭހޭޖެހޭވާހަކަދައްކާ

  • ބަޑިސީލަ

   އެންމެ ފުރިހަމައަށް ތި ބުނީ، ކިޔޭ ނުކިޔޭ އެއްޗެއް ގިނަ ފަހަރަކު އެވެރިން ނަކަށް ވެސް ނޭންގޭ، ގައިގަ ހުރި ބާރަކަށް ދެއަތުން މޭޒުގަ ތަޅާފަ ޖެހިގެން ހުރި މީހާގެ މޫނަށް ކުޅު ބުރުވަމުން، ތިމާ މީހުންނަކީ މާ ސިޔާސީ، މާ ގަދަ ބަޔެކޯލަ..،!!؟؟

   1
   7
   • ނަސްރު

    އެމީހުން ޖެހިގެން ހުންނަ މީހާ ގަޔަށް ކުޅު ބުރުވާފަވެސް ވާހަކަ އެބަދަ އްކަ އެ އްނުން އެވަރުވެސް ތިބޭފުޅާ އަށް ނުވި އެ އްނުން.

    1
    1
 13. އަސްކޮ

  އަސްލު ޕްރެޒެންޓަރުންނަކަށްވެސް ނޭނގޭ ކިޔޭ ނުކިޔޭއެއް
  ނިމިދިޔަ ފަސް އަހަރު ޔާމިން ކުރި ނުބައި ނުލަފާ ކަންތަކުގެ ވާހަކަ ދައްކާނަމަ މާ ރގަޅުވީސް

  1
  8
 14. ކޮތަރުބިސް

  މިހާރުން މިހާރައް މަޑިސީލަ ޓީމު ދޫކޮށްލުމައް އެމްޑީއެން ހަމީދާއި ސަރުކާރައް ގޮވާލަން ހެހެހެހެ މަމިހެން ގޮވިކަމަކުން މިމީހުންހިތައް ކަހެރުވަކެކޭވެސް ނާރާނެ އެކަމަކު ގޮވައިފިންތާ

  5
  1
 15. ބިބީ

  މަޑިސީލަ މާނަ އަކީ ޤަ އުމުގެ އުފާވެރިކަން މީތިފޭރި ގަތީމަ ވަރަށް ކަޑަވާނެ

  5
  1
 16. ހުސޭނުބޭ

  އެހެން މީހުން އެއްޗެއް ބުނިއްޔާ ހަޖަމް ކިއެއްކުރަން.......... ކަރުބުޑުގައި ތާށިވިއްޔާ ތިވަނީ! ތިއީ އިންސާފޭ ހައްޤުތަކޭ ކިޔާ މީހުންގެ ހާލުހުރިގޮތް!

 17. ހަޖަމްކުރޭ

  ކަލޯ ދެން މިފަހަރު ކިތަންމެ އުނދަގޫވިޔަސް ހަޖަމްކޮއްލާ މަޑިސީލަޕްރޮގުރާމްވަރުގެ ޕްރޮގްރާމެއް އަދިމިހާތާކައް ނުފޮނުުވޭ އެއޮއް މަޑިސީލަ ބަހުންނަމަ އެއޮއްފަޅާފެޅުންތަކާ އެއޮއްގެނެސްދޭ އަޑީގެޚަބަރުތައް ނޫސްތަކުންވެސް ރައްޔިތުންނައްނޭންގޭޚަބުރތައްވެސް ހަމަބުނެވޭނީ މަޑިސީލަވަރުގެ ޕްރޮގްރާމެއްނެތޭ ސާބަސް މަޑިސީލަ

 18. އިބްރާ

  ޑިމޮކްރަސީއަކީ އެމްޑީޕީ. އެމްޑީޕީން މޮޑެފައިއޮތް ފުށްގަނޑެއް. ބޭނުން އެއްޗެއް އެއިންހެދިދާނެ.

 19. ކޭއެސްޓީ

  ކޮންތާކު އަރާތިބެގެން ހަދަނީ ރޯމުހުތާރު

  1
  1
 20. ޔާ

  މަޑިސީލަ ގްރުޕްގަތިބެނީ ހުސް މޭންސް އޭ

 21. ބީކޭކޭ

  ޢެމީހުން ހައްޔަރުކުރީ ނަމާދައް މިސްކިތުގަ ތިއްބަތަ؟

  1
  1
 22. ....

  ހޫ.. ދެން ކާ