ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ކުރިން އިންނެވިއިރު އެމްޑީޕީ އާއި އެއްކޮޅަށް ހުރިހާ ޙުކުމެއް ކުރެއްވި އަހުމަދު މުއުތަސިމް އަދުނާން އުއްތަމަ ފަނޑިޔާރު ކަމަށް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެމްޑީޕީ އަށް ތާއިދުކުރާ ސިޔާސީ އެކްޓިވިސްޓް ހުސްނުއް ސުއޫދު އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް ޞާލިހަށް ލަފާ އަރުވައިފިއެވެ.

ޖޭއެސްސީ އިން މިރޭ ވިދާޅުވީ އުއްތަމަފަނޑިޔާރުގެ މަގާމަށް މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަން ކުރުމަކީ އެކޮމިޝަނުން "ހައިލީ ރިކޮމެންޑް" ކުރާ ދެބޭފުޅުން ކަމަށެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް މުއުތަސިމް އަދުނާނު އައްޔަނުކުރުމަށާއި، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އައްޔަނުކުރުމަށް ޖޭއެސްސީގެ ލަފައަކަށް އެދި ރައީސް ޞާލިހް ފޮނުއްވީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.

ރައީސް ލަފައަށް އެދި ހުށަހެޅުއްވި ތިން ނަންފުޅުގެ ތެރެއިން ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާ ބެހޭ ޝަކުވާއެއް ލިބިފައިވާތީ އެ ޝަކުވާތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ރައީސް އަށް މަޝްވަރާ އަރުވާނެކަމަށް ޖޭއެސްސީން މިރޭ ވަނީ ވިދާޅުވެފައެވެ.

އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަ ކުރެވޭ ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވަން ރައީސް ނިންމެވުމުން ގިނަ ބައެއް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގާސިމް

    އެކްޓިވިސްޓް ސުއޫދަކީ މިފަހަރު ރިޔާސީ ކެމްޕޭނުގަވެސް އިކޮށް އުޅުނު ފަރާތެއް. އަދި ހިސާނު ކެމްޕޭނުގަ ރިއްފަތުއާއެކު ދޮން ޓީޝާޓުލައިގެން ބ. އަތޮޅުގަ ކެމްޕޭނުގަ އުޅުނު ފަރާތެއް. އެހެންވީމަ ހިސާނުއާއި ރިއްފަތުއާއި އިން ޖޭއެސްސީއަކުން ސޫދަށް ރުހުން ނުދޭނެ އެއްވެސް ސަބަބެއް ނެތް. ސޫދު ކުރި ކެމްޕޭނަކުން ވިއްޔާ ހިސަަނު ހޮވުނީ. އެކަމު މައްސަލައަކީ ރައީސް ޔާމީން ސަރުކާރުގަ ތަނަކަށް މީހަކު އައްޔަން ކުރަައިރަށް ޕީޕީއެމް އެކްޓިވިސްޓެކޭ ގޮވިމީހުން މިއަދު އެނޫން ގޮތެއް ދައްކަން އައިސް ވަށަފަރު އުނބައްޖަހާތަން ފެންނާތީވެ. ވަރަށް އިންސާފުވެރިކޮށް ހުކުމް ކުރެވޭނެ ހުސްނޫއަށް.

    22
    1
  2. ޚާލީ ހާތް

    ރައުފު އިސްތިއުފާ ދޭންވީ ކީއްވެ ކޮށްމެހެން ސުޕްރީމް ކޯޓް އަށް ނުދެވިގެންނޭ ސުޢޫދުއަށް ބެންޗުން ޖާގަ ދެވޭ އިރު، ތިމަންނާއަކަށް ނުދިނޭ ބުނާ ކަހަލަ ގޮތަކަށް ކަން ނުކުރޭ، ރައުފު އަށްވެސް އަދި ލިބޭނެ ރައުފު އަށްވެސް ބައި އެޅިގެން ދާނެ މިގައުމުގެ ޖުޑިޝަރީ އިޞްލާޙް ކުރުމުގެ ނަމުގައި މުޅި ޖުޑިޝަރީ ހަނާކޮށް ސިޔާސީ ވެއްޓަކަށް ބަދަލު ކޮށްލީ ރައުފުގެ ބޮޑު އެހީތެރިކަމެއް ލިބިގެން

    11
  3. ހުސެއިން

    ވަގުތު ނޫހުން އަބަދުވެސް ފިތުނަ އުފައްދާ ނޫހެއް ، ފަސާދަ އުފައްދާ ނޫހެއް މިކަން ހުއްޓުވަން ޖެހޭ!

  4. އަހްމަދު

    އެމްޑީޕީ ރަނގަޅީ އެހެންވީމާ. ކާންދޭމީހުން ދަންނާނެ . ކާންދޭ އަތުގައި ދަތެއް ނާޅާނެ. ފުއާދު ތައުފީގުވެސް އެހެރީ ގެނެސްފައެއްނު.

  5. މިގޭ

    މަމެން މިހާރު ޤަބޫލު ކޮށްފިން ފަނޑިޔާރުގެ އިސްލާހުވެއްޖެކަމަށް. ސުޢޫދަކި ސީދާ ޕާޓީގެ ހަރަކާތުގައި އުޅުވި ބޭފުޅެއް. އެހެންވެ.