ރައީސް މާއުމޫނަށް މަޢާފުކޮށްފައި، އަނެއްކާ އެކަން އަނބުރާ ގެންގޮސްފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މީގެ ކުރިން ވާނީ ރައީސް މައުމޫނަށް މަޢާފުކޮށްފައި ކަމަށެވެ. އެހެންނަމަވެސް މިހާރު އަނެއްކާ އަލުން އަނބުރާ އެކަން ގެނެސްފިން ކަމަށެވެ. އަދި މިހާރު މި މަސައްކަތްކުރަނީ އަނެއްކާވެސް ރައީސް މައުމޫނު ގޮވައިގެން ކޯޓަށްދާން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

"މަޢުމޫނަށް އަޅުގަނޑު މާފުކޮށްފަ އަނެއްކާ އަލުން އަނބުރާ އަޅުގަނޑު މި ގެނައީ... ކޯޓަށް މިދަނީ މަޢުމޫނު ގޮވައިގެން..." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް މައާފުކުރުމަށްފަހު އަލުން އަނބުރާ އެކަން ގެނައީ މައުމޫން އަނެއްކާ މާބާރަށް ރިފޯމްވާން އުޅޭތީ ކަމަށެވެ. އަދި މައުމޫން އަލުން ރިފޯމުވާން އުޅުމަކީ ޖޯކެއް ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫން ޖާބިރުގެ އަތުން ލާރި ކާލައިގެން ރިފޯމްވާން އުޅޭ ކަމަށެވެ. އަދި ރޮފޯމްވުމުގެ ކުރިން ޖާބިރުގެ ލާރި އަނބުރާ ދޭންވީ ނޫންތޯވެސް ޖާބިރު ވަނީ ސުވާލުކުރައްވާައެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ޖާބިރާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ދެމެދުވެސް އެއްވެސްް މައްސަލައެއް ނެތް ކަމަށާއި، ރައީސް ސޯލިހަކީ ވަރަށް ގާތް އެކުވެރި، ރަހުމަތްތެރި ބޭފުޅެއްް ކަމަށެވެ. ރައީސް ސޯލިހާއި ދެމެދު އޮތް ހަމައެކަނި މައްސަލައަކީ ނެރި ލާރިކޮޅު އަނބުރާ ނުދިނުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި އެ ލާރިކޮޅު ލިބުނީމާ އެއީ އެ މައްސަލަ ނިމުނީ ކަމަށް، ޖާބިރު ވަނީ ވިދާޅުވެފައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޖާބިރު ވަނީ ރައީސް މައުމޫން އަނބުރާ ދައްކަވާ ގޮތަށް ޖާބިރުގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ އިންޓްރެސްޓް އާއި އެކު 59 މިލިޔަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނަންގަވާފައެވެ. ޖާބިރު ވިދާޅުވީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މާފުކޮށްފައިވާ ކަމަށް ވެސް ޖާބިރު އޭރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. މަހޭޝް

  ބުނީމެއްނޫންތަ އެފައިސާ މާފް ކޮށްފީމޭ. މިހާރު ކީކޭ ތިކިޔަނީ.
  ޖާބިރޫ ހަމައިގަ ހުރެބަލަ.

  52
  3
 2. ސިދާތާގެ ބެޑްސީޓް

  އަޅެ މީ ހަމަ ޖެހޭ މީހެއްތަ ދިޔާވެސް ވެއްޖެނު މީނަގެ ރަގަޅު ޓެސްޓެއް ހަދަން މި މިހަބަރު ކިޔާފާ ހަމަ ހިނި އަންނަނީ ޖާބިރުގެ ބޮޔަކަމާއޭ

  39
  1
 3. ާަަޖަާބިރު

  ޢަހަރެން މިހުރީ މޮޔަވެފަ ައސްލުވެސް

  38
  1
 4. ސަލީމް

  މަންމަ ދުނިޔޭގަ އި އއިންދާ ބަ އްޕަ ކަންތަ އް ސާފުކުރޭ.

  39
  2
 5. ރޮނޑާ

  މަށައް ހަމަ ފެންނަކަމެއް ލޮލީ ވާހަކަ ދައްކަނީ ހަމައިގަ ހުރެގެންތޯ ބެލުމައް ޓެސްޓް ކުރުމައް. މީނަ މިހާރަކު ދައްކަނީކީ ބުއްދިސަލާމަތުން ހުރި ފިރިހެނަކު ދައްކާ ޒާތުގެ ވާހަކަ އެއްނޫން. މީނާހުރެ ދިރިތިބީންނައް ބޮޑު މުސާބާތަކައްވެއްޖެ.

  22
  2
 6. ކުޅޭޕެން

  ރައްޔެތުންގެލާރީގަ ދިވެހިދައުލަތައް ނުފޯރާވަރުގެ ބޮޑެމުސާރައެއް ނަގައިގެން މިމީހުން މަޖްލިހުގަ ޗަރުކޭސް ކުޅޭތަންމިފެންނަނީ. މިތަންބޮޑު ކުޅޭކުޅޭ ތަނަކައްހަދައިފި. މިތަނައްލާންފެނޭ ކުޑަކުދިން ކުޅޭ ޕާކްތަކުގަހުންނަ ތަކެތި. ޖާބިރު ކިޔާނެކަމެއްނެތް ދެންތިބި “ހޭޖެހޭ” މެމްބަރުންވެސް އެތިބެނީ ހެވިފަ. މިގޮތުން އެހެންމެމްބަރުން ބައިވެރިވަނީ މިކުޅުމުގަ.

  13
  1
 7. ހުސޭނުބޭ

  އޭތަ ޖާބެ! ކަލެޔަށް ކޭބަލް ކާރު އެޅުނަސް ކާފަ އަތުން ލޯ ލާރިއެއްވެސް ނުލިބޭނެ! ކާފަ ވަރުގެ މަކަރުވެރިޔަކު ނުހުންނާނެ! ކަލެޔަށް އަދި ކާފަގެ މަކަރުވެރިކަން ނޭގިގެން ތި އުޅެނީ!

  18
 8. ޕޮގުބާ

  އެޖެންޑާ 19 ނޫޅޭނެ ހަމަޖެހޭ އެކަކުވެސް

  18
 9. މޫސަ

  މަންމަ ބުނެގެންތަ އަނެ އްކާ ކޯޓަށް ދާން ތިޔަ ނިންމީ. މަންމަ ނުބުނޭތަ ރާ ނުބޯކަށް. ދިޔާނާ ވެސް ރުފިޔާ އާ ހެދި ހބލ ވެފަ ހުރިވަރުން މީނަ އާ އިނދެގެން އެ އުޅެނީ.

  20
 10. މަންމަ

  އެސޮރުއަތުން ފައިސާމަދުވީމަ އުޅޭގޮތްއެއީ. އެއީ މޮޔަކުއްޖެއް

  19
  1
 11. އައްޑޫ ޒަކީ

  ދިޔާނާ ކަލޭ ހަމަ ކެތްގަދަކަމުންތަ މި މޮޔަ އާ އިނދެގެން ތިއުޅެނީ.. ހެދި ގޮތަކަށް ހެދިގެން.. ވީ ހާލެއްގަވާކަށް ކަލޭ ކަހަލަ ކިޔަވައިގެންހުރި މީހަކު މިކަހަލަ މޮޔަ ޖާބިރަކާ އިނދެގެން އުޅޭނެކަމެއް ނެތޭ...... އަވަހަށް މިކަލޭގެ ކިބައިން ސަލާމަތްވާންވީ. ..

  21
  2
  • ނަސީދު

   ކޮންމެވެސް މީހަކު ހެޔޮނުވާނެ މިކޮމެންޓް ދިޔާނާ އަށް ދައްކަބަލަ. މީނަގެ ވާހަކަ އަޑު އަހާ މީހަކުވެސް މޮޔަވެދާނެ. އެއްދުވަހު ބުނާނެ ޔާމީނު ޖަަލަށް ލަށޭ ގެއަށްގޮސް ނިދާ ހޭލާފަ ބުނާނެ އޭނަ އެއީ މައުސޫމު މީހެކޭ..

 12. ސާމިޔާ

  ޖާބިރުގެ
  އިތުބާރުނެތްކަމުގެވޯޓެއްނަގަންފެނޭ!!

  3
  2
 13. ރެފްރީ

  ޖާއްބޭ .. ތިޔައީބިލިއަނަރުން އުޅޭފާޑެއްނޫނޭ !!

 14. ޝާހް، ރ.ވާދޫ

  ޖާބިރު ކަލޭ ހަމަތަ؟

  4
  2
 15. ޚަރުން

  ޖަބްސް އިޒް ސޯ ކިއުޓް.ލޮލް..ހޯނޑާދޫ ރަންނަބަޑޭރި އަންނި ޖަނގިޔާ ދޮވެދީ...

 16. ގާފަރު މީހާ

  ރައީސް ސޯލިހާއި ދެމެދު އޮތް ހަމައެކަނި މައްސަލައަކީ ނެރި ލާރިކޮޅު އަނބުރާ ނުދިނުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި އެ ލާރިކޮޅު ލިބުނީމާ އެއީ އެ މައްސަލަ ނިމުނީ ކަމަށް، ޖާބިރު ވަނީ ވިދާޅުވެފައެވެ.
  އަޅުގަނޑާއި ޖާބިރާއި ދެމެދުވެސް އޮތީ ހަމަ ތިކަހަލަ މައްސަލައެއް. އަޅުގަނޑުގެ ތިންމަހުގެ މުސާރަ ދެއްވީމަ މި މައްސަލަވެސް އެ ނިމުނީ. އޭރުން މަޢާފުކުރާނަން.

  7
  1
 17. ބަރުގޮނު

  ޖާބިރު.... ފުރަތަމަ ކަލޭ ރީފޯމްވޭ. ހޮޑައިފުށީ މަސްއަލަ އަދި ނުނިމެއެއްނު..؟؟ ޖާބިރަށް އަދަބު ލިބުނީ ކުޑަކަމުދާ އެއްޗެހި ޕޮލިހަށް ދޭން ދެކޮޅުހަދައި ނުދިން މަސްއަލައަށް. ހޮޑައިފުށީގައި ސަންސެޓްބަލައި މޮޅުފެން ބުއި މަސްއަލަ އަދި އޮންނާނެ. މަޖްލިސް ތަޅުމުގައި ވާހަކަ ދައްކައިގެން އެމަސްއަލަ " ވަޅުލައިގެން " ތިޔަހުރި ހުރުން ހުއްޓާލާ މަސްއަލަ ވަޅުން ނަގަން އުޅޭ. ޢިއްޒަތް ބޮޑުވެގެންވާ ޖޯކަރަކަށް ވުމަށްވުރެ އެގޮތް މާރަގަޅުވާނެ.

  2
  1
 18. ކޮތަރުބިސް

  އަމާބުނެގެން މާފުކޮށްފަ މިހާރު އަމާކީކޭ ބުނެގެން ތިއުޅެގަތީ

  2
  1