އިންފްލުއެންޒާ ޖެހިގެން އައިޖީއެމްއެޗް ގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވެފައި ވަނީ އިންފްލުއެންޒާއަށް ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

އިންފްލުއެންޒާ ޖެހިގެން ރޭ ނިޔާވެފައި ވަނީ މ. މުލީ މަރިޔާޒް، މުޙައްމަދު ރަފީޢު (51) އެވެ.

މި މީހާ ނިޔާވެފައި މިވަނީ، ރާއްޖޭގައި އިންފްލުއެންޒާ އިތުރުވަމުންދާތީ ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައި ވަނިކޮށެވެ.

އިންފްލުއެންޒާ ޖެހިގެން މީހެ ހަފްތާއެއްހައި ދުވަސް ކުރިން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކުވެސް ނިޔާވެފައި ވެއެވެ.

މި ދުވަސްވަރު އިންފްލުއެންޒާ ޖެހިގެން ރިޕޯޓު ކުރާ އަދަދު އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ. އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހުގެ ފުރަތަމަކޮޅު އިންފްލުއެންޒާގެ މިންވަރު ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަރު

    ކޮންމެ ދުވަހަކު މަރެއް ގޮތް ނޭގޭ މަރުތައް ވެސް އެހާ ގިނަ ގެއްލޭ މީހުންވެސް އެހާ ގިނަ މިދިޔަ މަހު ގެއްލުނު އަންހެން ކުއްޖާ ފެނިއްޖެބާ އަދިވެސް ވީގޮތެއް ނޭގޭ އަދި ސިމާ އަށް ވީގޮތްވެސް ނޭގޭ

    16
  2. މަހޭޝް

    ޝައްކު ނުކުރައްވާ އަދި ފަހުން ރަނގަޅުވާނެ. މިހާރު އަދި މިދަނީ ރަނގަޅަށް ނޫންކަން އަހަރަމެންނަށްވެސް އެނގޭ . ހާސްނުވޭ އަދި ފަހުން ރަނގަޅުވާނެ. ކެއްކޮށްލާ.

    12
    2
  3. އަހްމަދު

    ހެލްތު މިނިސްޓަރު ވިދާޅުވީ ކެއްކޮށްލާށޯ، އަންނައަހަރު އަލުން ދިރިގެން އަންނާނެޔޯ.

  4. އަލަކަ

    ހެލްތު މިނިސްޓަރު މިހާރުންމިހާރަށް އިސްތިއުފާ ދީފާ ގޮސް ރަށުގައި ގެޅި އޮވެބަލަ. އަނގައިން މޮޅުބަސް ބުނަނީ ހަރާމުންހަރާން ވާކަމެއް. ބައްޔެއްޖެހޭއިރަށް މީހާމަރު. އަދިވެސް އަނގަކޮފާފާ އެބުނަނިީ ކެއްކޮށްލާށޯ. މީ މިކަލޭގެ ރައްޔިތުންނަށް ކުރާ މަލާމާތެއް.

  5. ޖާޒީރާ ބޯއީ

    މ.މުލީ ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް ގަދަހުންޖެހި އޭނާއަށް ފަރުވާ ނުދެވިގެން ދިޔައިރުވެސް އެތަނުގައި ހުރި ޑޮކްޓަރުން އެމީހުންގެ ނާގާބިލް ކަން ހާމަކުރުމުގެ ބަދަލުގައި ރަގަޅުވަނީ އޭކިޔާލަކިޔާލާ އޮއްވާ އޭނާއަށް ނިއުމޯނިޔާޖެހި ފުރާނައަށް ނުރައްކާވި ހިސާބުން މާލެގެނެވި އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެނިކޮށްވަނީ ދުނިޔެއާއި އަލްވަދާއު ކިޔާފައި. ކޮބާތަ ރައްޔިތުންނާމެދު ހަމްދަރުދީވާ އެހީވާ ސަރުކާރު. ރައްފުށުގައި ދަސްކުރާ ޑޮކްޓަރުންލައިގެން ރައްޔިތުން ގުބޯހައްދުވަނީ.

    15
  6. ފޮޑަރުވަޒީރު

    ޝައްކު ނުކުރައްވާ! އިންފުލުއެންޒާއަށް ފަރުވާ ދެވޭކަށް ނެތް.

    1
    1
  7. ޚަރުން

    މީ. ޢަމީން ބުނާ ތަރަ އްގީ...ހަމަ މިހާރު އިސްތި އުފާ ދީފަ ބޮލި ހޮވަން ފަރަށްދޭ ކޮޔާ 2023 ބޮޑުތަނުން ބަލި ކުރާނަން..ހީވެސް ނުކުރާތި ކަލޭމެންނަށް ދިވެހި ނިކަމެތި ރަ އއްޔިތުންގެ ލޭ ބޮ އެގެން އުޅެވިދާނެޔޭ.....

    1
    1
  8. ބުނެބަލަ

    ޢިންފްލުއެންޒާ އެއީ ކިހިނެއްވާ ބައްޔެއްކަން ސާފު ކޮއްލަދިން ނަމަ ދޯ