ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިއްވާ ހުކުމެއް ތަންފީޒުކޮށް ނިމުމުން، ދައުލަތުން ދޭ އިނާޔަތާއި ރައްކާތެރިކަން ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހުށަހެޅި އިސްލާހު ފާސްވީ 58 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކުރިން އެ ގާނޫނުގައި ބުނެފައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެއެވެ.

އެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ކޮމެޓީން ވަނީ އިސްލާހު ކޮށްފައެވެ. އެގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ގެނައި އިސްލާހުގައިވާ ގޮތުން ރައީސްކަން ކޮށްފައިވާ ފަރާތަކަށް ޖިނާއީ ކުށެއް ސާބިތުވި ނަމަވެސް އެ ހުކުމް ތަންފީޒްކޮށް ނިމުމުން އިނާޔަތްތަކާއި ރައްކާތެރިކަން އަލުން ލިބެން ފަށާނެއެވެ.

އެ ގާނޫނު އިސްލާހުކޮށްފައިމިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފާއިޒު

    ތިހެން ކަމަށް ވާނަމަ އަންނިއަކަށްވެސް އެ އިނާޔަތެއް ނުލިބޭނެ ދޯ. އަދި މީގެ ކުރިން އަންނިއަށް ދިން އިނާޔަތުގެ އަގު ސަރުކާރަށް ދައްކަން ޖެހޭނެ.

    13
    2
  2. ރޮނޑާ

    ގޯހެއްނެތް. ޖަލުގައި އިން ރައީސް ކަން ކުރި މީހާއައް މިހާރުވެސް ގެންދަނީ ހާއްސަ އިނާޔަތާއި ރައްކާތެރިކަންދެމުން. މިހެންވީމަ ތާ ގިނަ މީހުން ރައީސް ކަން ބޭނުންވެގެން އުޅެނީ. ވައްކަމެއް ސާބިތުވެ ހުކުމެއް ތަންފީޒު ކުރާ އިރު ހާއްސަ އިނާޔަތް ލިބޭ ..ހުކުމެއް ތަންފީޒުވެ ނިމުނީމަވެސް ހާއްސަ އިނާޔަތް. ރައީސް މީހާ އައް.. ކެރުނު ވަރަކުން ވައްކަން ކުރަން ހިތްވަރު ދޭ ގާނޫނެއްތާ. ފާސްކުރަނީ. ކަލޭމެން އެކަކުވެސް ރައީސައް ވަގައްނުގޮވާތި. ވައްކަން ކުރީމަ އިސްލާމީ ޝަރީ އަތް ގާއިމު ކުރުވާ ކައް އުޅޭ އެކަކުވެސް ނުހުރޭ. ވައްކަމުގައި ބައިވެރި ވީމީހުން އެއްލަވަ ޔަކައް ކިޔަނީ ނުހައްގުން އަނިޔާކުރީޔޭ. ނުހައްގުންނޭ. މި ގައުމުގެ ގިނަ މީހުންގެ ހާލަކީ ނަމުން އިސްލާމް ކަން ހެއު ކޮންމެ ގޮތަކައް ކުރިޔަސް. ލޮލައް ނުފެންނައް ފަރާތް ދެކެ ބިރު ގަންނަ އެއްމެ ސޮރެއްވެސް މީގެ ތެރެ ޔަކު ހުރި ހެނެއް ހީ އެއްނުވޭ.
    ނަންވާނީ ސަދޫމު.ބޮޑު މީހާ އައް ބޮޑު ވައްކަން ކުޑަ މީހާ އައް ކުޑަ ވައްކަން.

    1
    9
  3. ކަމަނަ

    ބަގުޑި އަންނި ބަގުޑިބަދެގެން ދުބާއީއަށްދޭ ހަޔާތްކުޑަކަލޭގެ.

    18
    1
    • ޙރ

      ކަޑަވޭދޯ

      4
      6
  4. Anonymous

    ޙުކުމް ތަންފީޛްކޮށް ނިމުމުން އިނާޔަތްތައް ލިބެންޏާ އަންނިއަށް ލިބިގެން ނުވާނެ. އޭނާހުރީ ޙުކުމަށް ފިލައިގެންގޮސް ގޮނޑި ދުއްވަން. އެދުވަސް ތަކުގައި އޭނާގެ މައްޗަށް އިއްވާފައިވާ ޙުކުމް ބާޠިލުކޮށްފައި ނުވޭ. ވީމާ އެދުވަސްތަކުގައި އަންނި ޖަލުގައި ހުންނަން ޖެހޭނެ. އަދި ސަރުކާރުން އަންނަން ބުނުމުން ޙާޟިރުނުވެފައިވާ މައްސަލާގައި އަމުރަށް ނުކިޔަމަންތެރިވި ކުށުގެ ދަޢުވާވެސް އުފުލަންޖެހޭނެ.

    10
  5. ޢަބްދުއްލަޠީފު

    މައްސަލަ ސާބިތެއްނުވޭ. ސާބިތު ކުރީ. ވަގުތުނޫސް ވެސް ދެބަންދިހާރަވެފަ. އަނިޔާވެރި ގާޟީއެއްގެ އަނިޔާވެރި ނިއްމުން.

  6. ޓިނު

    ކިހާރަގަޅު ؟