ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހްމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި އޭނާ މަގާމުން ވަކި ކުރަން ފެންނަކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ހައިލަމް މަގާމުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން މަޖިލީހަށް ފޮނުވީ ރޭގެ ވަގުތެއްގައެވެ.
ޖޭއެސްސީއިން ރޭ ވިދާޅުވީ ހައިލަމް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފުވެ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލެއް ކޮށްފިކަމަށް ޖޭއެސްސީއަށް އިއްތިފާޤުވެވިފައިވާ ކަމަށެވެ.
ހައިލަމްގެ މައްޗަށް ސާބިތުވެފައިވާ ކަންތައްތަކަކީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް ކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.
އެހެންކަމުން އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ޖޭއެސްސީ އިން ނިންމީ ކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.
ހައިލަމް މަގާމުން ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމިއިރު، އެ މައްސަލައާ މެދު ވަކިގޮތެއް ނިންމަން މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ޙުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑް ކުރީ ރައީސް ޞާލިހާއި ރައީސް ނަޝީދު ސިފަވާގޮތައް ކުރަހާފައިވާ ކާޓޫނެއްގެ ފޮޓޯ ކްރިމިނަލް ކޯޓުގެ މުވައްޒަފުން ހިމެނޭ ވައިބާ ގްރޫޕެއްގައި ޝެއާ ކުރުމުންނެވެ.
އެމައްސަލަ ބެލުމަށް ޖޭއެސްސީ އިން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އޭނާ ވަނީ ސަސްޕެންޑް ކޮށްފައެވެ.
ﷲ ގެކޯފާއެއް އައުމުގެ އަލާމާތް ތަކުގެ ތެރޭ ހިމެނޭ ކަންތައް މިހާރު މިފެންނަނީ
ރައްޔިތުންނޭވެ ވިސްނާ ހޭއަރާށެވެ، މިއުޅޭ ލާދީނީ ކުދިންކޮޅުގެ ބޭނުމަކީ މިގައުމުގައި ތިބިއްޔާތިބި ދީނީ އިލްމުވެރިންނާއި މިމީހުނަށް ސަނާނުކިޔާ ގާޒީންނާއި މިބައިގަނޑާއި ބައިޔަތުނުހިފާ އިދިކޮޅު ލީޑަރުންއ ހައްޔަރުކުރުމާއި މަގާމުތަކުން ދުރުކުރުމާއި އެބަޔަކަށް ޖެއްސުންކުރުމަށެވެ. އެހެނީ މިބައިގަނޑު ފަތުރާން މިއުޅޭ ލާދީނީ ފިކުރަށް ފަސޭހައިން ޖާގަ ހޯދުމަށެވެ.
މަބުނީ ދޮގެއް، ހައިލްމް އަށްއޭރުވެސް އޮތީ ރައީސް ޔާމިނަށް ހުކުމް އިއްވިޔަސް ނީއްވިޔަސް މަރު.
ތީހަމަ ޔަގީންވާކަމެ އްތި ީމީހުން ބޭނުންވެގެން ދުރަށްލީވެސް ކަމަކާ ނުލާ ބަންދުކުރީ ދެންހަމަ ބުނާހާ ބަހަކަށް ނުހެ އްލޭނެ ހެން ހީވަންޏާ ޔަގީންކަމެ އް ވަކިކުރާނެކަން..އެ ސޯލިހުބުނާ ގޮތަކަށް ކަންތަ އް ކުރާނެ މީހުން ލާނީ..މިޔަރު އެހެންހެދިދާނެ އަދިވެސް ދުވަހެއް އަންނާނެ އިންޝާﷲ
އައްޔާ! ހުރިހާ އެންމެންގެ ކަރުގަ ވާޖަހާފަވާ ފޮޓޯފޮނުވިވެސް އިބޫސޯލިހު ބުނެގެންތަ ؟
ވަކި ފަރާތަކަށް ނުޖެހި ހުރި ރައްޔިތެއްގެ ހައިސިއްޔަތުން ހައިލަމަށް ގޮވައިލަނީ ޔާމީނަށް ޙުކުމްކުރުމަށް މަނިކުފާނަށް ނުފޫޒު ފޯރުވި މި ސަރުކާރުގެ މީހުންގެ ނަންތައް ހެއްކާއެކު ޢާއްމުކުރެއްވުމާއެކު އެމީހުން ބޭޒާރުކޮށްދެއްވާށެވެ.
ރާއީސްޔާމީނަށް ނުހައްގުން ހުކުމްކުރުމަށް ނުފޫޒު ފޯރުވި ހުރިހާއެންމެން ޖަލަށްލާ ހައްގު އަދަބު އެމީހުންނަށް ދޭންޖެހޭނެ ﷲގެ ވާގިފުޅާއި އެކު އެމީހުން ..........hoadeyne
ވައިބާއަށް ލީ ފޮޓޮއެއްގެ ސަބަބުންތަ ތި ހުރިހާ ކަމެއް ތި ވީ..؟ އެހެންވިއްޔާ އަދި ވަރަށް ބޮޑު މައްސަލައަކަށް ވާވަރުގެ ވީޑިއޯ ކްލިޕް ތަކެއް ވެއްޖެ.. ލީކު ވިޔަސް މާ ބޮޑު ކަމަކަށް ނުވެދާނެ ރީނދޫ ވީމަ
ސެލިއުޓްރުރަން އެފޮޓޯ ހައިލަމް ލީތީވެ ހައިލަމް އައް
ޙަމަ އައްސަރި ބަހާސާބަސް ހައިލަމް
ކެނެޜިގޭދާއްބަގެ ތިޔަފަދަ ކާޓޫނެއް ނެރެދެއްވިކަމައްޓަކާ ފައްފަށުން ސުކުރިއްޔާ ހައިލަމްތީ މިދިވެހިފަސްގަނދުގެ އަގުހުރި ކެރޭ ދަރިއެއް އަދިވެސް ހަމަ ސާބަސް
ހައިލަމް އެއްގޮތަކައްވެސް ދެރަވެ ކަންބޮޑުވެ ނުލައްވާތި މާދަން މާރަންގަޅިވާނެ އިރާދަ ކުރެއްވިއްޔާ
ޔާ ﷲ މިނުބައި ނުލަފާ ޖާހިލުވެރިކަން ވޭންދެނިވި އަޒާބަކާއެކީ ނިންމަވާދެއްވާދޭ.
ަ. އާމީން