ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރު ވެރިކަމަށް އައީ ނިމިދިޔަ ރިޔާސީ އިންތިޚާބު "ވަގަށް ނަގައިގެން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސް އާ ބެހޭ ބިލާ ބެހޭގޮތުން ބަހުސް ކުރައްވަން މިއަދުގެ މަޖިލިސް ޖަލްސާގައި ހުޅުވާލި ފުރުސަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، ސައީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ވެސް ވައްކަން ކުރައްވައިގެން ކަމަށާއި، ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފޭރިގަތްފަ އޮތް އިންތިޚާބަކުން، ވަގަށް ނެގި އިންތިޚާބަކުން މި ސަރުކާރު އައީ." ސައީދު ވިދާޅުވިއެވެ.

ސައީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި މަޖިލިސް ރައީސް، ރައީސް ނަޝީދު އެއްސެވީ، "އިއްޒަތްތެރި މެމްބަރު ތިޔަ ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިޚާބުގެ ވާހަކަފުޅުތޯ؟"

ސައީދު އޭނާގެ ވާހަކަތައް ތިލަކޮށްދެއްވަމުން، ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބު ގެންނަން ކޯޓުތަކަށް ނުފޫޒު ފޯރުވި ގޮތް ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ މީހުންނަށްވެސް އެނގޭނެ ކަމަށެވެ. އިންތިޚާބުން ރައީސް ޞާލިހު ކުރި ހޯއްދެވީ ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.

"އިއްޒަތްތެރި ރައީސް، އަޅުގަނޑު މިދަންނަވަނީ 2018 ގައި އިއްޒަތްތެރި ރައީސް އާއި، ރައީސް ޞާލިހު އާއި، އަދި ކޯލިޝަނުގެ ބައެއް މެމްބަރުން ކަމަށް ހެދިގެން މިތާނގައި މަސައްކަތް ކުރައްވާ ބައެއް މެމްބަރުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ މި ސަރުކާރު އައި ގޮތާއި، މި ސަރުކާރު އައުމަށްޓަކައި ކޯޓުތަކަށް ނުފޫޒު ފޯރުވިގޮތް." ސައީދު ވިދާޅުވިއެވެ.

މުހައްމަދު ސަޢީދު ވިދާޅުވީ ރައީސް ނަޝީދު ތެދުވެ ވަޑައިގަތީ ދިވެހިރާއްޖޭގެ ކުރީގައި އޮތް ސިޔާސީ ނިޒާމާ ދެކޮޅަށް ކަމުގައިވަނީ ނަމަ ރައީސް ޔާމީން މިހާރުން މިހާރަށް ދޫކޮށްލައްވަން ޖެހޭ ކަމަށެވެ. ރައީސް ޔާމީން ޖަލަށް ލާފައިވަނީ ސީދާ ނުފޫޒު ފޯރުވައިގެން ކަމަށް ސަޢީދު ތަކުރާރުކޮށް ވިދާޅުވިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި އިދިކޮޅު ބައެއް މެމްބަރުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި، މަޖިލިސް ތަޅުމުގައި ކެނޑިނޭޅި އަޑުގަދަކުރައްވާފައެވެ.

ދަޢުލަތުގެ ފަރާތުން ރައީސް ޔާމީނާ ދެކޮޅަށް އުފުލި މަނީ ލޯންޑްރިންގެ ދަޢުވާއެއް ސާބިތުވުމާ ގުޅިގެން އެމަނިކުފާނު 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ޖަލު ޙުކުމާއެކު، ރައީސް ޔާމީން 5 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވެއެވެ. ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ކްރިމިނަލް ކޯޓުން ނެރުނު އެ ޙުކުމް، އިއްޔެ ހައި ކޯޓުގައި އިސްތިޢުނާފް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ސައީދު ކުރީގެ ބެސްޓީ

  ސައީދޫ މައަބަދުވެސް ބުނަމެއްނު ވަގުނައްހީވާނޭ އެއްމެނަކީވެސް ވަގުންނޭ.

  13
  19
 2. ރީކް

  ދެން ޓްވީޓް ކުރައްވާނޭ އެއްޗެއް ނެތީ ތޯ؟

  8
  12
 3. ޚަރުން

  ސައީދު ސާބަހޭ.....🕺

  22
  8
 4. އަލްޖިބްރާ

  ވެރިކަން ނުލިބުނީމަ އެހެމީހުންނަށް ބަވާނެކަމެއް ނެތް ! ކަލޭމެން ވެރިކަމަށް އައީ ކިތަށްފަހަރު ވޯޓުކެންސަލްކޮށްގެން ކަން މީހާރު ހަދާނެއް ނެތް ! އެހެންނު ؟ ވެގެންތިއުޅޭގޮތަކީ ތިޔައެންމެނާ ހަމައަށް ޤާނުނު އަރާ ހަމަކުރާތީ މަރަށް ތެޅޭމުން ވެސް އެހެންމީހުނާއި ދިމާލަށް ގާގަޑެއް އެއްލޭތޯ ބަލަނީ ! ކޮބާތަ ދުވަމުން ފުމެމުން ދިޔަ ވޯޓު ފާހަގަތަށް ؟ ކަލޭމެންގެ ލަދު ހަޔާތް ކޮބާތަ ؟ ކަލޭމެންގެ އެންމެން ބައިތިއްބައިގެންވެސް ވޯޓުން ވައްކަން ނުކުރެވުނީމަ ގޯސްވަނީ އެހެންމީހުންތަ ؟ ތިޔަ ވަގަށްް ގޮވަނީ މުޅިދިވެހިރައްޔިތުން ނަށް ! އެކަން ހަދާން ބަހައްޓާތި ! ދުވަހެއްގެ ކޮޅުންވެސް ވޯޓެއް ހޯދަން ދިވެހި ރައްޔިތެއް ގާތަށް ( ކަލޭމެންގެ ބައިގަޑު ފިޔަވާ ) ނާންނާތި !

  15
  24
 5. ރޮނޑާ

  ސައީދު. ކަލޭމެނައް އަދިވެސް ހީވަނީތަ ޔާމީނު ސަލާމަތްވީމަ ބައިވަރު ކާންލިބިދާނެހެން. ޔާމީން އަތުގަ ހުރި އެއްޗަކުން ވެސް ދެންއިތުރަކައް ލޯލާރިއެއްވެސް ތެއިންމީހަކައް ނުލިބޭނެ .އިންތިހާބުގަ ފާތުމާ އައް އޮޅުވައިގެން ޔާމީން ގެ ފައިސާ ކޮޅު ބަނޑު އަޅާ ޔާމީނުގެ ދުވަސް ދުއްވާލި ގުރޫޕް. ޔާމީން ޖަލައްލައިގެން ކަލޭމެން ތިބެނީ ގޭމު ޖައްސައިވެން. ކަލޭ އާއި އަދުރޭ ތިޖަހާ ސަކަރާތް ޕީޕީ އެމް ކުދިންނައް އޮޅިގެނެއް ނޫޅޭ.

  13
  20
 6. ހަސަދު

  ސައީދޫ ތަންދޮރު ދަންނަ މީހުން މީހަކު ހިށްހަމަ ޖައްސަން ކޮސް ގޮވަންޏާ ދެނަ ހަމަ ޔަގީނުން އެއްވެސް ވަޒީފާ އަކަށް ޝަރުތު ހަމަ އެއް ނުވޭ. އިންތިޚާބެއް ވަގެއް ނެގޭނެ އެއްވެސް ގޮތެއް މިސިސްޓަމް އަކު ނެތް. ފާރަވެރިން ވަރަށް ގިން. ދެން ވެއްޓޭ ވޯޓު، މިއީ އަދި މިހާތަނަށް ނެތް ޓެކްނޮލޮޖީ. ސައީދު މިހާރު ރަނގަޅު ސިކުޑީގެ ޓެސްޓެއް ހަދާލަން.

  8
  13
 7. ރޮނޑާ

  ވައްކަން ކުރީތީ ރައިއްޔަތުން ކަލޭމެންނައް ބުނީ.ނޫނެކޭ. ވައްކަން ކުރުމަކީ ކަލޭމެންނަ މައްސަލައެއްތަ؟ ތި ތެޅި ބާލަނީ ވައްކަންކުރާނެ ފުރުސަތު ހަނިވީމަ.ދެންފުރުސަތެއްލިބުނަސް ކަލޭމެންނުރާނީ ވައްކަން.ލިބުނު ފަސްއަހަރު ކަލޭމެން ދަސްކުރީ ވައްކަންކުރަން. .. .. ވޯޓެއްދީގެން ކަލޭމެންހޮވާނީ މޮޔައިން...ގައުމައް އުފަންވި ވަގުން ހޯދަން ފުލުހުންނައް ވަރައް ފަސޭހަވާނެ.ހުރިހާ ވަގުން ގެ މައި ވަގު ޖަލުންނުނެރެވިގެން ތިއޮއްގެން ޝަހީދުވަނީ.. ހަމަ ތެޅި ތެޅި ތިބެންޖެހޭނީ. . މަޖުލިހުގައި އަޑު ގަދަކުރަން ތިބީ ތިން މީހުން. . ނަޝީދައްވީމަ ކަލޭމެން ތި ން މީހުންނައް ފުރުސަތު ދީގެން ކުޅިބަލަން އިނީ. . . އެވެސް ކަލޭމެންނައް އެެްޗެއް ވިސްނޭތޯ . ކަލޭމެންރޭކުރަން ވެގެން. ދޫދީގެން އިނީ.

  8
  9
 8. ކަމަނަ

  ވޯޓުވަގަށްް ނެގީ ހޮވުނީ ރައީސްޔާމީން ވޯޓުއޮޅުވާލުމަށް ދިންފައިސާގެ ތަހުގީގު މިފަސްއަހަރުު ނިމުމުން އިލެކުސަނާ ދެކޮަޅަށް އަންނަސަރުކާރުން ކުރާނެ މީގެތެރޭގައި އެންމެބޮޑު ހިޔާނާތް ކަމުގައިވާ ޖީއެމްއާރު މައްސަލަ ވެސް ތަހުގީގުކުރާނެ މިއީ އެންމެބޮޑު ކަރަޕުސަން ..

  3
  2
 9. ޒާ

  އެއްވެސް ޝައްކެތް ނެތް މިންވަރަށް އެއީ ވަގަށް ނެގި ވަގަށް ނަގަން ތިމަރަ އީޒީ ސަރީފޫ ދިން އިންތިޚާބެއް.

 10. އިހުސާނާ

  ޔާމީނު ދޫ ކޮށްލެވިގެން ވާނެ ކަމަކަށް ނުދެކެން ހުކުމް ގެ ބާކީ އެންމެ ދުވަހެއް އޮއްވާވެސް! އަސްލު މިހާރު ކޮށްފަ އޮތް ފަސް އަހަރުދުވަހުގެ ހުކުމްވެސް ކުޑަ، އެއީ ރައީސަކަށް ހުރި މީހަކު ކޮށްގެން ނުވާނެ ކަމެއް ކުރީމަ، ހަޤީޤަތުގެ ލިބެންޖެހޭނީ އެ ކުރި ކުށަކަށް ކަނޑައަޅާފަ އޮންނަ އެންމެ ބޮޑު އަދަބު! އެއީ އެހެން މީހުންނަށް އިބްރަތަކަށްޓަކައިވެސް މެ! ކުރީ ހަޤީޤަތުގަ ވައްކަން ދޯ، މަނީ ލޯންޑަރިންގ އޭ ކިޔައިގެން ރީތި ނަމެއް ކިޔަސް! އެހެން ވީމަ އެއްވެސް ލުޔެއް ދެވިގެންނެއް ނުވާނެ! ސާއީދުމެންނަށް އެނގެންޖެހޭނެ ނިކަން ރަގަޅަށް މި ކަންކަން!

 11. ޢިކުރާމު..

  ޥަގަކައް ހާ ސްދުވަ ސް ވެރިޔަކައް އެއްދުވަ ސް ޔާމިނު ގެނިމުން އައީ މިގޮތައް