ބަލިވެއިނދެ ވިހޭ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ އާއި އޭނާ ވިހެއި ދަރިފުޅުގެ އިތުރުން، އެ އާއިލާގެ ހިމެނޭ އެހެން ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ އާއިލާއެއްގެ ހަތް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލާގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެއާއިލާގައި ހިމެނޭ ހަ ކުދިންނާއި އަދި އުުމުރުން 13 އަހަރުގެ ކުއްޖާ ވިހޭދަރިފުޅު ހިމެނޭގޮތަށް އެއާއިލާއަށް ނިސްބަތްވާ ހަތްކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.

އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެ ކުދިންނަށް އިހުމާލުވެ، އެކުދިން ތައުލީމުން މަހުރޫމް ކޮށްފައިވާ މައްސަލަ އާއި އަދި އެއާއިލާގައި ހިމެނޭ ކުއްޖަކު ބަލިވެއިނދެ ދަރިއަކު ވިހާފައިވާ މައްސަލައިގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިތުރަށް ފުލުހުން ވިދާޅުވީ، ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ އެއް އާއިލާއެއްގެ ކުދިންތަކަކަށް އެކުދިންގެ މައިންބަފައިން އިހުމާލުވެ އެކުދިންނަށް ވެކްސިން ނުދީ ތައުލީމުން މަހުރޫމް ކޮށްފައިވާ ކަމަށާއި، އެއާއިލާގެ ކުއްޖަކު ބަލިވެއިނދެ ދަރިއަކު ވިހާފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ 13 އަހަރުގެ ކުއްޖާއާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި މިހާރު ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިސްމާއިލް ހައްމާދު، 26އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ، ލަނޑާނަގާ ދޯންޏެއްގެ ތެރޭގައި ހިނގާދިޔަ މާރާމާރީއަކަށްފަހު، ލިބުނު ޒަަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ދޫކޮށްލުމުންނެވެ.

ފުލުހުން ވިދާޅުވީ، އެކުދިންނާއި މެދު އިހުމާލުވެފައިވާ މައްސަލަ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ކާޅުކެއަސް ސޮއްނުގޮވާ

  ނިކަން ބާރަށް ޖެންޑަރ އަށް ކުދިންނަގާ ވާހަކަ ބުނާނެ. ޢެންމެ ފަހުން ޖެންޑަރ އަށް ނެގިކަަމަށް ބުނާ ކުދިން ތިބީ ވެސް އަނިޔާކުރި މީހާގެ ބެލުމުގެ ދަށުގަ. ދެން ކޮންތާކު މިޖެހުނީ؟؟

  28
  11
 2. ސަޒަން

  ކީކޭބުނާނީ މިބައިގަނޑު މިއުޅެނީ ހަމަ ރަސޫލާގެ ސުންނަތައްތަ؟ އެއްގޮިތަކަށްވެސް ދީނީވުމަކަށް މިމީހުންއުޅޭގޮތް ނުވާނެކަން ކަށަވަރު ހަމަ ކުޑަކުދިން ފެޅުންނޫން އެއްޗެއް މިއަކަށް ނުކިޔޭނެ .... މިއީ ދުނިޔެ ފަސާދަކޮށް ފިތުނަ އެފައްދާ ބައެއް....

  31
  30
 3. ބުނަން

  ކަލޭމެންނަށް ތިކަމަށް ރައްދު ދޭހުށީމެވެ.
  ﷲ ގެ ރަހުމަތާއެކު ސަރުކާރަށް ހޭ ހަދާނެ ބަޔަކު އަންނަ ހުއްޓެވެ .

  28
  1
 4. Anonymous

  ކޮން ރައްކާތެރި މާހައުލެއް ކަލޭމެނައް ދެއްކުނީ. ޙިޔާގަ ތިބޭ ކުދީންނައް ލިޔަން ކިޔަން ދީނުގެ އެއްވެސް ކަމެއް އަޚްލާގެއް އެނގެނީކީ ނޫން. މީތަ ރައްކާތރި މާހައުލު ހޯދަ ދޭ ގޮތަކީ. ޢެކުދީންނައް ނަފްސާނީ އަދި ޖިސްމާނީ އަނިޔާވެސް ދެނީ

  30
  1
 5. جندالله

  ޝަރުޢީ ހަމަތަކުން ކައިވެނީގެ ރުކުންތައް ހަމަ ވެގެެން ކުރާ ކައިވެނި އެއީ ކޯޓުގަ ވިޔަސް މޫދުގަ ވިޔަސް ކައިވެނި ވާނީ ހަމަ ކައިވެނި އަށް.
  ﷲ ޙަޒުރަތުގަ އެ އަޚާ އަދި އެ އުޚުތާ އަށް ވެސް އިންޝާﷲ ހުރީ ރަޙުމަތް.

 6. އަހުމަދު

  ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮއްފައިވޭ އިސްލާމީ ޝަރީޢަތާއި ތަޢާރުޒްވާ ޤާނޫނެއް ނުވަތަ ޤާނޫނުން ބަޔެއްވެސް ވާނީ ބބބާތިލް އެއްޗެއް ކަމަށޭ. އިސްލާމީ ޝަރީޢަތުގައި މީހަކު ބާލިޣު ވީމަ އެ ކައިވެނި ކުރެވޭ އުމުރު ފެށުނީ. ބޮޑުވީ. ކުރުމާ ނުކުރުން އަދި އެއީ މުޅިން އެހެން ކަމެއް. ބުނަން މިއުޅެނީ އަތުން ހަދާފައި އެއޮތް އެތިގަނޑުގަ ކައިވެނިކުރެވޭނީ 18 އަހަރުވީމައޭ އޮތުމުން ޝަރީޢަތާއި ތަޢާރުޒްވީ. ވީމާ ތިޔަ ކައިވެނީގެ ޤާނޫނަކީ ބާތިލު ޤާނޫނެކޭ މި ބުނަނީ އަޅުގަނޑެއް ނޫން ޤާނޫނު އަސާސީ ބުނަނީ....ބޭކާރު ޤާނޫނު އަސާސީ އެއް.......އައްޗީ

  12
 7. މަސާޖުޕާލާ ލޭޑީ

  ސޭހުން ބުނަނީ ބާލިގުވީމަ އިދެވޭނޭ ނުވައަހަރުގަވެސް

 8. ހަމަ ބުނެލީ

  ހިޔާގަ ތިބެ ބަލިވެއިންނަ ކުދިންގެ ވާހަކަ ދައްކަބަލަ !! ކަލޭމޭން ކައިރީގަ ހުރެ ބަލިވެ އިންނަނީ ވަރަށް ރައްކާތެރިކަން ދެވޭތީނު ދޯ!

 9. ދިވެހިސޮރު

  ''13 އަހަރު ކުއްޖާއާއި އޭނާގެ ދަރިފުޅުވެސް ދައުލަތަށް ނަގައިފި''
  ހީވަނީ ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން އުޅޭހެން ....ސުރުޚީ ކިޔާލީމަ އަޅެ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ވާހަކަ ލިޔެލިނަމަ ދޯ