އެލްއެސްޑީ ހިމެނޭހެން ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފިއެވެ.

ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މި ތަކެތި އަތުލައިގެންފައި ވަނީ ކަސްޓަމްސް އިންނެވެ.

ޕާރުސަލްތައް ބަލާ ފާސްކުރުމުގެ ތެރޭގައި މި ތަކެތި އަތުލައިގެންފައި ވަނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.

އަތުލައިގެންފައިވާ ތަކެތީގެ ތެރޭގައި އެމްޑީއެމްއޭ (އެކްސްޓަސީ) ނެދަލޭންޑުގެ 11 ގުޅަ އާއި، ގްރޭޓް އެލްއެސްޑީ (ބްރިޓެއިން)ގެ 100 ސްޓޭމްޕާއި، އެމްޑީއެމްއޭ (ގްރޭޓް ބްރިޓަން ކްރިސްޓަލް)ގެ 58 ގްރާމުގެ އިތުރުން، ޔުނައިޓެޑު އެމްފެޓަމިން ކިންގްޑަމް (ޕައުޑަރު) ގެ 32 ގްރާމް ހިމެނެއެވެ.

މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 131 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 278,000 (ދެލައްކަ ހަތްދިހަ އަށްހާސް) ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި މައްސަލާގައި އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައި ކަމަށް ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.

ޕޯސްޓުގެ ޒަރިއްޔާ އިން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން ބައެއް މީހުން މަސައްކަތް ކުރި ނަމަވެސް، މީގެ ކުރިންވެސް ކަސްޓަމްސް އިން ވަނީ އެތައް ފަހަރެއްގެ މަތިން މިފަދަ ޕާރެސަލްތައް އަތުލައިގެންފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަޑޫ

    ތަކެތި ގެނައި މީހާ ގެ ނަން އޮންނަނެތާ

    28
  2. ހުސޭނު

    ގުޑް ޖޮބް ކަސްޓަމްސް!

    11
    3
  3. ރަސް

    ނަމެެ އްނުކިޔަަަަ އަދި

    12
  4. އަންނި

    ފުލުހުން ތިޔައުޅެނީ ކުރާނެ ކަމެއް ނެތިގެންތަ؟ ތިޔަކަމަށް ދަޢުލަތުން ކިހާ ފައިސާއެއްތަ ތިޔަ ބޭކާރުކުރީ.

    9
    2
  5. ޖެންޑާ 19

    ބޮވެންވާނެ! ބޯންޖެހޭނެ! ޕާޓީ ހާޑް! ލައިފް އިސް ޝޯޓް އިންޖޯއީ އިޓް! މިއީ އެޖެންޑަރ 19ގެ ޝިއާރު.

    14
    2
  6. ޖަޒީރާ

    ޖަޒީރާ ޑްރަގްސް!

    9
    1
  7. ހަސަންއެކްސްޕްރެސް

    މިއީ 'އަބަދަކު ހަމަޔަކު ތިބޭކަށް ނުޖެހޭނެ' ޕާރޓީގެ ކުދިން ކޮޅު ގެނައި ޝިޕްމަންޓެއް ކަމަށް ލަފާ ކުރެވެނީ