ދިވެހި އަންހެނުން ކުރި މަސައްކަތުން އެތައް ކަމެއް މިއަދު ހާސިލުކޮށްފައިވާ ނަމަވެސް އަދިވެސް އަންހެނުންނަށް ހައްގު މިންވަރު ލިބިފައި ނުވާ ކަމަށާއި އަންހެނުންނަށް ފުރިހަމަ އިސްކޮޅަށް ތެދުވެވޭ ވަރެއް ނުވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ ބްރިޓިޝް ހައިކޮމިޝަން އާއި ވިމެން އެންޑް ޑިމޮކްރެސީ ޖަމިއްޔާ ގުޅިިގެން އުފެއްދި ޖިންސީ ހަމަހަމަކަމުގެ މެނިފެސްޓޯ ނުވަތަ "ޖެންޑާ އިކުއަލިޓީ މެނިފެސްޓޯ 2018" ނެރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިޔާނާ ވިދާާޅުވީ ޖެންޑާ އިކުއަލިޓީ މެނިފެސްޓޯގައި ހިމެނިފައިވާ ޕްލެޖްތަކަކީ ވަރަށް ފުރިހަމަ ޕްލެޖްތަކެއް ކަމަށެވެ. އަދި އެ މެނިފެސްޓޯގައިވާ ކަންކަން ފުރިހަމައަށް ކުރެވެން ފެށުމުން ދެ ޖިންސުގެ ހަމަހަމަކަން ގެނައުމުގެ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިހުޒަމާނުގައި އަންހެނުން އުޅެން ޖެހޭ ތަނަކީ ގޭގެ ހަތަރު ފާރު ކަމަށް ވިސްނިފައި އޮތް ނަމަވެސް އެ ހަތަރު ފާރު ފަހަނަ އަޅައި މިއަދު އަންހެނުން މަގުމައްޗަށް ނިކުންނަން ފަށާފައިވާ ކަމަށް ދިޔާނާާ ވިދާޅުވިއެވެ. އަދި އަންހެނުންގެ ގާބިލުކަމުގެ އެންމެ މަތީ ދަރަޖަ އަކީ ރީތިކޮށް ހުނިގޭނުން އަދި ރީތިކޮށް ހަނޑޫ ހޮވުން ކަމަށް ވިސްނިފައި އޮތް އޮތުން ބަދަލުކޮށް މިއަދު ދިވެހި އަންހެނުން ދަނީ ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލްކޮށް ރަން ވަނަތައް ނެރެމުން ކަމަށް ދިޔާނާ ފާހަގަ ކުރެއްވިއެވެ.

"ކެފޭ ރެސްޓޯރެންޓުތަކަށް ދަނީ ވިޔާނުދާ އަންހެނުންގެ ގޮތުގައި މުޖްތަމައު ދުށް ދުށުން ވެސް ބަދަލުކޮށް އަޅުގަނޑުމެން މިހާރު މިތިބީ ކޮންމެ ވަގުތެއްގައިވެސް އަޅުގަނޑުމެން އެދޭ ކޮންމެ ތަނަކަށް ވެސް ވަދެވޭ ހިސާބުގައި އެކަންވެސް ހާސިލިކޮށްގެން." އޭނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ މިއަދު ދިވެހި އަންހެން ގިނަ ކަންތައްތަކެއް ހާސިލު ކޮށްފައިވާ ނަމަވެސް އަންހެނުންނަށް ހައްގު މިންވަރު އަދިވެސް ލިިބިފައި ނުވާ ކަމަށެވެ.

"އެހެން ނަމަވެސް، އަދިވެސް އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ފުރިހަމަ އިސްކޮޅަކަށް ތެދުވެވޭ ވަރެއް ނުވޭ. އަޅުގަނޑުމެންގެ ހައްގު މިންވަރު އަޅުގަނޑުމެންނަށް އަދިވެސް ނުލިބޭ. އަޅުގަނޑުމެންގެ ހައްގުތައް އަދިވެސް ފުރިހަމަ ނުވޭ. މިކަމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަ ހުރި. މި ރިޕޯޓައް ބަލާރިރުގައި އެ ގޮންޖެހުން އައިޑެންޓިފައި ކޮށްފައި އެބަވޭ. މީގެ ތެރޭގައި އިޖްތިމާއީ ގޮންޖެހުންތައް އެބަ ހުރި، ސަގާފީ ގޮންޖެހުންތައް އެބަ ހުރި، އަދި ދީނީ ފިކުރުގެ މައްޗަށް އެކުލެވޭ ސަބަބުތައްވެސް އެބަ ހުރި." ދިޔާނާ ވިދާޅުވިއެވެ،

ތަފާސް ހިސާބުތަކަށް އަލިއަޅުވާލައި އޭނާ ވިދާޅިވީ 2016 ވަނަ އަަހަރު ސިވިލް ސާވިސްގައި މަަސައްކަތް ކުރި އަންހެން މުވައްޒަފުންގެ އިންސައްތަ އަކީ 55.5 ކަމަށާއި ނަމަވެސް މަތީ ފަންތީގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ 80 އިންސައްތަ އަކީ ފިރިހެނުން ކަމަށެވެ.

އަދި ކެބިނެޓުގައި 15 މަގާމު ހުރި އިރު އަންހެން ބޭފުޅުން ތިއްބެވީ ތިން މަގާމުގައި ކަމަށާއި، ސްޓޭޓް މިނިސްޓަރުންގެ 55 މަގާމު ހުރި އިރު އެތަނުން އަންހެން ބޭޭފުޅުން ތިއްބެވީ ހަތަރު މަގާމުގައި ކަމަށް ވިދާާޅުވިއެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންގެ 103 މަގާމު ހުރި އިރު އެތަނުން އަންހެން ބޭފުޅުން ތިއްްބެވީ 21 މަގާމުގައި ކަމަށް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އަންހެން ބޭފުޅުންގެ އިންސައްތައަކީ އެންްމެ 6 އިންސައްތަކަން ވެސް ފާހަގަ ކުރެއްވިއެވެ. އަދި ޖުޑިޝަރީއަށް ބެލިކަމުގައި ވިޔަސް އެއްއަތުން ގުނާާލެވޭ ވަރަށް ވުރެ އަންހެން ބޭފުޅުން ފަނޑިޔާރު ކަމުގައި މަދު ކަމަށް ދިޔާނާ ވިދާޅުވިއެވެ.

"ޖެންޑާ އިކުއަލިޓީ މެނިފެސްޓޯ 2018" މި މެނިފެސްޓޯ އަކީ މިހާރު ވެސް ރާއްޖޭގައި އަންހެން ފިރިހެން ދެ ޖިންސުގެ ދެމެދުގައި އޮންނަ ޒަމާންވީ ފަރަގު ކުޑަ ކުރުމުގެ ގޮތުން، އާންމުންނާއި، ސަރުކާރުގެ އިސް ފަރާތްތަކާއި، ސިޔާސީ ލީޑަރުންގެ ކިބައިން ވާގި ހޯދައި ލަނޑުދަނޑިތަކެއް ހާސިލު ކުރުމަށް ނެރުނު މެނިފެސްޓޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލަކާދޯ

    ތަމެން އިސްކޮޅުން ކުރުވަނީ އެއީ ތަމެން ޅައިރު އަލަކައިކައި ކައި ކައި ބިމަށް މޫލާފައި ހުރުމުންނޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ދުވަސް ވާވަރަށް ނިކަގަހުގެ ބުޑު ހެން ހީވަނީ އެއީ ވެސް ތަމެންނަށް ދިގު ނުވެވޭތީތޭ އޭ ބުނަން މަމެން ނެތީމު ދޯ. އަދި ވެސް އަލަކައި ނަގާތި އަލަ އާއި ކައްޓަފުޅި އާއި އެއީ މީރު ކާއެއްޗެކޭ ތިޔާ ކައްޓަފުޅި އެއް ހިފައިގެން އެމެން ފުވައްމުލަކު ބަޔަކު ރިސޯރޓެއް ގައި ކައްކާފައި މަމެން ގޮވައިގެން ގޮސް ކާން ދިނީ އަލައާއި އެކު މަމެން ނަށް ފުރަތަމަ ކައްޓަފުޅި ހަންގަނޑާއި އެކު ކައްކާފައި ހުރުމުން މޭ ނުބައޭ ކުރީ ނުކެވުނޭ އެއްގޮތަކަށް ވެސް އެހެރަ ގަރުދިޔަ ގަނޑު ގައި ލަޑާ ވަހުން ވެސް ދޯ. ތަމެން އަލަކައި ކައި ކައި ނަގާ ދެން އެއިރުން ދެން އިސްކޮޅުން ދިގުވާނެއޭ އިނގޭތޭ.

  2. އެއްމެން

    ކަމަނާ ތި އިންނަވަނީ މަކަރާއި ހީލަތުން މުއްސަނދި ކަންދެމެހެއްޓުމުގެ ކުޅަދާނަ ކަން ލިބިފަވާ މަހުޖަނެއް އަތު އަޅުވައިގެން އިސްކޮޅަށް ދެމިފާ. އެކަމަކު ރާއްޖޭގެ ހުރިހާ އަންހެނުންނަށް ހަމަވާވަރަކަށް މަހުޖަނުންނެއް ނެތޭ. ކަމަނާ އިސްކޮޅަށް ދެމިލަން ހޯދި ކަންތައްތަކުގެ ތެރެއިން ދިވެހި އެެހެން އަންހެނުންނަށް ހަމައެކަނި މަދުވާ އެއްޗަކީ ހަމައެކަނި ވަގު މަހުޖަނެއް. އެހެން އެއްވެސް ކަމެއް މިރާއްޖޭގެ އަންހެނުންނަށް މަދެއްނޫން. ފަހަރުގައި ކަމަނާ ވަގު މަހުޖަނު އަތުއެޅުވި ގޮތަށް ދިވެހި އަންހެނުން ، އެވައްތަރުގެ މީހަކު އަތު އަޅުވާކަށް ބޭނުން ނުވެދާނެ. ދިވެހި އަންހެނުން ނަށް ބޭނުން ކޮންމެ ލަނޑުދަނޑިއެއް މިގައުމުގާ އަތުލެވޭނެ އިންތިޒާމު އޮތީ ހަމަޖެހިފާ.

  3. ބުއްޅަބޭ

    ބުއްޅަބޭއާއެކީ ނަށާ ޑީޖޭ ޖައްސަން ދާންވީނުން! ބުެރުގާ އަޅާ ކުދީންނާއި(މުސްލިމުންނާއު) ނައަޅާ ކުދިންވެސް (ނުސްލިމުންނޫނަސް) މިގައުމުގަ އުޅެވެންޖެހޭނެ ކަމަށް ބުއްޅަބޭ އެބުނަނީ! މި ފަސްފޫޓް ހަމަ ނުވާ އަންހެނާ ނޫންތަ މަޖިލީހަށް އޮރިޔާމުން ވަދެގެން އުޅުނޫ!

  4. އާމާލު މަންމަ

    އިސްކޮޅައް ތެދުވެވޭނީ ހެދުން ބޮލުގަ އަޅައިގެން ކުނޫޒު ދޮށުގަ ހަޅޭއްލި ވަރަކައް

  5. މަހަށްދޭބަލަ

    ކޮން ދިވެހި އަންހެނުން ކިޔަންތޭ ތަމެން ފެނުމުން ވެސް ހީވަނީ ސަންތި މަރިޔަނބޭ އިސްތަށިގަނޑު ހާވައިގެން ހުންނަނީއޭ މަމެން ބުނަން ނެތީމު ދޯ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ.

  6. Anonymous

    ކަމަނާ އައް ހީވަނީ ކޮންމެވެސް ފަޅުރަށެއްގަ ރާފުޅި ތުންޖެހީމަ ހަމަ އިސްކޮޅައް ތެދުވެވުނީހެން

  7. Anonymous

    ކަމަނާ ކިޔަވައިގެން ހުއްޓަސް ފިރިކަލުނގެ އުޅުމެއް އަހުލާގެއް ނެތްދެއްތޯ. ފިރިކަލުން ހަމަިއސްކޮޅައް ނަގާބަލަ ފުޅިތަކުގަ ބަގުޑި ބެއްދިޔަސް އާހިރު އޮތްކަން ހަނދާންނައްތާލައިގެން ނުވާނެ

  8. ހުސޭނުބޭ

    ފަޅުރައްރަށުގައި ވަރުވަރުގެ ފުޅި ބޮއިގެން ވެލައެއްހެން އުޅޭ މީހުން ކިހިނެއް ހަމަ އިސްކޮޅަށް ތެދުވާނީ.