ގިނަ އަދަދެއްގެ ފަތުރުވެރިން ތިބި ސަފާރީއެއް ގިރިއަކަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު ހަވީރު ސަފާރީއެއް ގިރިއަކަށް އެރިއިރު އެ ސަފާރީގައި 22 ފަތުރުވެރިން ތިބި ކަމަށެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ ޖުމްލަ 34 މީހުން ތިބި "އިރުވައި" ނަމަކަށް ކިޔާ ސަފާރީއެއް އދ.މާފުށީގެ އިރު ދެކުނުން 4.7 މޭލު ބޭރުގައި އޮތް ގިރިއަކަށް އެރުމާއި ގުޅިގެން އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާގެ ކޯސްޓްގާޑުން ކުރަމުން ގެންދާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ކޮށްފައި ވަނީ މިއަދު ހަވީރު 16:35 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮނޑާ

    ވ ދެރަކަމެއް ތިދިމާވީ. ފަތުރު ވެރިން ސަލާމަތް ކުރުމައް އާއްމުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ.