ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާފައިވާ ހުސެއިން ޝަމީމާ ގުޅޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މީހަކު ހުށަހަޅައިފި އެވެ.

ޝަމީމާއި ގުޅޭ ގޮތުން ހުށަހަޅާފައި ވަނީ ކުރިން އޭނާ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނެވިއިރު މަގާމުގެ ނުފޫޒުން، މައްސަލައެއްގައި ދައުވާ ނުކުރަން ޝަމީމް ނިންމެވި ކަމަށް ބުނާ މައްސަލައެކެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވީ ޝަމީމްގެ ނަން އެކަންޏެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވަނީ ޝަމީމްގެ މައްސަލައެއް އިއްޔެ އެ ކޮމިޝަނަށް ހުށަހަޅާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އެ މައްސަލަ ބަލަން ނިންމި ކަމެއް އަދި އޭސީސީ އިން ކަށަވަރު ކޮށެއް ނުދެއްވައެވެ.

ޝަމީމްގެ މައްޗަށް ތުހުމަތު ކުރަނީ ރާއްޖެ އަށް އެތެރެކުރުން މަނާ ބުދެއް އެތެރެކުރި އަންހެނެއްގެ މައްސަލައިގެ ހެކި ހުއްޓާ ދައުވާ ނުކުރަން އޭރު ޑެޕިއުޓީ ޕީޖީއަކަށް ހުންނަވައިގެން ޝަމީމް ނިންމެވި ކަމަށެވެ.

"މިކަން ޝަމީމް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ދައުވާ ލިބޭ ފަރާތާ ދެމެދު ލޯބީގެ ގޮތުން ގުޅުން ހިންގައިގެން." އޭސީސީ އަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

ޝަމީމްގެ މައްޗަށް ކުރާ ތުހުމަތު އޭނާ ދޮގު ކުރައްވައެވެ. އެ ތުހުމަތުތަކާ ގުޅޭ ގޮތުން ޝަމީމް ވިދާޅުވީ ހުރިހާ މައްސަލައެއްގައި ގޮތް ނިންމާފައިވާނީ ޕީޖީގެ ތިން ވަކީލުންނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށެވެ. އެއްބަސް ނުވެވޭ ހާލަތެއްގައި އޭރު ގޮތް ނިންމަވަނީ ޕީޖީއަކަށް ހުންނެވި އަހުމަދު މުއިއްޒު ކަމަށް ޝަމީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚޮންމެސް މީހެއް

    މިއީ ދެން ކިހާ ދެރަ ކަމެއް. މި ސަރުކާރުގެ ބޭފުޅުން ހިތްޕުޅާއި ނުވެއްޖެ ނަމަ އޭސީސީ އަށް ނަން ނުފޮނުވާ އެކަކުވެސް ނުހުރޭ.. ?

    11
    1
  2. ދިވެހިސޮރު

    ޖަލު ސަރުކާރު... މީޖަލުން އުފެދިގެން އައި ސަރުކާރެއް...އެހެންވީމަ ހުރިހާ ރައްޔިތުން 5އަހަރު ތެރޭ ޖަލަށްލާ ނިންމަންޖެހޭނެ އެޖެންޑާ 2020

  3. ަސަލާމަތީ ބިންތް ހަސަނިން

    އޭސސ ބަލާއިރު ޝަމީމުގެ މައްސަލައެއް ނޯންނާނެ އެތާ އެތިބީ ހުސް މޑޕ މީހުންނުދޯ!!!އެޅިހާ ބަތަކަށް ރިހަ!!