މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކަކުން ބެލުންތެރިންގެ ބޮޑު މަގުބޫލްކަމެއް ހޯދި މުހައްމަދު ޒަލީފް އަބްދުﷲ ޕީޕީއެމް އަށް ސޮއިކޮށްފިއެވެ.
ޒަލީފް ޕީޕީއެމް އަށް ސޮއިކޮށްފައި ވަނީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައެވެ.
ޕީޕީއެމް އަށް ސޮއި ކުރުމަށް ފަހު ޒަލީފް ބުނި މިއީ މިއަދު އޭނާ ނިންމި ނިންމުމެއް ނޫންކަމަށާއި މީގެ ދެތިން އަހަރު ކުރިން ވެސް އޭނާގެ ވިސްނުން ހުރީ ޕީޕީއެމް އާއި ގުޅިގެން ކުރިއަށް ދިއުމަށް ކަމަށެވެ.
މީހުންނަށް އޭނާ އެނގިފައި އޮންނާނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ކަމަށް ވީނަމަވެސް އޭނާ އަކީ މިހާރު ވެސް މާސްޓާސް ފުރިހަމަ ކުރަމުން އަންނަ ދަރިވަރެއް ކަމަށް ޒަލީފް ބުންޏެވެ. ޒަލީފް ބުނީ ކިޔަވައި، ކަންކަން ވަމުންދާ ގޮތް ބަލާލުމުން އޭނާ އެނގުނީ މިހާރު ކަންތައްތައް ވަމުންދާ ގޮތައް ކަންތައްތައް ވަމުން މިނދަނީ "ހިންގަން ނޭނގޭ ބަޔަކާއި ހިންގަން ހަވާލު ކުރުމުން." ކަމަށެވެ.
ޒަލީފް ބުނީ އޭނާ އަކީ ގދ.ތިނަދޫ އަށް ނިސްބަތްވަ މީހެއް ކަމަށާއި ނިމިގެން ދިޔަ ފަސް އަހަރު ތެރޭގައި ކޮށްފައި ހުރި ކަންތައްތައް ތިނަދޫން ފެންނަން ހުންނާނެ ކަމަށެވެ.
އެއީ ކޮންކްރީޓް ތަރައްޤީ ކަމަށާއި އެތަރައްޤީ ބޭނުން ނުވާކަމަށް ބުނާ އިރު ކޮންކްރީޓް ތަރައްޤީ ނުކުރެވޭއިރު މިހާރު ކޮންކްރީޓް ތަރައްޤީ ޖީބަށް ބަރުވާ ތަރައްޤީ ފެނުނުތޯ ޒަލީފް ސުވާލު ކުރިއެވެ.
އޭނާ ބުނީ މިހާރު ފެންނަ ހަމައެކަނި މަންޒަރަކީ ރާއްޖޭގައި އޮތް އިސްލާމްދީން ގޮންޖަހާލެވޭ ގޮތައް ކަންތައްތައް ކުރާ މަންޒަރު ކަމަށާއި މިހާރު ކަންތައްތައް ވަމުންދާ ގޮތުން ރައީސް ޞާލިހާއި ރައީސް ނަޝީދު ލަދުގަންނަން ޖެހޭނެ ކަމަށެވެ.
ލަވަޔާ މިއުޒިކު ކުޅެގެން އިސްލާން ދީން ހިމާޔަތް ވާނީ
މަރުހަބާ ޒަލީފު..
އައްޗި
ސާބަހޭ! ޒަލީފް ތީ މޭން އެ އް.
ޒަލީފް މިހުރިހާދުވަހު ކޮންތާކުބާ ހުރީ
މަރުހަ ބާ ޒަލީފު
ސާބަސް ދަރިފުޅާ ހަމަސާބަސް އިނގޭ. އަރަންޏާ ތިޔަ ކަޅުއޮއްފުންމިއަށް މިއަދު އަރަންވީ. ތިޔައީ ބޮޑު ތަކުރުފާނު ގެ އޮޑިކޮޅު. މިޤައުމުގެދީނާއި މިނިވަންކަމަށްޓަކައި ވެސް ތިޔަޓީމާއި ގުޅިވަޑައި ގަތުމަކީ ލިބުނު އުފަލެއް. ﷲއަށް ޙަމްދުހުރި. ތިޔަކަހަލަ ޒުވާނުން ބޭނުންވާނީ މިއަދު މިޤައުމަށް . ޣައްސާނަކީ ރ.ޔާމީން ނެއްތިއްޔާ ބަހައްޓާލަން އެންމެ ރަނގަޅު ބަޠަލު. ޚުލްޤު ރަނގަޅު މަޑުމައިތިރި ރައްޔިތުން ލޯބިވާ ޝަޚްޞިއްޔަތެއް. ޕޕ އިން މިކަމާ ވިސްނަން ޖެހޭ. ސޯލިޙު ދައުރު ހަމަވަންދެން ރ.ޔާމީން ޖަލުގައި ބަހައްޓަން ހިތުން އެއުޅެނީ. މަތީ ގަޑިން ޖެހީމަ ލަހެއް ފަހެއް އެކަމަކު ނޯންނާނެ ދެއްތޯ ؟
މަށެއްނުބު ނާނަން މީހަކު ގައުމައް ހެވެއް އެދިގެން ތިޕާޓީއާއި ގުޅޭނެއެކޭ. ހަޑި މުޑުދާރު ތާރީހެއް އޮތްޕާޓީ އެއް..ޕާޓީގެ ލީޑަރ ވައްކަމާއި ގުޅޭ ހުކުމެއް ތަންފީޒުކުރަމުން މިހާރުވެސް އެގެންދަނީ. ޕާޓީ އައް އަތްގަދަކޮއް ޔާމީނު ގެ މަގާމު ހިސާރުކުރަން އުޅެނީ އަދުރޭ. އަދުރޭ އަކީ ވައްކަން ކޮއްގެން އަރުވާލެވުނު މީހެއް އަދަބެއް އަހްލާގެއް ހުރިމީހެއްނޫން. ހަގީގަތުގައި. ވެސް މުސްތަގުބަލެއް ނެތް ގިނަ ރައިއްޔަތުންގެ ނުރުހުން އޮތްޕާޓީ އެއް.ތިޕާޓީ ގުޅޭ މީހުންނާއި މެދެ އެހެންމީހުން ދެކެނީ އުޅޭނެ ގޮތެއް ނެތިގެން ލާރިކޮޅެއް ލިބޭތޯ ޕާޓީއާއި ގުޅުނީކަމައް. ބަލަމާ ބޮނޑި ބަތް ޖަމީލައް
މިހާރު ވެރިކަން ކުރާ ޕާޓީ އިން އެއްވެސްފުރުސަތެއް މަގާމެއް ނުދިނީމަ ޔާމީން ސަލާމަތް ކުރާޝޯ ކިޔައި ގެ ޕީޕީ ެ އެމުން ރަގަޅު ޗާންސް އެއް ލިބޭނެ ވަގުތަކައް ބަލަ ބަލާ އެހެރީ.
.ި
އަހަރެން ކުރި ކޮމެންޓް Anonymous ނަމުގަ ފޮނުވާ ފަ މިހިރީ. ލިޔާނެ އެއްޗެއް ނޭގޭ އިރުވެސް އެބަ ޖެހޭ ކޮމެންޓު ކުރަން. ކިހާ ދެރަކަމެއް.
އެމްޑީޕީ އަކީ މީހުން ޖަހަންނަމަށް ގެންދަން ބާރުއަޅާ ޕާޓީ. އެޕާޓީގެ "އިލްމުވެރީން" މާތް ﷲ ގެ ކުޅަދުންވަންތަ ކަމަށް ޝައްކު ކުރޭ އަދި ނަރަކަ އަކީ އޮންނާނެ ތަނެއް ކަމެއް ގަބޫލެއް ނުކުރޭ!
ލަވަކިޔުންތެރިޔާ ޒަލީފް ޕީޕީއެމް އަށް ސޮއިކޮށްފި
3 ގަޑިއިރު ކުރިން ( ޑިސެމްބަރު 2, 2019 )
ތިބާ އިސްލާމްދީނަށް ނަސުރު ދޭމީނުންގެ ތެރޭން ލައްވާށި އާމީން.
ތިޔަ ކިޔެވުނީ ރަގަޅު ސަބްޖެކްޓެއް، މުޅި ރާއްޖެ ދަވާލީމާ ތި އިގުނީ އެއީ ރަގަޅުގޮތްކަން....
ޜަށްޖޭގެ މެޖޮރިޓީ ޒުވާނުން އޮތީ ޕޕމ ގަ ވުމަކީ ވަރަށް ބޮޑު އުފަލެށް. އެއީ މި ގައުމުގެ މުސްތަގްބަލް. ޢެށްވުން ތަކާ، މުޒާހިރާ ތަކުގަ ގިނަ ޒުވާނުން ތަށް އަތް އޮޅާލައިގެން ހިށްވަރު ކުރާތަން ފެނުމުން އުފަލުން ފެންކަޅިވެ. ޕީޕީއެމް ހޯޕް ހޮޕް. ބެން އެން ޑީ އެން!
މީކާކު ތައް؟
ޔާމީނުގެ ސަރުކާރުންވެސް ތަރައްގީކޮއްދެނީ މީހުންގިނަރައްރަށައް މިސަރުކާރުންވެސްކަމެއްކޮއްދެނީހަމަފައިސާ ވެރިން މުއްސަނދިކޮއްދެނީ ފަގީރުންއަތުންވޯޓުހޯ ދަންދޮގުހަދަނީ
ޒަލީފް އަކީ ހުނަ ރުވެ ރި ގާބިލް ދިވެހި ލޭ ހިނގާ ދިވެހި ދަ ރިއެއް..އެކުވެ ރިއެް ...16 އަހަ ރު ފަހުން މިފެނުނީ ..ވަ ރަށް ބޮޑަށް މަ ރުހަބާ ޒަލީފް