ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގެ ގެންދާ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ހައިލަމް މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ހައިލަމް މިއަދު ގާޟީ ކަމުން އިސްތިއުފާ ދެއްވިއިރު އޭނާ ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުން މަޖިލީހުގައެވެ.

ހައިލަމް އިސްތިއުފާ ދެއްވިއިރު ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ކުރެހުމެއް ހުރި މައްސަލާގައި އޭނާ ހުރީ ސަސްޕެންޑް ވެސް ކޮށްފައެވެ.

ހައިލަމް ޖޭއެސްސީ އަށް ފޮނުވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެކޮމިޝަނުން މަސައްކަތްކުރަމުން ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި" ހައިލަމްގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ހައިލަމް ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އޭނާ ޖޭއެސްސީ އަށް ފޮނުއްވި ސިޓީތަކުގައިވާ ކަންކަމަށް ރިއާޔަތްކުރުމެއް ނެތި ކަމަށެވެ.

"އަޅުގަނޑު ބަޔާންކޮށްފައިވާ ވާހަކަތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރެއްވުމެއް ނެތި ކަމަށް ވީހިނދު، ޖުޑީޝަލް ސާވިސް ކޮމިޝަނުން އަޅުގަނޑާ މެދު ނިންމާފައިވާ ނިންމުންތައް ގާނޫނުއަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާ އެއްގޮތްވެގެން ނުވާކަން ފާހަގަކުރަމެވެ." ހައިލަމްގެ ސިޓީގައި ވެއެވެ.

ހައިލަމް ވިދާޅުވީ ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މަސައްކަތްކުރަނީ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ގޮތުން ވަކި މިސްރާބަކަށް ބައްޓަންކުރާށެވެ.

ފަނޑިޔާރުކަމުން ސަސްޕެންޑްކުރީ އަދި މަގާމުން ވަކިކުރަން ފޮނުވީ ވެސް ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ހައިލަމް ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ޚ

    ސާފުކުރާނަމޭ މުނި އޭ އެޖެންޑާ 19ގަ ސޯ އެ ދަނީ ސާފު ވަމުން. ހެ ހެ.

  2. Anonymous

    ދީނަށް ފުރައްސާރަ ކުރީމަ މަރުމޯލުން ބުނާނެ އެއީ އޭނާގެ އަމިއްލަ ޙިޔާލޭ އެހެންމީހަކު ކަމެއް ކޮށްފިއްޔާ ބުނާނެ އެއީ ޓެރިރެސްޓްއެކޭ.

    28
    1
  3. ރޮނޑާ

    އަމިއްލަ އައް ސިޔާސީ ވެގަނެ ސިޔާސީ ކަންކަމާއި އުޅެން ހަދައިގެން އުޅިނިކޮއް ފަޅާ އެރީމަ ވެސް އެހެން މީހުން ބޮލައް ތި ކެޑީ. މިހާރުވެސް އެގިއްޖެ ތެދުވެރި ކަމެއް ނެތް ނާގާބިލު މީހެއްކަން.

    10
    42
  4. Anonymous

    ކަލޭ ކީއްކުރާނީ އެކަމާ ސުވަރާ؟ ޖަލަށް ގަޅާލަންވީދޯ

    9
    97
    • ސަމީރު

      ކަލޭ ތީ ކާކު ތައް ޖަލަށް ލާން ... ރަގަޅަށް ވިޔާ އަދި ތުބުޅިވެސް ނުފަޅާދޯ.. އެހެން ވެން މާ އަގަ ބޮޑުވެގެން ތިއުޅެނީ

      44
      5
    • ބާބަ

      ހަޖަމް ނުވީދޯ ރީދޫހުން ޖެހުނީމަ ހަޖަމް ކުރަން އުނދަގުވާނެ

      23
      1
  5. ގލޅ

    ކެނެރީގެ އައްނި ކޮންޓްރޯލް ކުރާ ފަނޑިޔާރުގެއެއް ރާއްޖެ
    ގެނައުމަކީ ނުރައްކާތެރި ކަމެކެވެ ރައްޔިތުންގެ ހައްގުތައް ގެއްލި މަސްލަހަތު ފުށުއަރާނެކަމެކެވެ އެހެންވީމާ އަދުލުވެރި' ގޮށްމުށު ބާރުން މިނިވަން ވެފައިވާ ފަނޑިޔާރުގެއެއް ގާއިމްކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ.

    72
    9
  6. މާލެ ބޭބެ

    ހައިލަމްއަކީ ހިތްވަރުގަދަ ޤާޝީއެއް... ނަމަވެސް 1 ފެބްރްއަރީގެ ފަހުން ޑރ.ޑީޑީ މެން ގައިދީނ ދޫކޮށްލުމުގައި ފަނޑިޔާރުންނާއި ރ.ސޯލިހުއާއި ދެމެދު ކަދުފޮއްޗަކަށް ހައިލަމް ހުންނެވީވެސް ހަމަ ހިތްވަރުގަދަ ކަމުންނެވެ....
    1. އޮނަރަބަލް .. އަބުދުﷲ ސައިދު..ވަޒީފާއެއްނެތް.
    2.އޮނަރަބަލް ..އަލީ ހަމީދު.. ވަޒީފާއެއްނެތް.
    3.ޑރ.އަބުދުﷲ ދީދީ..ވަޒީފާއެއްނެތް.
    4.. އޮނަރަބަލް އާދަމް މުހައްމަދު ...ވަޒީފާއެއްނެތް.
    5..އޮނަރަބަލް..އަރީފު... ވަޒީފާއެއްނެތް.
    6.އޮނަރަބަލް ޢަނީ....ސަސްޕެންޝަންފގަ..
    7.ޤާޝީ އަލްއުސަތާޒް .އަހުމަދު ހައިލަމް... ވަޒީފާއެއްނެތް
    .................
    ހައލަމްއާއި، ޢަނީ ފިޔަވާ ދެންތިއްބެވި ބޭފުޅުންވަނީ ދިވެހިރާއްޖެ އަދަވަޅަކަށް ވައްޓާލެވޭވަރުގެ ހުތުރު މުޑުދާރު ކަންކަން ކުރައްވާފަ..އަދި މާއްދިއްތަށް ހެއްލި ބިރުވެރިކަމެއްނެތި ކުރެވުނު ކަންތަކުން އިލޮށި ހެރުނީ އަމިއްލަ ލޮލަށް.... ޤަދަރާއި، އިއްޒަތާއި، އަބުރު ގެއްލުނީ..ޕީޕީއެމް ސަރުކާރެއްގައި މަޤާމްތައް ލިބޭނެ..ނަމަވެސް ދެއްވި އަނިޔާ ހިތަކުން ނުފިލާނެ... ރ.ޔާމިނަށް އެންމެބޮޑް ސިޔާސީ ބަލާއަކަށްވީ 1 ފެބްރއަރީގެ ޢައިރު ޤާނޫނީ ހުކުމް..... ރ.ޔާމިންގެ ދިފާއުގައި 1 ލައްކަ ރައްޔިތުން އެބަތިބި...ތިބޭފުޅުންގެ ދިފާއުގައި ރ ސޯލިހާއި، ޤާސިމް، މައުމޫނު، އެބަތިބިތޯ.....

    72
    7
    • ރޮނޑާ

      މާލެ ބޭބެ ނޫނަސް ކޮސް ގޮވާމީހުން ތިބޭނެ. ޔާމީން އޮތީ ޖަލުގައި. އެތާކު އިތރު މީ ހަކު ނެތް.

      4
      9
  7. ބޮކި

    އެހެންތަ ؟ ޔާމީން ވެރިކަމުގަ ކަލޭ ހުރީ ކާކުގެ މުށުތެރޭގަ ތަ ؟

    12
    63
  8. ޙުކުމް

    ރާއްޖޭގެ ޒުވާނުންނަށް ދިވެހި ސިޔާސީ އެދުންވެރީން ފުރުޞަތު ދޭކަށް ބޭނުމެއްނުވޭ . އެހެންކަމުން ނުފޫޒުގަދަ މަޤާމުތަކުގައި ޒުވާނުން އަދި ތިބިޔަކަ ނުދޭނެ ... މިރާއްޖެ އަދި އޯވަހޯލަކަށް ވަނީ ބޭނުންވެފައި.

    37
    2
  9. އިހުސާނާ

    ބަލަގަ ފަނޑިޔާރުންނަކީ ވަކި ސުލޫކީ މިންގަޑެއް ހިފަހައްޓަން ޖެހޭ ބަޔެއް ކަމެއް ނުދެނެހުރީމުތަ ހައިލަމޫ! ވައިބަރު ގުރޫޕް ތަކުގަ އެއްޗެހި ސެޔަރ ކުރާ އިރު، ފަނޑިޔާރެއް ކަމެއް ނޭނގޭތަ އަޅެ! ސެޔަރ ކުރާ އެއްޗެހިން ދޭހަ ވަނީ ސެޔަރ ކުރާމީހާގެ ވިސްނުމާ ފެންވަރު!

    9
    58
  10. ސާބަސް

    ސާބަހޭ ދަރިޔާ

    41
    8
  11. ޖަލުގަ އޮތް ޔާމީނު

    އިސްތިއުފާ ޤަބޫލުނުކޮށް ތިބަގަ ވަކިކުރަންވީ

    8
    50
  12. ޙަސަނުބެ

    ދެން ރައްޔިތުނައް ހާމަ ކޮއްލަ ދެއްވަވާ ބަލަ މަނިކުފާނު
    ޢެކަނި ބެންޗްގާ އިންނަވައިގެން ގެންދެވި ޝަރީއަތް މަނިކުފާނުގެ ރަޔުއިން ރައީސް ޔާމީންގެ މައްޗައް އެ ކުއް ސާބިތު ވޭތޯ ނޫނީ އެ ދުވަހު އިއްވަން ހަމަޖެހިފައިވާ ހުކުމް ރައްޔިތުންނައް ހާމަ ކޮށް ދެއްވަބަލަ އޭރުން ދޯ ރައްޔިތުންނައް ވެސް މި ވާނުވާ އެނގޭނީ

    57
    2
  13. Anonymous

    ހައިލަމް ތީ ހިތް ވަރުގަދަ ކެރޭ ބޭފުޅެއް. ގަދަ

    75
    13
  14. ކަނަމަނަ

    މިގައުމުގެ ރައްޔަތުން މިވަގުތު މިތިބީ ރ ސީލިހު އާއި ރ ނަޝީދު ހައްދަވަމުން ގެންދާކަންތައް ވަރައް ރަގަޅައް ބަނަން އުއްމީދު ކުރަން ރަޔަތުންނިކުމެ ގައުމު އިސްލާހު ކުރުމުގެ ކުރިން ދެމީހުން ސައިޒްވާން

    68
    7
  15. ލަބީބު

    ކީއްވެތޯ ކަންކަން ހާމަކުރައްވަން ކެރިވަޑައި ނުގަންނަވަނީ؟ ތިޔަ ވިދާޅުވި ކަންކަން އެބަ ފެންނަމުންދޭ! ހިތްވަރެއްލިބޭނީ ހައިމްއަށް ދިމާވިކަންތައް ހައިލަމް ހާމަކޮށްދެއްވުމުން!

    18
  16. ކެޔޮޅު

    ސާބަހޭ ހައިލަމް ތިޔައީޤައުމުދެކެލޯބިވާމީހުންނަކީ ތިޔައީ އަމާނާތްތެރިއެއް މާތްﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެތެވެ.

    22
    3
  17. ރާޖާ

    މިތާ އިޙްސަނާ ކިޔާމީހަކު ކޮމެންޓް ކުރިއިރު ޢަލީރަޝީދު ކިޔާ ފަނޑިޔާރަކު އެމްޑީޕީ ހިންގާ ކާލިގަނޑު ޓީވީއަށްއަރާ ހިނގަހިނގާހުރި ޝަރީޢަތަކާދޭތެރޭ އޭނަގެ ޚިޔާލު ފައުޅުކުރިއިރު ކަލޭ އަދި ގަރުބަ ނުގަނޭ އުތަ؟

    18
    2
  18. މަބޭ

    ފަންޑިޔާރުންގެ ސުލޫކީމިންގަންޑަކީ ވަކިބަޔަކައް އޮންނައެއްޗެއްތަ އެމްޑީޕީއައްނިސްބަތްވާ ފަންޑިޔާރަކުކޮންމެފަދަވާހަކައެއް ނުވަތަކޮންމެފަދަކަމެއްކުރިޔަ ސް ވަރިހަމަވެފަ އެހެންމީހަކު އެއްޗެއްބުނާއިރައް ސުލޫކުނެތިފަ މީކޮންކަހަލަ އިން ސާފެއް. މީހަމަ ސަޑޫމް

    17
    2
  19. އަބޯ

    ހަގީގަތް ފާޅުކުރީތީ ހައިލަމަށް ސުކުރު ހިތްވަރަށް ހަމަ ސާބަސް

  20. ޢުމަރު

    ތިބޭފުޅާ ތިމަޤާމަށް އައީވެ ސް ސިޔާ ސީ ކުލަޖެހިގެން، އެހެންކަމުން ފެށުން ރަނގަޅުކުރަން ތިލިބުނީ ދެވަނަ ފުރު ސަތު، ފުރުސަތުގެ ބޭނުން ހިއްޕަވާނެކަމަށް ހީކުރަން

  21. Anonymous

    ނުބައި މީހުންނާއިއެކު އުޅެނީވެސް ނުބައި މީހުންނެވެ. ނުބައިމީހުންނަށް ދެއްކޭނީ ވެސް ނުބައި މަގެވެ.ނުބައިކަން މަގުދައްކާނީ ނަރަކައަށެވެ.

    11
  22. މޫސުންބަހާރު

    ހައިލަމްއަކީ ޚުލްޤު ރަނގަޅު މާތް މީހެކެވެ. ކުރެއްވުނު ކުށަށް ހިތްވަރާއެކު މަޢާފަށް އެދުނެވެ. ކިހާ ރިވެތި ސިފައެއްތޯއެވެ.
    އެކަމަކު އެކަން ބަލައިގަންނާކަން އެކަކުވެސް ބޭނުމެއްނުވިއެވެ. ﷲ އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ އެވެ. ކޮންމެ އިމްތިޙާނަކީ ޢިބްރަތުން ފުރިގެންވާ ފިލާވަޅެކެވެ. ކެއްތެރި ކަމުގެ މޭވާ ފަހުން ލިބޭނެއެވެ. ނަތީޖާ ފޮނިވާނެއެވެ. ކާމިޔާބު ދުވަސް ތަކެއް މިންވަރު ކުރައްވާށިއެވެ. އާމީން

    8
    1
  23. ާަަަަަަަާާĄ އަންމަޑޭ

    ސާބަސް ހައިލަމް

  24. ލޫޠު

    ތިއީ ޤާޒީކަމަށް ކުފުހަމަނުވާ މީހެއް.

  25. ޑައެލޯގް

    ބަލަ ފަޑިޔާރު ޢަލީރަޝީދު ރ. ޓީވީގައި ބަޔާންދިންއިރު ނުވި ސިޔާސީކަމަކަށް އެކަމު ހައިލަމް ކިނބޫ އާއި ގަންޖާއާ ވައްތަރު ކާތޫނެއްލީމަ ސިޔާސީވެ ސުލޫކުވީ ކޮބާ އިންސާފު މިސަރުކާރު ސަދޫމް

  26. ބިޖޫ

    ތިޔަބުނާ ޖޭ އެސް ސީ އެއްނޫންކިޔަންވީ ޖުޑިސަރީ ހަލާކުކޮއްލަނީ މިޖާހިލު ނުލަފާ ދާއްބަތައް ކެނެރީ ދާއްބަ ފާވެއްޖެތަނެއް ނުވާނެ ދުވަހަކުވެސް ރަންގަޅެއް އެއީ މިގައުމައް ޖެހިފަހުރި ބަލާވެރިކަމެއް އެ ބީތާގެ ރައްވެހިކަން ކަނޑާލާފަ ވީއެންމެ އަވަހަކައް އިޒްރޭލައް ފޮނުވާލަން އިބޫއައްގޮވާލަން ނުފޮނުވާކަމައްވަނޏާ އިބޫ އިސްތިއުފާ ދީފަ ގެޔައްކަނޑާލާ ނޫނީ ފެއްސޭ

  27. ދެންހަމަ

    އެމްޑީޕީން ދަސްކާ ަެަެއްވެ ވާހައެއް ގަބޫލުކުރުމެއްނެތް ހއްތާވެސް ދޮގުވެރިން މަކަރުވެރިން ހިޔާނާތްތެރިން ދެރަކަމަކީ މިބައިގަނޑުގެ ދަލުގައި ދިވެހިން ޖެހުނުކަން ނޫނޭ ޖެހުނީއެއްނޫން ތިމަރަސަރީފާ މައުމޫނާ ގާސިމާ އިމްރާނާ އަދކ ދެސޭަކާ އިންތިހާބު ވަގައްނެގީތާ!

  28. ދެންހަމަ

    ސާބަސްހައިލަމް އިސްތިއުފާ ޤަބޫލުކުރީމާ ނުވަތަ ވަކިކުރީމާ އަތުގައޮތް އެއްޗެއްވިއްޔާ އުކާ އެވެރިން އޮރިޔާންކުރޭ އެކަމަކު ބުނަން އެވެރިން ލަދެއްވެސް ނުގަންނާނެ!

  29. މަމް

    ހައިލަމް ހިތްވަރުގަދަ ދަރިޔެއް މާތްﷲ ހައިލަމު މާތްކުރަށްވާ މަތިވެރިކުރަށްވާ ކުރިއަށްއޮތް ދުވަސް ތަކުގައި އަމާންކަމާއި އެކު ކުރިޔަށްދިއުމުގެ މަގުތަނަވަސް ކޮއްދެއް ވާށި އާމީން

  30. ައައިސް

    ސާބަހޭ ހައިލަމް ޤައުމާއިދީނައްޓަކާ ތިކުރެއްވީޖިހާދެއްއިގޭތޯ ތިއީހިތްވަރުގަދަ ކެރޭދަރިޔެއް މިމުސްލިމްއުއްމަތް އެދިގޮވަނީ ތިފަދަ ދަރީންތަކަކައްށެވެ. ކުރިޔައްއޮތް ދުވަސް ތަކަކީ ހައިލަމްއަށް ކާމިޔާބާއި އަމާން ދުވަސްތަކެއްކަމުގައި ލަޢްާށި އާމީން