ސަރުކަރުގެ 19 ކުންފުންޏެއް އުވާލުމަށް ފިނޭންސް މިނިސްޓްރީ އިން ނިންމައިފައިވާ ކަމަށް އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ލިކުއިޑޭޝަން ލިސްޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފައްދަވާފައިވާ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) އާއި އޭރު އުފައްދަވައިފައިވާ އެހެނިހެން ހެލްތު ކޯޕަރޭޝަންތައް ހިމެނެއެވެ.

އެކޯޕަރޭޝަންތަކުގެ އިތުރުން އެމްއާރުޑީސީ، ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ އާއި، ހދ. ކުޅުދުއްފުށި އަދި ސ. ހިތަދޫ ޕޯޓު ހިންގުމަށް ސަރުކާރުން އުފައްދާފައިވާ ދެކުންފުންޏަކާއި، ފެލިވަރު ފިޝަރީޒް އަދި ކޫއްޑޫ ފިޝަރީޒްގެ ނަމުގައި ހިންގި ކުންފުނި ހިމެނެއެވެ.

މި ކުންފުނިތައް އުވާލުމަށް ސަރުކާރުން ނިންމި އިރު ގިނަ ބައެއްގެ ވަޒީފާތައް ގެއްލެމުންދާ ކަމަށް ބައެއްފަރާތްތަކުން ދަނީ ބުނަމުންނެވެ. ވަޒީފާ ގެއްލެމުންދާ މައްސަލަ އެންމެ ބޮޑުވެފައި ވަނީ އެމްއާރުޑީސީ މުވައްޒަފުންގެ ތެރޭގައެވެ. އެމްއާރުޑީސީ އަކީ ފިނޭންސް މިނިސްޓްރީ އިން ވިދާލުވާ "ފައިދާ" ނުވާ ކުންފުންޏެއް ނަމަވެސް އެކުންފުނިން ދާދި ފަހަކާއި ހަމަޔަށް މަސައްކަތްތައް ކުރިއަށް ގެންދިިޔައެވެ.

އެކުންފުނިން ގދ. ތިނަދޫ އަދި އައްޑޫސިޓީގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ވަޒީފާތައް އުވާލައިފައިވަނީ މީގެ ކުރިން އެފަދަ އެއްވެސް އެންގުމެއް އެންގުމަކާ ނުލައިކަމުން އެދެރަށުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ފިނޭންސް މިނިސްޓްރީ އިން އެފަދަ ކުންފުނިތައް އުވާލުމަށް ނިންމާފައި ވަނީ ފައިދާ ނުވާ ކަމަށް ވިދާޅުވެއެވެ. އަދި މީގެ ކުރިން ސަރުކާރުގެ 31 ކުންފުންޏެއް އޮތް އިރު 12 ކުންފުންޏެއް ފިޔަވައި އެހެން ހުރިހާ ކުންފުނިތަކަކީވެސް އެތަންތަނުން ސަރުކާރަށް ފައިދާ ނުވާ އެހެން ނަމަވެސް ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހޭ ތަންތަން ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ފައިދާ ނުވާ ކުންފުނިތައް އުވާލުން ރަނގަޅު. ވަރަށް ގިނަ ކުންފުނިތައް ހަމަ އެކަނި ނަމެއްގައި އެބަހުރި ބޮޑު ޚަރަދު ހިނގާ. އެކަމަކު އެތަންތާނގެ މުވައްޒަފުން އެހެން ކުންފުނިތަކަށް ނެގުން ވަރަށް މުހިއްމު. ނޫންނަމަ އެތައް އާއިލާއެއް ބިކަހާލުގައި ޖެހިދާނެ.

    4
    4
    • އަސްޤަރު ސިއްދީޤް

      ނުޖެހޭނެ ނަގާކަށް ދައުލަތުން ހުރިހާ އެންމެނަށް ވަޒީފާއެށް ނުދެވޭނެ! މޮޔަފުޅުވަނީތޯ؟

  2. ވެރިން

    ސަރުކާރު ކުންފުނިތައް ކީއްކުރަން ސަރުކާރުވެސް އުވާލާ.ކީއްކުރާ ބައެއް ރައްޔިތުން ނަށް ނުހައްގުން އެއްވެސްމީހެއްގެ ވަޒީފާ ނުގެއްލޭނެޔޭ ކިޔާފަ އަވާމެންދުރު ދައްކާފަ ނުވިތާކަށް ރައްޔިތުން ފެލާލާފަ ގައުމު ދެރުވުން ނޫން ކަމެއްނުކުރޭ.

  3. Anonymous

    ރައީސް އިބޫއަކީ ގިނަމީހުންހީކުރާކަހަލަ ރަނގަޅު ވިސްނުމެއްގެ މީހެއްނޫން... ހަމަސީދާ އަންނިގެ މަކަރުވެރި ރޭވުންގެންގުޅޭމީހެއް... އަދިމާމަޑުންހުންނަމީހަކަށް ވެގެންއެބަހުރެއެއްނު ، ބާރައްދައިގަންނާނެ އެހެންވީމަ. ޜައީސްޔާމީނުފަދަ ވެރިއަކު މިގައުމަކަށް އުފަނެއްނުވޭ... ހުރިހާރައްޔިތުން އުޅެމުންގެންދިއައީ އަރަމާ އުފަލުގަ. ޢެންމެންއަތުގަ ލާރިހުރޭ ވަޒީފާތައް އެންމެނަށް ދެމުން ގެންދެވީ... މުސާރަތައް ދުވަހަކަށްވުރެ ދުވަހެއްދިޔައީ ބޮޑުވަމުން. ބޭރުކާފަރު ވެރިންގެ ދަށެއްނުވޭ، އެހީތައްދިޔައީ އޮހެމުން... މިހާރުމިތިބަ މީހުންހެން ފަގީރު ސަރުކާރެއްނޫން ހިންގީކީ.... ހަހަހަ ލަދުވެސްގަނޭ މިހާރުމިތިބަ މީހުންގެ ވާހަކަ ދައްކަންވެސް. ޢެހީއެއްލިބެނީވެސް މޯދީގެ ފަޔަށްބޮސްދީގެން... ސަރުކާރެއްހިންގަންވެސް އިނގޭބައެއްނޫން ނުވިތާކަށް ސަރުކާރެއްހިންގޭނީވެސް ފުރަތަމަ އަމިއްލަހާލަތާއިގެން އުޅެވޭނަމައެއްނު... ރައީސް ޔާމިން ވެރިކަމަށްގެނެސް ވެރިކަމުގެ ނިޒާމު ރަސްކަމަކަށް ހަދަންވީ...