އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ ރިޟްވާން އަބްދުﷲގެ އިތުރުން، ބްލޮގާ ޔާމީން ރަޝީދު މަރާލަން ރާވާ އެކަން ކުރުވި މޭސްތިރިންގެ މައްޗަށް ދައުވާ ކުރުމަށް ކުރަން ޖެހޭ ކަންތައް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް (ޕީޖީ)އަށް ފޮނުވައިފިއެވެ.
މަރުކޮމިޝަންގެ ފަރާތުން ދައުވާ ކުރަން ފޮނުވާފައި ވަނީ، ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދު އާއި، ސާމިތު މުހައްމަދުގެ މައްޗަށެވެ.
މަރުތައް ތަހްގީގުކުރާ ކޮމިޝަނުން ތައްޔާރުކުރި ޑރ.އަފްރާޝިމް ރިޟްވާންގެ މަރުގެ މައްސަލަައިގެ ރިޕޯޓްގައި ވަނީ މަޒީދުއާއި ސާމިތަކީ ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރާ އޭގެ ސެލްތައް ރާއްޖޭގައި ހިންގާ ފަރާތްތަކެއްކަމަށް ތުހުމަތުކޮށްފައެވެ.
މި ތިން މަރާއި ގުޅޭ މި ދެ މީހުންނަކީ ރާއްޖޭގައި ހަރަކާތްތެރިވާ އަލް-ގައިދާގެ ގޮފީގެ އިސް ދެ މީހުންނެވެ.
މިއީ ރިޔާސީ ކޮމިޝަނުން ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވި ފުރަތަމަ މައްސަލައެވެ.
ސޫދު ކަލޭ ކަލޭށަރީއައް ކޮއްފަ ހުކުމް ވެސް އިއްވާލާފަ ތަންފީޒެވެސް ކޮއްލިނަމަ އެހެން ބަޔަކާ ނުބައްސާ.
ކޮބާ ސަޓޯ ؟؟ ހާދަ ނާއިންސާފުން ކަންތައް ކުރާ ބައެކޭ މީ..
އެންމެ ނުރައްކާ ކަމަށް ބުނާ އައިއެސް ގެ ވާހަކަ އެއް ނުދައްކަ އެވެ.
މާޒިދުއާއި ސާމިތުގެ ފޮޓޯނުޖަހާ އަބަދު އަމީނުގެ ފޮޓޯ ދައުރުވަނީ ކީއްވެ؟ 3 މީހުންނަށްވެސް އެއްވަރަކަށް ތުހުމަތުކޮށްފައޮތީ
ހަރުކަށި ފިކުރޭ ކިޔަނީ ހައްދުފަހަނަ އަޅާާ ދިއުމަށްތޯ...ނުވަތަ ދީނުގައި އޮތް މިންވަރަށްވުރެ ކަން ކަން ހަރުކަށިކޮށް ނެގުމުން ކަމަށްވެސް ދޭހަވޭ....ހަރުކަށި ފިކުރުގެ މީހުންނަށް ހޭލުންތެރިކުރުވުގެެ ޕްރޮގްރާމް ތަކެއް ހިންގައިގެން ހެޔޮ ނަތީޖާއަކަށް ވާސިލްް ވެވިދާނެ ކަމަށް ފެނޭ...އެކަމަކު ތިބުނާ ބަޔަކު ހަރުކަށިކޮށް ނެގި ދީނުގެެ ކޮން ހުކުމް ތަކެއްކަން އެނގެން ބޭނުން އަހަރެމެންވެސް...ދީނީ އިލްމު ނެތް ބަޔަކު ނުވަތަ މީހަކުވިޔަސް ދީނީ ކަން ކަމުގައި ގޮތް ނިންމަން އަހަރެން ތާއީދެއް ނުކުރަން...ދީނީ ހަރުކަށި ފިކުރު ކަނޑަ އަޅަން ދީނުގެެ އިލްމުވެރިންނަށް ނޫންް ބަޔަކަށް އެނގިދާނެބާ...؟ދީނުގެެ ބައެއް ޝިއާރުތަށް ބޭރުފުށުންް ނުފެންނަ އަދި ދީނުގެ ބައެއް މައިގަނޑު ކަންކަމަށް ބަހާއި އަމަލުން އިންކާރު ކުރާ ބަޔަކު ދީނީ ހަރުކަށި ފިކުރޭ ކިޔާނަމަ އެއީ ދީނީ ސައްހަ ފިކުރަށް ނިސްބަތް ކޮށް ބުނާ ބަހެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ ތާރީހުން ފެންނަން ހުރި ހެކިތަކުން ލިބެން އޮތުމުން ތިބުނާ ބަޔަކު ހަރުކަށިކޮށްްނެގި ދީނުގެ ހުކުމެއް އުސޫލެއް ދަލީލާ އެކު ސާފުކޮށްދިނުމަށް އެދެމެވެ...ހުޅަނގުގެ ގައުމުތަކާއި އަދި އެހެންވެސް ދީނަށް އަދާވާތްތެރިކަން ފާޅުކުރާ ބައިގަނޑުތަކުން ހަރުކަށިފިކުރުކަމަށް ކަނޑަ އެޅުމަކީ އެއީ ޒައްރެއްގެ މިންވަރުގެ ދަލީލެއްވެސް ނޫނެވެ...އަދި އެއީ ހައްގު ކަމަށް ބުރަވެވިދާނެ ސަބަބެވެ...
ތިޔަ ދެމީހުން ތިޔައިން ބޭފުޅެއްގެ މަރުގަ ބައިވެރިވެފަ ވޭތަ ؟ރިޒްވާނާ ގުޅެނީ މިނިވަންނޫހުގަ ލިޔުނު ލާދީނީ ލިއުމަކާތަ ؟ އެއީ ކޮންމެވެސް މީހެއްގެ އިންޓަވިޔު އަކަށް ވާނަމަ އެއީ ކާކު ގެ އިންޓަވިޔު އެއްތޯ އާއި އެއިންޓަވިޔު އައރިސްޓައިމްގަ ޖެހުނުގޮތް ކޮމިސަނުންބެއްލެވިބާ އަދި އެއިންޓަވިޔު މިނިވަން ނޫހުން ޑިލީޓް ކުރީ ކީއްވެ ކާކު އަންގައިގެންތޯ ތަހުގީގުން ބެލި ބާ؟އަފްރާސީމް ހަވަހާރަ ކޮށްލި މީހުން ހައްޔރުކޮށްފަިވާއިރު އެ ޖަރީމާ ހިންގުމުގާ މުޅިންވެސް ބައިވެރިވެފަ ވަނީ އެމްޑީޕީގެ އެކްޓިވެސްޓުންނަށް ވާއިރު އެމީހުން ކުރިކަމެއްނޫންކަން ދެއްކުމަށް އދ ގެ ވޯކިންގްރޫޕަށް އެމްޑީޕން ހުށަހެޅުމާއި އުސްފަސްގަނޑުހިސާރުގަ މަރަން ލިސްޓްހަދާ އެލިސްޓުގަ އަފްރާސިމްގެ ނަން އުސްފަސްގަނޑުގަ އޮވެފާ މަރާލި މީހުން މެދުއިރުމަތީގައުމަކަށް ދިޔަ ވާހަކޔާ ބޭރު ދެގައުމެއްގެ ވާހަކަ ބޭފުޅަކު ވިދާޅުވި އިރުވެސް އެބޭފުޅާއާ ކޮމިސަނުން ސުވާލު ނުކުރީ ކީއްވެބާ؟ މިކަމުގަ އޮޅުވާލުންތަކެއްވާކަމަށް ތުހުމަތު ކުރެވޭ.
އަދިވެސް އާލިފާއި ނޫރައްދީން މެދު އުޑުގަ ފިޔަޖަހަނީ މާލެ ތެރޭ ދޯ
ކުށެއް ނެތް ބަޔަކައް އަނިޔާ ދިނުން އޭގެ ހިތި ފެންނާނެ
މުނާފިގުންނަށްވެސް ދަޢުވާކުރޭ
ލާދީނީ މީހުންނަށް ވެސް އަދަބް ދޭން ޖެހޭ... ކޮބާތަ ޑްރަގް ބޭނުން ކޮށްގެން ތިބެ އެހެން ގޭންގް މީހުން މަރާ މީހުންތަށް.... އެމީހުން އެތިބަގެން މަގުމަތީގަ ރޯމާ ދުވާލު ފޭރި މީހުންނަށް ހަމަލާދެނީ... އެ ގޭންގް މީހުންނަށް ވެސް އަދަބްދީ... ގޭންގް މީހެއް ވެއްޖެޔާ އެއްދޮރުން ވައްދާފަ އަނެއް ދޮރުން ނެރޭނޭ.... ކިހާ ދެރަކަމެއް... މަގެއް މައްޗައް ނިކުނަން ވެސް ބިރުގަނޭ...