ރައްޔިތުންގެ މަޖިލީހުގެ މިހާރު ކުރިއަށްދާ ޖަލްސާގެ ތެރެއިން އަޑުގަދަކޮށް، އިހުތިޖާޖު ކުރަމުންދާތީ އިދިކޮޅު މެންބަރުންތަކެއް މަޖިލީހުން ތަޅުމުން ބޭރުކޮށް މަޖިލީހުގައި ތަޅުލައިފިއެވެ.

މަޖިލީހުގައި އިދިކޮޅު މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު ކުރައްވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ޖަލަށް ލައިފައިވާތީ، އެމަނިކުފާނު ދޫކޮށްލުމަށް އެދިވަޑައިގެންނެވެ. މިއަދު މަޖިލީހުގައި އަޑުގަދަ ކޮށް އިހުތިޖާޖު ކުރެއްވި މެންބަރުންގެ ތެރޭގައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަހިބަދޫ ދާއިރާގެ މެންބަރު އިބްރާހިމް ތޯރިގު އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން، .ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ހިމެނެއެވެ.

މީގެ ތެރެއިން ނަން އިއްވާފައި ވަނީ، ޝިޔާމް އާއި ސައިދުގެ އިތުރުން ހުސައިންގެއެވެ. މި މެންބަރުން ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައި ވަނީ، އަޑުގަދަ ނުކުރުމަށް އެދި، ނަސޭހަތް ދިނުމަށްފަހުއެވެ.

ރައީސް ޔާމީނަށް ޖަލު ހުކުމް އިއްވައި އެމަނިކުފާނު މާލެ ޖަލު އެނެކްސް-1 ގައި ބެހެއްޓެވުމުގެ ސަބަބުން އިދިކޮޅުން ވަނީ އެކަމާވެސް ނުރުހުން ފާޅުކޮށް އިހުތިޖާޖު ކޮށްފައެވެ. ރައީސް ޔާމީން ފަހުން ވަނީ މާފުށީގައި ހުންނަ ސިޔާސީ ބޭފުޅުންގެ ހާއްސަ ޖަލު ޔުނިޓަށް ބަދަލުކޮށްފައެވެ.

އަދި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވައިފައި ވީނަމަވެސް އެމަނިކުފާނު ކަފާލަތުގެ ދަށުން ދޫކޮށްލުމަށް ކެނޑިނޭޅި އެ މުޒާހަރާ ތަކުގައި އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލައްވަމުންނެވެ.

މިއަދު މަޖިލީހުން އިދިކޮޅު އިހުތިޖާޖު ކުރައްވަން ފެއްޓެވުމާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އެމެންބަރުން ނިކުމެވަޑައިގަތުމުން ސާޖެންޓް އެޓް އާމްސްގެ އަރިހުން ދޮރު ލެއްޕެވުމަށް ފަހު "ގޮބުގައި" ހިއްޕަވައިގެން ހުރުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު އަދަަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލްް ކޯޓުގެ ޝަރީއަތުން ނިންމައިފައި ވަނީ، އެމަނިކުފާނުެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން ހިޔާނާތްތެރި ވިކަމަށް ދައުލަތުން އުފުލި ތުހުމަތު، ދައުލަތާއި އެއްކޮޅަށް ނިންމައެވެ.

އެމްއެމްޕީއާރުސީ ގެ ހިޔާނާތަކީ މިހާތަނަށް ރާއްޖޭގައި ހިންގައިފައިވާ އެންމެ ބޮޑު ހިޔާނާތެވެ.

ރައީސް ޔާމީނަށް ގޮޅީގައި އަނިޔާދެމުން ގެންދާކަމަށް ބުނެ އިދިިކޮޅު ފަރާތްތަކުން ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް މައްސަލަ ހުށަހަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮއްކޮ

    އެއީ އެ މީހުން ރައްޔިތުނައް އިންސާފް ހޯދަދޭން މަސައްކައް ކުރާތީ!
    ސޮނިބެއައް ކަމުނުދިޔޭ!

    113
    14
  2. ާަޕޮގުބާ

    ވަރަށް ބަރާބަރު

    36
    92
    • ސަޓޯ

      ރީނދޫ ހުން ޖެހިފަ ހުންނަ މެމްބަރުންތައް ބޭރު ކުރީމަ ކަލެއަށް ވަރަށް ބަރާބަރު ވާނެ

      15
      4
  3. ހުސޭނުބޭ

    ރިއާސަތުގައި ކެނެރީގޭ ހިޓިލަރު އިނދެގެން ކުރާ ހުތުރު ކަންތައްތައް...... އެކަމަކު ނަންވާނީ މަސީޙު!

    126
    21
  4. ާަަސިނާ

    އިދިކޮޅު "ގިނަ" މެމްބަރުންނޭ؟؟؟!!! ހެހެހެހެ....

    20
    47
  5. ޤަމަރު

    އެންމެ 9 މީހުން ހިފަހައްޓާނުލެވޭ ދޯ؟

    25
    2
  6. ދަންނަ

    އިދިކޮޅުގަ ވަރަށް ގިނަ މެމްބަރުން ތިބޭ ތަ؟ ވަގެއްގެ ދިފާއުގަ ހަޅޭލަވަނީ.... އެވެސް ދެއްކުމަކަށް..

    19
    72
  7. އިސްތިޢުމާރު

    މީ 100% މު ސްލިމު ގައުމެއްގެ ރައްޔިތުން ތަމްސީލުން ކުރަން ހެޔޮވާ ޒާތުގެ ބަޔަކު އުޅޭތަނެއްނޫން، ތިޔައީ ގެރިއަށް ކުރުނީސްކުރާ، މަލިކާއި 1875 ކަޝްމީރާއި 1930 ސިއްކީމް 1975، އަދި ލަފާކުރެވޭ ގޮތުން ދިވެހިރާއްޖޭ 2025-2030 ހިސާބު އެއްކޮށް އަޅުވެތި ކޮށްނިންމުމަށް އިންޑިއާގެ އިސްތިޢުމާރާ ބެހޭ މުއައްސަސާއިން ކޮންޓުރޯލުކުރާ، އަދި އެމީހުން ޚަރަދު ކޮއްގެން ގެނައި ދެއުޅުއެއްނުވާ ރުވައިބިޟާ އިންގެ މަޖިލިހެއް.

  8. ބިޖޫ

    ކެނެރީދާއްބަ މަޖިލިހުގެ ރައީސްގެ ގޮނޑި އެއިނީ ވަގައްނަގައިގެން އެއީ 13 އަހަރު ޖަލުހުކުމެއްގަހުރި ދާއްބައެއް ގައްދާރެއް ޖަނަވާރެއް ހިބަރެއް ޓެރަރިސްޓެއް ވެލާނާގެއިން ވައްކަންކޮއްފަގުރި ބޮޑުވަގެއް

    21
    3
  9. ސަޓޯ

    ހުދުމުހުތާރު ގަންޖާ އެމްޑީޕީ.. އިބުރޭގެ ޒީރޯ ޓޮލަރަންސް ދޯ

    22
    2
  10. ރޮނޑާ

    ހައް!!! އިދިކޮޅު ގިނަ މެމްބަރުން. އެކަކައް ވުރެ ގިނަ ދޯ.

    4
    2