މަޖީދިއްޔާ ސްކޫލު ކައިރިން މީހަކަށް ހަމަލާދީ ފޭރިގަނެފިއެވެ.

ފުލުހުން ވިދާޅުވީ، މިއަދު މެންދުރުފަހު މީހަކަށް ހަމަލާދީ އޭނާ މަގުމައްޗަށް ވައްޓާލާފައިވާ ކަމަށާއި، އޭނާގެ އަތުގައި އޮތް 2،800 ޑޮލަރާއި ފޯނު ފޭރިގަނެފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުނ ްވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މާލޭގައި ފޭރުމާއި، ވައްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.