ގަލޮޅު ގެއެއްގެ ދޮރު ފަޅައިގެން ވަދެ ވައްކަން ކޮށްފިއެވެ.

ވައްކަން ކޮށްފައި ވަނީ ގ. ލައިފް ގޭގެ ތިން ވަނަ ބުރިންނެވެ.

ވަގުން އެގެއަށް ވަދެ ވަރަށް ގިނަ ތަކެތި ގެންގޮސްފައި ވެއެވެ. އެގެއިން ވައްކަން ކޮށްފައި ވަނީ މިއަދު ހަވީރު 16:00 ހާއިރު އެވެ.

ފުލުހުން މިހާރު ދަނީ އެ ގޭގައި ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަައިވެސް ގަލޮޅު ގެއަކަށް ފުލުހުން ވަދެ ދަނީ ބަލާ ފާސް ކުރަމުންނެވެ.

އެނގިފައިވާ ގޮތުން ވަގުން އެގެއަށް ވައްކަން ކުރިއިރު އެގޭގެ އެކަކު ފާހަނާގައި ހުއްޓެވެ.

އެގެއިން ޕީއެސް4 އަކާއި ގިނަ އަދަދެއްގެ ގަހަނާގެ އިތުރުންވެސް ބައެއް ތަކެތި ވަނި ގެންގޮސްފައެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ވަންއިރު އެގޭގައި ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. ނަމަވެސް ފައިސާތައް ވަގުންނަށް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އެންދެރި

  ސަރުކާރު ގިނަ ބަޔކު ދޫކުރާތީ ދިމާވާ މައްސަލަ އެކެވެ

  28
  1
 2. ޔޫޖެންޑަރ 19

  އަދިވެސް ކުށްވެރިން ދޫކޮށް ވައްކަމުގެ ގެއްލުން ލިބޭ ފަރާތްތައް ޖަލަށްލާ. މިސަރުކާރުގެ އިންސާފަކީ އެއީ.

  17
  1
 3. ޖަލު

  ޖަލުގައި ތިބި ކުށްވެރިންނަށް ކާންދީ ނުބެލެހެއްޓިގެން ދޫކުރުމުގެ ނަތީޖާ.

  5
  1