އަގުހެޔޮ ވެއްޖިއްޔާ މީރު ނުވެދާނެއެވެ. މީރު ވެއްޖިއްޔާ އަގުހެޔޮ ނުވެދާނެއެވެ. އެހެން ނަމަވެސް މިއަދު ހުޅުމާލޭގައި ހުޅުވި "ޑްރީމްސް ޕިއްޒާ" އަކީ މި ދެކަންވެސް އެއްތަނަކުން ވެގެންދާނެ ރެސްޓޯރެންޓެކެވެ.
ޑްރީމްސް ޕިއްޒާ ރެސްޓޯރެންޓުގެ ވެރިޔާ އިބްރާހިމް ހުސައިން (އިއްބެ) "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނާގެ އަމިއްލަ ގެސްޓްހައުސް ޑްރީމްސް ގްރޭންޑްގެ ކުޑައިގެ ދަށުގައި ޑްރީމްސް ޕިއްޒާގެ އިތުރުން ޑްރީމް ޑައިނަރ ވެސް މިހާރު ހިމެނޭ ކަމަށާއި، ޑްރީމްސް ޑައިނަރ އަކީވެސް އަގު ހެޔޮ، އަނގަޔަށް މީރު ބާވަތްތަކެއް ލިބިގެންދާނެ ތަނެއް ކަމަށެވެ. އަދި އެތަނަކީ ދިވެހިންނެކޭ އެއްފަދައިން ފަތުރުވެރިންނަށްވެސް ހާއްސަކޮށްގެން ހިދުމަތް ދެވޭ ފެންވަރުގެ ތަނެއް ކަަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑްރީމްސް ޕިއްޒާ އަދި ޑައިނަރ ގެ މަގްސަދަކީ ވީހާވެސް ގިނަ ބަޔަކަށް، އަގުހެޔޮކޮށް ހިތްހަމަ ޖައްސައިލައިގެން ކާލެވޭނެ ފަދަ މާހައުލެއް އަދި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ޑްރީމްސް ޕިއްޒާގެ އަދި ޑައިނަރ މެނޫތަކަކީ ކޮބާ؟
ޑްރީމްސް ޕިއްޒާ އަދި ޑައިނިންގެ ޖުމްލަ ތިން މެނޫ އެއް ހިމެނެއެވެ. އޭގެ ތެރޭގައި ކޮފީ މެނޫ އަކާއި، ޕިއްޒާ މެނޫއެއްގެ އިތުރުން ޑައިނަރގެ މެނޫ ހިމެނެއެވެ. ޕިއްޒާ މެނޫގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި ސިއްހަތަށް ރަނގަޅު އެކި ބާވަތް ބާވަތުގެ ޕިއްޒާ އާއި އާންމުކޮށް ދިވެހިންގެ ތެރޭގައި މަގުބޫލް ބާވަތްބާވަތުގެ ޕިއްޒާ ހިމެނެއެވެ. ޕިއްޒާ އަކީ ޑްރީމްސް ގްރޭންޑްގެވެސް އެންމެ ހާއްސަ ކެއުން ކަމަށް އިއްބެ ވިދާޅުވިއެވެ.
ޑައިނަރގެ މެނޫގައި ބާގަރ އާއި، ނޫޑުލްސް އަދި ދިވެހިންގެ ތެރޭގައި މަގުބޫލް ތަފާތު އެހެނިހެން ވައްތަރުތައް ހިމެނެއެވެ. ޑްރީމްސް ޑައިނަރގެ މެނޫ އަކީވެސް ޕިއްޒާ އެކޭ އެއްފަދައިން ސިއްހަތަށް ވިސްނާ ފަރާތްތަކަށް ކަމުދާނެ ގޮތަކަށް ތައްޔާރުކޮށްފައިވާ މެނޫއެކެެވެ.
ޑްރީމްސް ގްރޭންޑްގެ ރެސްޓޯރަންޓް ތަކުގެ މުވައްޒަފުން:
އިއްބެ މައުލޫމާތު ދެއްވި ގޮތުގައި އެތަނުގެ ބަދިގޭގައި ހަރަކާތްތެރިވާ ޝެފުންނިން ފެށިގެން ޑެލިވަރީ މުވައްޒަފުނާ ހަމަޔަށް ތިބޭނީ، ހުނަރުވެރި، ހީވާގި، އަދި ޒުވާން މުވައްަފުންތަކެއް ކަމަށެވެ. އެގޮތުން އެތަނުގެ ޝެފުންނަކީ ބައިނަލްއަގުވާމީ ބޮޑެތި ރެސްޓޯރަންޓްތަކުގެ މަސައްކަތް ކޮށްފައިވާ ބައެއް ކަމަށާއި، ދެން އެތަނުގައި ހަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންނަކީވެސް ހީވާގި ޒުވާން ބައެއް ކަމަށެެވެ.
ޑްރީމްސްގެ ރެސްޓޯރަންޓްތައް މުސަތްގުބަލުގައި:
މީގެ އިތުރުން ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް އިތުރަށް ރަނގަޅު ކުރުމަށްޓަކައި، ހާއްސަ އެޕްލިކޭޝަނެއް ތައްޔާރުކޮށް އަންނަ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހު ލޯންޗް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެއީވެސް ކަސްޓަރމަރުންނަށް ފަސޭހަ، އަދި ފަހުގެ ގޮތަކަށް ތައްޔާރު ކުރާ އެޕްލިކޭޝަނެއް ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. ޑްރީމްސް ޕިއްޒާއިން ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޑްރީމްސް ޕިއްޒާ، ގްރޭންޑް އަދި ޑައިނަރ ގެ ލޮކޭޝަން އަކީ ކޮބާ؟
މި ރެސްޓޯރަންޓުތައް ހުންނާނީ ހުޅުމާލޭ ނިރޮޅު މަގުގެ 13 ވަނަ ގޯޅީގެ ކަނާތްފަޅީގައެެވެ. ނުވަތަ "ބޮމްބޭ ދަރުބާރު"ގެ ފުރަގަސް މަގުގައެވެ.
މި ހުރިހާ ފުރިހަމަ ކަންކަމަކާއި އެކު ޑްރީމްސް ޕިއްޒާ އަދި ގްރޭންޑް އަކީ ކަސްޓަމަރުން ބަލައިގަންނާނެ ފަދަ، ކޮލިޓީ ރަނގަޅު، މީރު ރަހަތަކެއް ތަޖްރިބާ ކޮށްލަން ލިބޭނެ ތަނެއްކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ތަޖުރިބާ ކޮށްލަން ބޭނުންފުޅު ވާނަމަ އަމިއްލަ އަށް މިތަނަށް ދުރުވެ، ކެއުމަށް އިންސާފު ކޮށްލާށެވެ.
އަގު ހެޔޮ؟ ކޮބާ އަގަކީ؟ ހެވެއް ނުވާނެ. އެހެންނަމަ އަގު ޖަހާނެދޯ.
ކޮބާތަ ތިބުނާ ހެޔޮ އަގަކީ.، އަޅެ އަގުތައް ވެސް ޖަހާލިނަމަ
މި އަދު ގަ އުމުގެ ހާލަތު ހުރިގޮތުން ތިވަރުގެ އެއްޗެއްވެސް ކާލެވޭނީ ހިލޭދީފިޔާ.
ވަރަށް އަގުހެވޭނު. އަގުބަލާފަ ކިރިޔާ ދެލޯ ފުންމާނުލީ. އެކަމު ވަރަށް މީރު އެތާ ޕިއްޒާ އެހެން ތަންތަނާ ބަލާފަ. ހަމަ ވޯތް އަގާބަލާ. ވާނެ ގޮތަކީ އަހރެން ކަހަލަ ފަޤީރުންނަށް އެއް ރުފިޔާވެސް ވާނީ ބޮޑު އެއްޗަކަށް. ނައިސް ވިއު އަނެއްކާ. ސާވިސް ވެސް ވަރަށް ރަނގަޅު.