ލޯކަލް ކައުންސިލްތަކަށް އިންތިޚާބުވާ މެމްބަރުންވެސް މަޤާމުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދޭން، ލާމަރުކަޒީ ޤާނޫނު އިސްލާހުކުރަން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީ އިން ފާސްކޮށްފިއެވެ.

ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ކައުންސިލަރަކު ނުވަތަ ކައުންސިލްގެ ރައީސަކު، ނުވަތަ ސިޓީ އެއްގެ މޭޔަރަކަށް ވިއަސް، އެ ބޭފުޅަކު ވަކި ކުރުމުގެ އިޙްތިޔާރު މިހާރު ކޮމެޓީ އިން ފާސްކޮށްފައި އޮތް އިސްލާހު މަޖިލީހުގެ މެމްބަރުންގެ ޢައުލަބިއްޔަތުން ފާސްކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހަށް ކުރިއަށް އޮތް ތަނުގައި ލިބިގެންދާނެއެވެ. ނަމަވެސް، އެބޭފުޅުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ އެލްޖީއޭގެ ބޯޑު މެމްބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

"ކައުންސިލުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކޮށް އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ޤާނޫނީ އިމުން ބޭރުން ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ، ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ވަމުން ދާކަން ފާހަގަ ކުރެވިއްޖެނަމަ، އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ރައީސް މަޤާމުން ވަކިިކުރުމުގެ ގޮތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވެ އެވެ." ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވެ އެވެ.

އެލްޖީއޭއިން ހުށަހަޅާ ހުށަހެޅުމަކާ އެއްގޮތަކަށް ކައުންސިލަރަކު ނުވަތަ ރައީސްއަކު ނުވަތަ މޭޔަރަކު ވިއަސް، މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އޭނާ އެ މަޤާމަކުން ވަކިވާނެ ކަމަށްވެސް ޤާނޫނަށް ގެންނަން މިހާރު ފައްކާ ކޮށްފައިވާ އިސްލާހުގައި ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮވާފައި ތިބޭ މެމްބަރުންނަށް، ރައްޔިތުންގެ ވެރިންގެ ގޮތުގައި އެ ރައްޔިތުން ހޮވާ ކައުންސިލަރުން ވަކި ކުރެވޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމާ މެދު މިހާރުވެސް ބޮޑެތި ފާޑުކިޔުންތަކެއް އެބަހުއްޓެވެ. އަދި އެއީ، އެއް ބާރު އަނެއް ބާރަށް ނުފޫޒު ފޯރުވައިގެން ކަންތައްތައް ކުރުން ކަމަށް ބައެއް ރައްޔިތުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހިޓްލަރ

    ކޮމިއުނިޒަމް..... އަތް ގަދަކުރަމުން ގޮސް ރައްޔިތު މީހާގެ އަބިން ނަށްވެސް އަތްފޯރުވަން ފާސް ކުރާނެ....

    41
  2. ބަބުރޭ

    ޢަދި ރާއްޖޭގައި ވަރި ކައިވެނިވެސް ތިޔަތަނުން ކޮށްދޭނެ

    35
  3. ޤައުމު

    އަނބި ފިރިކަމުގެ ގުޅުމުގެ ބާރުވެސް މަނިކުފާނު ނަންގަވާ އެޖެންޑާ 19 ސަޅި

    35
  4. މުފައްކިރު.

    ދެން އެންމެ އަވަހަށް އިސްލާޙަށް ލާނީ ސަރުކާރު ހިންގުމުގެ ބާރުން ބައެއް ނުވަތަ ބާރު މަޖިލީހަށް ހޯދުމަށް ކަންވެސް ނޭގެ.

    30
  5. ޙާސަރު

    ވަރިކުރުމުގެ ބާރުވެސް މަޖުލިހައް ނަގަންފެނޭ

    22
  6. ދޮށިކޮއި ޢަލީގެ މުޙައްމަދު

    25 އަހަރުން ދަށު އަންހެނުން ވިއްސަންވެސް މަޖިލީހަށް ގެންގޮސް ވިއްސާ ދޮކްޓަރަކަށް މަޖިލީހުގެ ރައީސް ވެފަ ފޫޅުމާ ފޯމްފެސް މަޖިލީހުން ދޫކުރާގޮތަށް ހަދަންފެނޭ

    26
  7. ޑެއިލް

    ސާބަހޭ އެލެކްސް ފާގަސަން. ޢިބޫވެސް ވަކިކުރުމުގެ ބާރު މަޖްލިހުގެ ރަ އީސަށް ދޭންފެނޭ.

    20
  8. މާހިރު

    އަސްލު ތީތި ހަމަ ސަޅިތަ ތިނޫން ގޮތެއް ހަމަ ނެއްތަ ވޯޓުލީ މީހުންގެ ރައުޔަކަށް ފޮނުވުން ކިހިނެއްބާ ރަނގަޅުވާހަކައެއް ތިޔަވިދާޅުވާ ގޮތައް ވިޔާނުދާ ކައުންސިލަރުންވެސް އުޅޭ ހޮވުމަށްފަހު ލައްކައެކޭ ހީވާ ބޭފުޅުންވެސް އުޅުއްވާ

    12
    2
  9. ހައްދުފަހަނައެޅުން

    ޚުދުމުޚުތާރުކަމާއި ޖައްބާރުކަމާއެކު ވެރިކަން ކުރަން ފެށުމުގެ ތަޅުދަނޑި. އިހުގައި ކަތީބުންގެ މައްޗަށް ވެރިން ބަސްކިޔައި އުޅުނު ގޮތަށް މަޖިލީހުން ކައުންސިލަރުންގެ މައްޗަށް ބަސްކިޔަނީ.

    19
  10. ހަސަންކޮ

    ރައްޔިތުންގެ ވޯޓުން ހޮވޭ ހުރިހާ މީހުންވެސް ، ރައްޔިތިންނަށް ވަކި ކުރުމުގެ ބާރު ދޭންވީ.!! ރައީސަކަސް ، ރައްޔިތުންގެ މަޖިލިސް މެމްބަރ އަކަސް.......!!!

  11. ރައްޔިތުމީހާ

    މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށްވެސް ދޭންވީ. މަސައްކަތުގައި އިހުމާލުވާ އަދި އަމިއްލަ އެޖެންޑާތަށް އިސްކޮށްގެން މަސައްކަތްކުރާ މެމްބަރުން ބައިވަރު. މެމްބަރުންވެސް އަދި ކައުންސިލަރުންވެސް ހޮވަނީ ހަމަ ރައްޔިތުން. މިހާރުދެން މާމައްޗަށް މިދަނީ ކަންތައްތައް...

  12. ޖަރީމާ

    ހޮވުމަށްފްހު ވިޔާނުދާކޮށް އުޅޭ އެމް. ޕީން ވަކިކުރުމުގެ ބާރު އެދާ އިރާ އެ އްގެ ރަ އްޔިތުންނަށް ދިނުން މާ މުހިއްމު. ދީނާ, ޤަ އުމާ, ޖުޑިޝަރީ ހިމާޔަތްކުރަން ވަޢުދުވެ, ހޮވުނީމާ އެމް ޑީ އެން ދިފާޢު ކުރުމާ, އިސްލާމްދީނަށް ނަސްރުދޭ ޖަމާޢަތްތަ އް ނަ އްތަ އިލަން ވޯޓްދީ، އިސްލާމްދީނަށް ފުރަ އްސާރަކުރާ މީހާގަނޑު ބުނާ ކޮންމެ ކަމަކަށް އެ އްބަސްވެ އެ އްބާރުލުން ދިނުމަކީ ވިޔާނުދާވުމެ އް ނޫންބާ!

  13. ބުނަން.....

    2020 ގައި ނަކަތްގެލެއްވުމުގެބާރު މަޖިލީހަށް!! ޙުރިހާ ބާރެއް ޖީބަށް ސާބަހޭ އެޖެންޑާ 19
    ތިއޮތީ މޮޔަހަސަނަށް މޫދު ހިތަކަށް "ކަރުތާފެނަށް އެރި ނޭވާ ހާސްވަންދެން ތެޅިބާލާ"

  14. ަެވެރިން

    ކައުންސިލަރުން ކަރަށް މަޅިއެއް މަހާލީ ދޯ

  15. މިއަދު

    އިދެގެންއުޅޭ ދެމަފިރިން ވަރިކުރުމުގެ ބާރާއި ހުސްހަށިބައިކޮށް ތިބޭމީހުން ގަދަކަމުންވިއަސްކައިވެނިކުރުމުގެ ބާރު މިމަޖިލިހަށް ނުނަގާނެބާ

  16. ކާކު

    މަށަށް ހަމަ ގޯހީ ސްޕަރ މެޖޯގެ ރައީސް މީހާ ހޮވި މީހުން ހުރި ހިތާމައެއްގެ ބޮޑު ކަމާއެ. އެދުމެއްނެތި ވެދުމެއްނުކުރާނެ. މައްޗަންގޮޅި ރައްޔިތުން