ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ޤައުމުތަކަށް މަޢުލޫމާތު ދިނުމުގެ ގޮތުން ޕީޕީއެމް-ޕީއެންސީގެ ކޮންގްރެސް ކޯލިޝަނުގެ ފަރާތުން 2 ބޭފުޅަކު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވައިފިއެވެ.

ގއ.ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ބަޔަކަށް ދިނުމުގައި ދިވެހި ދަޢުލަތަށް ލިބެންޖެހޭ 1 މިލިއަން ޑޮލަރު، އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލައެއްގައި ދަޢުލަތުގެ ފަރާތުން ރައީސް ޔާމީނާ ދެކޮޅަށް އުފުލި ދަޢުވާގައި ކްރިމިނަލް ކޯޓުން ހިންގި ޝަރީޢަތުގައި ރައީސް ޔާމީން ކުށްވެރިވާ ކަމަށް ވަނީ ނިންމާފައެވެ. އެ މައްސަލައިގައި 5 އަހަރަށް އެމަނިކުފާނު ޖަލަށް ލުމާއެކު، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވަނީ ޙުކުމް ކޮށްފައެވެ.

ރައީސް ޔާމީންގެ ޙުކުމާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސް، އަހްމަދު ޝިޔާމް އާއި ޕީއެންސީގެ ނައިބު ރައީސް، މުހައްމަދު ސަޢީދު އެވެ. ޝިޔާމް އާއި ސައީދުގެ މި ދަތުރުފުޅުގައި ބޭރުގެ އެކި އެކި ޤައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓުންނާއި ބައްދަލުކޮށް މަޢުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީނަށް ކޮށްފައިވަނީ "ސިޔާސީ" ޙުކުމެއް ކަމަށާއި، އަދި އެއީ "ބާތިލް" ޙުކުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުން މިހާރު ވަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއްވެސް ފަށާފައެެވެ. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ކޮންމެ ދުވަހަކު އިހުތިޖާޖު ކުރުންތައް ކުރިއަށް ގެންދެއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން މިހާރު ވަނީ އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެބޭފުޅުންވެސް ދެކެވަޑައިގަންނަވާ ގޮތުގައި އެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާވެސް ޙިލާފަށް ކޮށްފައިވާ ޙުކުމެކެވެ. އެގޮތުން އެބޭފުޅުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޙުކުމް ނެރުމުގައި، ދަޢުވާގައި ބުނާ ކަންކަމުގެ އިތުރަށް ބައެއް އެހެން ރިޕޯޓުތަކަށް ރިއާޔަތް ކޮށްފައިވުން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގައުމީލޭ

  ތިޔާ ތަންކޮޅެއް ހައިބަތު ބޮޑު ޓީމަކުން ދިޔަ ނަމަ އެންނު ރަނގަޅުވާނި. މުންދުއާއި ޖަމީލުވެސް ގެންދިޔަ ނަމަ ރަނގަޅުވީސް.

  19
  2
 2. ރޮނޑާ

  ގައުމު ތަކައް ގޮސް ކަލޭމެން ދެމީހުން ދޮގު ނަހަދާތި؟ ޔާމީންގެ މައްޗައް ކުރި ދައުވާގެ ހުލާސާ ރިޕޯޓު ގެންދަންވާނެ. އެއްމިލިއަން ޑޮލަރުގެ ޗެކައް ޔާމީން ހެދި ގޮތެއް ކަލޭމެން ބޭރު ގައުމު ތަކުގެ ސަފީރުންނައް ރަގަޅައް ކިޔާދޭތި. އަމިއްލަ އައް ލޮޓިއެއް ނުބޯތި. ބޮނޑިބަތް ޖަމީލު ނުގެންދިޔަޢީ ކީއްވެ. އޭނަ ގެންދިޔަނަމަ ވަރައް މަޖާވާނެ. . . . އިތުރައް ބޭޒާރު ވާންތިދަނީ. މިތާގަ ހިގާ ހުރިހާކަމެއް ދުވަހުން ދުވަހައްއެމީހުންނައް އޮނަނާނީ އެގިފައި. ކަލޭމެންނައް ތިހީ ވަނީ ޔާމީނާއި ބެހޭގޮތުން ގައުމުތަކުން ބަޔާނެއްހާ މިންވަރުވެސް ނުނެރިގެން އުޅެނީ ގައުމުތަކައް ނޭގިގެން ކަމަތައް.ޔާމީނަކީ ގައުމެއްގެ ރައީސެއްގެ ހައި ސިއްޔަތުން ބަޔަކު ބަލައިގަތް މީހެއްނޫން. ކުރީގަ އެމީހުންނަ އެގިފައި އޮތީ އިންޑިއަން އޯޝަންގެ މުގާބޭގެ ގޮތުގައި. ކަލޭމެންކާރިން ސަފީރުން ސުވާލުކުރާނެ ކީއްވެހޭ މުގާބޭ ޖަލައްލީ. ކަލޭމެންބުނާނެ ވައްކަން ކޮއްގެންނޭ. އެމީހުންނައް ވާނެތަ އާވާހަކަ އަކައް. އެމީހުންނައް އެގޭ މުގާބޭ ވައްކަންކުރާނެކަން. . . ކަލޭމެން ކުރީގަ ބުނަމުން އައީ ގައުމުގެ ދާހިލީ ކަންތަކާ ފަރަންޖީންނަކާއި ނުބެހެވޭނެޔޯ. ކިހިނެއްމިިވީ.

  19
  18
 3. ނަރެލް

  ބޭރު މީހުން ޖެހޭތަ މިގައުމުގެ ކަންކަމުގެ ތެރެއަށްވައްދަން ހައްޖައް ދިއައްޔާ މާރަނގަޅުވާނެއްނު

  23
  15
 4. އަލްޖިބްރާ

  މިއީ ދެން ބަޔަކު ކަމެއްކުރީތީ މަށައްވެސް ވާނެއޭ ކިޔާފަ ދަޅަދައްކާލަން ކުރާ ކަމެއް ! ބަލަ ތިޔަމީހުންކައިރީ " ދިވެހިންގެ ކަންތަށްކުރާނީ ދިވެހިންނޭ "ބުނި ހަދާން އެބަހުރިތަ ؟ މިހާރު އެމީހުންގެ ފައިބުޑަށް ދިޔާމާ ، އަމިއްލަ .... ށް ފައިން އެރުނީނު ؟ ކަލޭމެންގެ ލަދުހަޔާތޭ މިކިޔާ ކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތީތަ ؟ތިޔަ ވައި އަގަތަޅަން އެމީހުންގެ ގާތަށް ދިއުމަށް ވުރެ ތިކަމަށް ޚަރަދު ކުރާ ފައިސާތަށް ފަޤީރު ، ޔަތީމު ، މިސްކީނުން ނަށް ޚަރަދު ކޮށް ﷲގެ ހަޟްރަތުގައި ޔާމީނުގެ ކުށްފާފަތަށް އަފޫ ކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާ ޔާމީނު ސަލާމަތް ކޮށްދެއްވުމަށް އެދި ދެންނެވުން މާ އައުލާކަން ބޮޑު! ﷲ އެކިިމީހުނަށް އެކިކަހަލަ މުސީބާތް ޖައްސަވަނީ އެމީހަކު ނުވަތަ އެބަޔަކު ކަންތަށް ކުރާ ގޮތުން ! އެކަންތަކުން މިންޖު ކުރައްވާނީވެސް ހަމަ އެފަރާތުން ! އަދިވެސް ހޭ އަރާކަށް ނުވޭތަ ؟

  16
  18
 5. ޓޮމް

  ކަމޯން!!! ކޮމަންވެލްތް އިން ވަކިވިގޮތް އަދި ގައުމުތަކުން ހަނދާނެއް ނުނެތޭނެދޯ. ޕްލީސް ތި ގޮތަށް ކުޑަކުދިން ގޮތަށް ކުސްތަޅަން ނޫޅޭ.

  3
  3
 6. ސޫޒަ

  ޔާމީނުގެ 5 އަހަރުގެ ވެރިކަމުގައި ޔާމީނަށް އެނގެނީ ހަމަ އެކަނި ޗައިނާ ދެންއެހެން ޤައުމެއް އޮންނަކަމެއް ނޭންގޭ ސައީދު އާއި ޝިޔާމް ދަންނަބަޔަކު މިދުނިޔޭގައިވެސް ނެތް