އިންޑިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކަށް އަނިޔާ ވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ގިނަ އަދަދެއްގެެ ދިވެހިންތަކެއް ގޮސް އުޅޭ ޓްރިވަންޑްރަމްގެ މެޑިކަލް ކޮލެޖު ސަރަހައްދުގައެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ފ.ނިލަންދޫ އަށް ނިސްބަތްވާ އަންހެނެއް ކަމުގައިވާ ފާތިމަތު އަހުމަދަށެވެ. އެކްސިޑެންޓުގެ ސަބަބުން އޭނާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ފާތިމަތުގެ ގައިގައި ޖެއްސުމުންނެވެ.

ކާރުން ޖެއްސުމަށް ފަހު އެ ކާރު ދުއްވަން އިން ޑްރައިވަރު ވަނީ މަޑުނުކޮށް، އެތަނުން ފިލާފައެވެ.

އިންޑިއާގެ ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަޖީ

    އިންޑިއާވީމާމާބޮޑުކަމެނޫން

    48
    5
  2. ސަމާ މާލެ

    ސަރުކާރުން އަތް ޖަހާ. ދެން އަތް ޖަހާ.

    21
    3
  3. ާައަސްލަމް

    މި އޮށްސަރުކާރެށް

    20
    1
  4. ބޮޑުގެރިމޯދީ

    ދިވެހިއޯކޭ އިންޑި އާ އޯކޭ ބޭބެ ކޮންމަ އްސަލަ ދިވެހިކޮން މަ އްސަލަ

    16
    1
  5. ނިކް

    އިންޑިއާގެ ޓުރިވެންޑިރަމަށް ޑަކްޓަރަށް ދައްކަން މިހާރު ދާނީ ހޭދެބައިވެތަ ތިބޭ މޮޔައިން.. ބޭރަށް ގޮސް ދެއްކީމޭ ބުނަންދާތަނެއް.. ހުޅުނާލެ ޓުރީޓޮޕް ވެސް ހަގުނަ ރަނގަޅުވާނެ ތިތަނަށްވުރެއް.. ސޭފުވެސް ވާނެ

    29
    4
  6. މިއްޓޭ

    ތީގެރިމޯދީ ރާވައިގެން ޔާމީންގެ ސަޕޯޓަރެ އް ކަމަށް ހީކޮށް ކުރިކަމަކަ ކަށްވާނީ. ޒީރޯޓޮލަރެންސް އަށް އެގޭނެ ތީގެ ހަގީގަތް

    22
    3
  7. ފާތުށް

    ދެ ފަރާތް ބަލައިގެން ދޯ ހުރަސް ކުރަން ވާނީ. އެމީހެއްގެ ސަލާމަތް އޮތީ އެމީހެއްގެ އަތުގަ. ކާރު ޖެއްސި މީހާ ހޯދާ ހައްޤު އަދަބު ދޭންވާނެ