މިދިޔަ މަހުގެ 27 ވަނަ ދުވަހު ޙިތާނު ކުރި ކުއްޖަކަށް ފަރުވާ ދިނުމުގައި ހުޅުމާލެ ހޮސްޕިޓަލުން އިހުމާލުވުމުގެ ސަބަބުން، އެ ކުއްޖާގެ ކުރިމަތިފަރާތް އެއްކޮށް ފިހި، ހާލު ވަރަށް ބޮޑަށް ގޯސްވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުން އިހުމާލުވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ޙިތާނު ކުރި 5 އަހަރުގެ ކުއްޖަކު، އޭނާ ގެއަށް ބަދަލުކުރުމަށްފަހު އޭގެ 1 ދުވަސް ފަހުން، މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ކުއްޖާގެ ކުރިމަތިފަރާތުން ލޭ އަންނާތީ ހޮސްޕިޓަލަށް ދިޔުމުން އޭނާއަށް ފަރުވާ ދިނުމުގައެވެ. އެކަމުގެ ސަބަބުން އެ ކުއްޖާއަށް ބޮޑު ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެ ކުއްޖާގެ ބައްޕަ، ޖާދުﷲ "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނީ ކުއްޖާގެ ކުރިމަތިފަރާތުން ލޭ އަންނާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގޮސް، އިމަޖެންސީ ރޫމަށް ދިޔުމުން އެތާނގައި ފަރުވާ ދިނުމަށް ތިބީ ދިވެހި އަންހެން ޑޮކްޓަރަކާއި، ފިރިހެން ޑޮކްޓަރަކު ކަމަށެވެ. އެމީހުންނަށް ދެއްކުމުން، ލޭ އަންނަނީ ޙިތާނު ކޮށްފައި ހުރީމަ އެތެރޭގައި ބްލޮކް ވެފައި ހުރި ލޭ ކަމަށް އެ ޑޮކްޓަރުން ވިދާޅުވިއެވެ. ޙިތާނީ ބޭސްގަނޑު ނައްޓަން ވެސް ޑޮކްޓަރުން ޢަމަލު ކުރީ ވަރަށް އިހާނެތި ކޮށް ކަމަށް އެ ކުއްޖާގެ ބައްޕަ ބުންޏެވެ.

"3 ނަރުހުން ކުއްޖާގެ 2 ފައިގަ ހިފަހައްޓާފަ، މިބުނާ 2 ޑޮކްޓަރުން ހިތާނީ ފާރުގައި އަޅާފައި ހުރި ބޭސްގަނޑު މި ނެއްޓީ ގަދަކަމުން. އޭރުވެސް ކުޑަ މީހާ ރޮއެ، ހޭރެނީ. ވަރަށް އިހާނެތި ކޮށް، އެއްވެސް ކަހަލަ ތަދު ކެޑުމެއް ނެތި ހަމަ ޖަހާ އުފުރާލީ."

ޖާދުﷲ ބުނީ ޑޮކްޓަރުން ބުނެގެން ނަރުހުން ބޭސްފުޅިއެއް ގެނައީމަ، ޑޮކްޓަރުން ކަފަ ބުރަކަށް ބޭސް އަޅާލާފަ، މުޅި ކުރިމަތީ ފަރާތުގައާއި، ހިތާނީ ފާރުކޮޅުގައާއި އެއްކޮށް އެ ބޭސް އުނގުޅީމަ، އޭނާގެ ދަރިފުޅުގެ ކުރިމަތިފަރާތް ހަމަ އެވަގުތު އެއްކޮށް ހަންގޮސް، ފިހިއްޖެ ކަމަށާއި، ކުޑަ މީހާ "މޮޔަ ވެއްޖެ" ކަމަށެވެ. ބޭސް އަޅައި، ކުޑަ ކުއްޖާގެ ކުރިމަތިފަރާތް ފިހުނީމަ، އިމަޖެންސީ ރޫމްގައި ޙިދުމަތް ދިނުމަށް ތިބި 2 ޑޮކްޓަރުން ނުކުމެ ގޮސްފި ކަމަށާއި، ނަރުހުންވެސް ކައިރި ނުވި ކަމަށް ޖާދުﷲ ވަރަށް އަސަރާއެކު ކިޔާދިނެވެ.

"ކުޑަ މީހާ އެތާ ރޮއެ، ހޭރި މަރަށް ތެޅުނުއިރުވެސް ޑޮކްޓަރަކުވެސް ނައި، ނަރުހަކުވެސް ނައި. އޭރު އަޅުގަނޑުގެ އަންހެނުން އެތާ ހުރެގެން ރޮއެ ނަގަނީ ކުޑަ މީހާ ސަކަރާތްވެގެން." ޖާދުﷲ ބުންޏެވެ.

ޖާދުﷲ ބުނީ އެ ހިސާބުން އޭނާ ހިތްދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލުގެ އޮފީހަށް ގޮސް ޑޮކްޓަރުން ކަންތައް ކުރި ގޮތުގެ ވާހަކަ ބުނުމުން، އޮފީހުގެ 2 އަންހެން ކުދިން އައިސް ބަލާފައި، އެ ހޮސްޕިޓަލުގެ ހިތާނީ ޑޮކްޓަރަކަށް ގުޅި ކަމަށެވެ. އަދި ޙިތާނީ ޑޮކްޓަރު އިމަޖެންސީ ރޫމަށް ދިޔުމުން، އެ ޑޮކްޓަރަށްވެސް ލިބުނީ ކުއްލި ޝޮކެއް ކަމަށެވެ. "ކިހިނެތް ހަދާފަހޭ މިއޮތީ" އޭނާ އެހި ކަމަށެވެ.

އިމަޖެންސީ ރޫމްގައި ތިބި ޑޮކްޓަރުން ކޮބާތޯ ނަރުހުން ކައިރީގައި އެހުމުން ނަރުހުން ބުނި ކަމަށް ވަނީ ޑޮކްޓަރުން ޑިއުޓީ ނިންމާލާފައި ގޮސްފި ކަމަށެވެ. އޭގެ ފަހުން ޖާދުﷲ އަށް އެ ޑޮކްޓަރުންގެ ޚަބަރެއްވެސް ނުވާ ކަމަށާއި، ނުވެސް ފެންނަ ކަމަށް އޭނާ ބުންޏެވެ. ޖާދުﷲ ތުހުމަތު ކުރާ ގޮތުން ހޮސްޕިޓަލުން އެކަން އެހިސާބުން ސިއްރު ކުރީއެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު ޙިތާނީ ކޭމްޕެއް ކުރިއަށް އެބަދެއެވެ. ޙިތާނީ ކަންކަމާ ބެހޭ ފަރުވާގެ ކަންތައް ޙިތާނީ ކޭމްޕާއި ކޯޑިނޭޓް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހޮސްޕިޓަލަށް އަންގާފައިވާ ކަން އެނގިފައިވާ ކަމަށް ޖާދުﷲ ބުންޏެވެ. އޭނާ ދެކޭގޮތުން އޭނާގެ ދަރިފުޅަށް އެހާ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޙިތާނީ ޑޮކްޓަރަށްވެސް ނުގުޅައި، އިމަޖެންސީ ރޫމްގައި ތިބި 2 ޑޮކްޓަރުން އެމީހުން އަމިއްލަ އަމިއްލައިން، އުނގުޅަން ނުޖެހޭ ބާރު ގަދަ ބޭހެއް އުނގުޅުމުގެ ސަބަބުންނެވެ.

ޖާދުﷲ ބުނީ އޭނާގެ ދަރިފުޅުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އޭނާގެ ދަރިފުޅަށް މިހާރު ނުވެސް ހިނގޭ ކަމަށާއި، މުޅި ކުރިމަތިފަރާތް ފިހި، ހަންގޮސް، ފާރުވެ، އުކުޅުވަޅާއި އެއްކޮށް ހަންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ. އެ މައްސަލައިގައި ޑޮކްޓަރުންނާއި، ހޮސްޕިޓަލުންވެސް ވެސް އެކަމާ ގުޅިގެން އެއްވެސް ޒިންމާއެއް ނަގަން ނޫޅޭތީ ޖާދުﷲ ހުރި ވަރަށް ބޮޑަށް ދެރަވެ، ކަންބޮޑުވެފައެވެ.

"ކީއްވެތޯ ހޮސްޕިޓަލުން މިހާ ބޮޑު އަނިޔާއެއް އަޅުގަނޑުގެ ދަރިފުޅަށް ދީފައި، އެކަމުގެ ޒިންމާ ނުނެގީ؟" ޖާދުﷲ ބުންޏެވެ.

މިކަމާ ގުޅިގެން "ވަގުތު"ގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ގުޅުމުން އެތަނުގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ އެ މައްސަލަ އާ ގުޅޭގޮތުން މާދަމާ ޖަވާބެއް ދެއްވާނެ ކަމަށެވެ.

އެހެންކަމުން މިކަމާއި ގުޅިގެން ހޮސްޕިޓަލުން އެޅި ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

  1. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަާމޢ

    ގެއްލުމުގެ ބަދަލު ހޮދަން ކޮޓަށް ހުށަހަޅަ.

    217
    1
  2. މުހައްމަދު

    ތިޔަ ހޮސްޕިޓަލަށް މިހާރު އަރެންގެ ދަރިން ދެއްކުން ހުއްޓާލައިފިން 1 އަހަރު ކުރިން. ދަރިން ބަލިވެގެން ދިޔައިމަަ ކަންތައް ކުރާގޮތުން ހިތަށް ތަދުވާ ވަރުން

    178
    1
    • ާއަލީ ހަސަން

      ތިޔައީކަލޭމެން މިދިވެހިރާޖެ ސާލިހުކުރަން ގެނާ ސާލިހަކު މިއޮށް ސާލިހުކުރަނީނޫންތޯ

      137
      69
      • ނައްނަ

        ކޮންމެ ކަމެއް ސަރުކާރާ ނުބީއްސަބަލަ. ކޮބާ ފަރުދީ ޒިންމާ. ތިމާ ގޯސްކޮށް ކަމެއް ކުީމާ އެކަމުގެ ޒިންމާ ރަީސް ނަގަންޖެހެންޏާ ގައުމުގެ ހުރިހާ ކަމެއް ކުރަންވީ ރަީސްމީހާ އެއްނު. މިދެން ކިހާ ދެރަކަމެއް.

        52
        18
  3. ޥަގުތު

    އެމީހުން ނުނަގާނެ ޒިންމާއެއް.. ކީއްކުރާނީ އިންސާނިއްޔަތު ކަމެއްވެސް ނެތީ ހަމަ.😢
    ދެން ކުރެވޭނެ އެންމެ ރަނގަޅުކަމަކީ ތިކަހަލަ ކަންކަން ސިއްރުނުކޮއް އާއްމުންނަށް ހިއްސާކުރުން.. ޢޭރުން އެތަނަށް ދާމީހުން މަދުވެ އެމީހުންގެ ސަމާލުކަމަށް އަތުވެދާނެ... ޢެކުއްޖާފުޅަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި! އާމީން!

    330
    1
  4. ބޯކިބާ

    ކަލޯ ދެން ވިސްނާލާ ރަށްރަށުގަ މިހުންނަ ތަންތަނުން އަހަރެމެން ހިދުމަތްމިހޯދާގޮތުގެ ހާލަތު.

    182
    8
  5. ޢަބްދުއްލަޠީފު

    އެކުއްޖާގެ މުޅި ދިރިއުޅުންތިޔަ ފުނޑާލީ ވީމާ ބަދަލެއްގެ ގޮތުން 50 މިލިޔަން ރުފިޔާ ހޯދަން ޖެހޭނެ. ބޯގަންވިލާ އިބުރާހިމް އިސްމާޢީލް އަށް އެކަންޏެއްނޫން ގެއްލުމުގެ ބަދަލު ދޭން ޖެހޭނީ. ކިހާބޮޑުބަލާވެރިކަމެއްތަ. ޚިތާނުކުރި ޑޮކްޓަރު ޒިންމާ ކުރުވާ.

    243
    6
    • ކަލޯބެ

      ކޮންމެ ކަމަކަށް ފައިސާ😐😐😐

      9
      20
      • ޜގހ

        ޢެ ޑޮކްޓަރ ވަޒީފާއިން ކަނޑަން ފެނޭ އެހެން މީހަކަށް ގެއްލުން ދިނުމުގެ ކުރިން

  6. ދޮން ބަބުރު ސޮރު

    ވަރަށް ދެރަ ކަމުގެ މަ އޮލޫމާތު ނެތް ގަމާރު ޑޮކޮޓަރުން ނޭ ކިޔާފަ ތިބި ގުނބޯލީން އަތަށް ތިބާގެ ޅަދަރި ހަވާލު ކުރުމަކީ ހިތާމަ ހުރިކަމެ އް

    141
    10
  7. މާމިގިލީ މީހާ

    ސައްކު ނުކުރޭ އަންނަ އަހަރު ތަރައްގީ ފެންނާނެ. މިފެންނަނީ ހެލްތު މިނިސްޓަރު އެބުނާ ތަރައްގީ. ހަމަ ބޮޓެއް.

    149
    20
  8. ކިޔުންތެރިޔާ

    އެންމެ ފަހުން ހުޅުމާލޭ ހޮސްޕިޓަލްވެސް ތި ވެއްޓުނީ އައިޖީއެމްއެޗް ގޮތަށް ލާއިންސާނީ ދަރަޖައަށް. މި ވެރިކަމެއް އައި ފަހުން ހުވާ ރަނގަޅޭ ބުނެލާނެ އެއްވެސް ކަމެއް ނެތް.

    158
    20
  9. މިއަދު

    ތިއީ ރައިސްޔާމީނުއަށް ނުބެލުމުން

    72
    23
  10. ....

    ހެޔޮ ނުވާނެ ކޮންމެ ކަމެއްގަ ސަރުކާރު ބޮލުގަ ނާޅުވަބަލަ... އެންމެ ފަހަރަކުވެސް އެ ކުއްޖާ މައިންބަފައިން ނައް ވާނެ ދެރަ ވިސްނާލަބަ... ހާދަ ވޭނެކޭ .... އެކަކުވެސް އެ ކުއްޖަޔައް ދުއާއެއް ކޮއްލިންތަ ... އޭގެ ބަދަލުގަ ބަވާލެވޭތޯބަލަނީ ... ﷲ އެ ތުއްތު ކުއްޖާއައް އަވަސްޞިފާއެއްދެއްވާށި... އަދި އެފަކީރުގެ ތަދު އެކީ ފޮހެދެއްވާށި ...އާމީން

    223
    14
  11. Anonymous

    އެއީ އެޖެންޑާ 19 ގެ ސިއްޚީ ދާއިރާ މެކުހައް ޖެހުމުގެ ކަމެއް ތިހިނގާ ދިޔައީ. ލާދީނީ ސަރުކާރާއި ލާދީނީ އެމްޑީޕީ އިސްތިއުފާ

    122
    29
  12. ރައްޔިތު މީހާ

    ތި ހުޅުމާލޭ ހޮސްޕިޓަލަކީ ފަރުވާ ކުރަން ދާން އެއްގޮތަކަށް ވެސް ހެޔޮވާ ވަރުގެ ތަނެއް ނޫން. ތިއީ ވަރަށް އެތަނަށް ދާ ބަލިމީހުންނަށް އިހާނެތި ކޮށް ހިތާ ބައެއް. ތިތާނގެ ސިސްޓަމް ހުންނަނީ ހަމަ އެގޮތަށް. އެމީހުންގެ ހިދުމަތް ދޭއިރުވެސް ހަމަ އެގޮތަށް. ނުކިޔަައި ދެވޭނެ ކިތަންމެ ކަންތައްތަކެއް ވެސް ހުންނާނެ. ތިތަނަކަށް ނުދާން ކިތަންމެ ފަހަރު ބަލިވީމަ ހިތްވަރު ކޮށްގެން އެބަ ހުންނަން ޖެހޭ ބިރުގަންނާތީ. އަދި ފާހަނގަ ކުރަން ޖެހޭ ކަމަކީ ރާއްޖޭގަ ހާއްސަ ކޮށް ތި ހުޅުމާލެ ހޮސް÷ިޓަލަކީ ބަލިމީހުންނަށް އިހާނެތިކޮށް ހިތަން 1 ވަނަ ތަނެއް ކަން. ފަރުވާ ކުރަން ދާ ވަރުގެ ތަނެއް ނޫން ތި.

    35
    1
  13. Anonymous

    ހާދަދެރަކަމެކޭ. އެދަރިފުޅަށް އަވަސް ޝިފާ މިންވަރު ކުރައްވާށި. އާމީން.
    ކޮބާތޯ ހެލްތު މިނިސްޓަރު. މިކަމާއި ގުޅިގެން ކީކޭތޯ ވިދާޅުވާނީ. މީމަޢްސޫމު ކުޑަދަރިފުޅެއް. ޝިދާތާ ކަމަނާ އަށް މިކަން ބޮޑުކަމަށް ނުވޭތޯ. އާދެ. އަޅުގަނޑުގެ ދަރިއެއްނޫން. އެކަމަކު މިބިމަށް އުފަން ދިވެހި ދަރިއެއް. ތުއްތު މަޢްސޫމް ކުއްޖެއް. ކަމާ ބެހޭ ފަރާތްތަކަށް ދަންނަވަން .މިކަމުގެ ފުރިހަމަ ޒިންމާ ނަންގަވާ ތިބޭފުޅުން. މިސަރުކާރެއް އައިފަހުން ކޮންފަދަ މުޞީބާތްތަކެއްބާ ކުރިމަތިމިވަނީ. ޔާﷲ އަޅަމެންގެ ދީނާއި މިނިވަންކަމާއި ރައްކާތެރިކޮށް ދެއްވާ އަޅަމެންނާއި އަޅަމެންގެ ދަރިން ފުރިހަމަ ޞިއްޙަތުގައި ލަހައްޓަވާނދޭވެ. އާމީން.

    40
    5
  14. Anonymous

    އެއީސަރުކާރުން މަދު ލާރިކޮޅަކަށް އެއްބަސް ވެގެން އަންނަ ފެންވަރު ނުހުންނަ ޑޮކުޓްރުން ވީމަ ވާގޮތެކެވެ

    28
    4
  15. އެމަންޖެ

    ކުރީގަ މެޑަމް މެން ޚިތާނު ކެމްޕެއިންގަ ތިކަހަލަ އެއްކަމެއް ނުވޭ އެކަމަކު އެމީހާ އަށް ކިހާވަރެއް ކުރި ދިވެހިން ފޭހި އިލޮށި ލޮލަށް...

    37
    8
  16. ޖައްރާފު

    އެޖެންޑާ 19 ވަރަށް ތަފާތުވާނެ ތިޔަކުރިއަނިިޔާ ނުފިލާނޭޭ އެގޮތީ ބޭހެއްނުލިބޭނޭ ވީމާ ކުއްޖާ މަރުވަން ދޫކޮށްލީތާ މިކަމުގެ ޒިންމާ ސަރުކާރުން އުފުލަންޖެހޭނެ.

    28
    6
  17. ހުރާގަނޑު

    ތިތަނަށްމިހާރު ރަނގަޅުވާނީ ނުދެއްކިއްޔާ ޑޮކުޓަރުންވެސް މިހާރުވަރަށް ފަރުވާކުޑަ ބޭސްސިޓީވެސް ލިޔަނީ ހިތަށްއެރިގޮތަކަށް ކެއުމުގެ ކުރިން ކާންޖެހޭބޭހެއް ވިއްޔާ އެކަންވެސް ލިޔެފަކާ ނުހުރެ .

    29
    3
  18. ބާކޮލި

    ތިކަހަލަ ކަންކަމުގަ ބަދަލެއް އިންސާފެއް ލިބޭނެ ޤައުމެއް ނޫން މީ. އެޑޮކްޓަރުން އެތަނުން ދިޔަދިނުން އެއީ ހެދި ވަރަށް ބޮޑު ގޯހެއް. މިހާރު ދައްކާނެ ބައިވަރު ވާހަކަ ހުންނާނެ. މެޑިކަލް ނެގްލިޖެންސް އަދި އިންކޮމްޕިޓެންސީގެ މައްސަލަތަކަކީ މި ޤައުމުގައި އަދި މިހާތަނަށް ޑޮކްޓަރަކާ ދެކޮޅަން ނިމުނު ކަންކަމެއް ނޫން. ކަރުބުރިކުރިޔަސް އެއީ ހަމަ އޮންނަ ގޮތްކަމަށް ބުނެ ނިންމާލާނީ. އެދަރަޖައަށް ދާނީވެސް ކޮންމެވެސް ބަޔަކު ކޮންމެސް ހިސާބަކުން އިހުމާލު ވެގެންތާ. ނުބެލޭނެ. ވަރަށް ސަލާމް

    30
    1
    • ހަގީގަތް

      ޑޮކްޓަރުން ފިއްލުވުން އެއީ އަދި ކިރިޔާ އެކަނި ވާކަމެއް ނޫން. މީގެ ކުރިން ވެސް ޑޮކްޓަރުން ފިލުވާ ބައެއް ތީ. އެއްވެސް ކަމެއްގަ ޒިންމާ ނުނަގާނެ ތި އެއްޗެއްސް. އެމީހުންނަށް އެތާނ ތެރޭ ސަކަރާތް ޖަހާ ގުރޫޕް ގުރޫޕަށް ތިބެނީ މަޖާ ކޮށް ބިޓު ކަޓުވާ އެހުރިހާ ހުއްދަ އެއް އޮވޭ ފާޅު ކަން ބޮޑު ގޮތަކަށް ތިމީހުނަށް ދީފަ. އަހަރުމެން އެތަނަށް ދަނީކީ އަމީހުން ޖަހާ ސަކަރާތް ގަނޑު ބަލާކަށް ނޫން. އެކަމަކު ދެރަ ކަމަކީ ބަލި މީހަކު ދިޔައިމާ ހިތު ހުރި ގޮތަކަށް ކަންތައް ކޮށްފަ ބޮލުން ކަޓުވާފަ އަވަހަށް ފޮނުވާލުން. މިއީ އެތާނގެ ހަގީގަތަކީ. ފަރުވާ ދެނީ ބަލި މީހުންނަށް ކަމެއް ހިތައް އަރުވާ ތަނެއް ނޫން.

      15
  19. ޝާން

    ތީމަގޭ ދަރިއެއްގެ ކަމެއްނަމަ އެމެޖެންސީގައި ހުރި ދެ ޑޮކްޓަރުންވެސް އެމީހުންގެ މުޅި ކެރިއާ ގެއްލުވާލީމުސް. ނަމެއްގަ ޑޮކްޓަރުކަން ކިޔަވައިގެން އައިސް މައުސޫމް ކުޑަ ކުދިންނަށް ތިދޭ އަނިޔާ ހަރުކަށި އިބާރާތުން ކުއްވެރިކުރަން. ޖެންޑާމިނިސްޓްރީއިންނާއި ހެލްޓް މިނިސްތްރީއިން މިކަން ބަލާފަ އިންސާފް ހޯދަދޭން ޖެހޭނެ. ކުޑަ މައުސޫމް ކުއްޖާއަށް ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލް ދޭން ޖެހޭނެ. ދަރިން ބަލިވީމާ އެކުދިން ޑޮކްޓަރަށް ދައްކަން ގެންދަނީ ހިތު ހުރި ގޮތަކަށް ކަން ކުރާކަށް ނޫން. އަހަރުން ދަރިން ބަލަނީ ލޯބިން. މިކަމަށް ސަރުކާރުން ވަގުތުން ބަސްބުނަން ޖެހޭނެ. އިންގޭ މީސަރުކާރު މައްސަލައެއް ނޫންކަންވެސް. އެކަމް މިކަމުގެ ޒިންމާ ކޮންމެވެސް ފަރާތަކުން ނަގަން ޖެހޭކަން މުޅި ދުނިޔެ ގަބޫލް ކުރާނެ. އެއްކުއްޖާއަށް އަވަސް ޝިފާއަކަށް އެދެން. އާމީން

    46
    2
    • ނާމް

      ތީ ކަލޭމެނަށް ވާނެ ވަރަކީ. މީހުންގެ ކެރިއާ ދުއްވާލުން. މީގެ ކުރިންވެސް ކުށެއްނެތް އެތައް ޓީޗަރުންނެއްގެ ކެރިއާވެސް ދުއްވާލިގޮތަށް.

      5
      12
      • ދެރަ

        މީ ވަގުތު މީހުން އަމިއްލަ އަށް ނިންމި ނިންމުމެއް ތޯ ނުބައި ބޭހެއްހާކާގެންނޭ ޖަހާފަ މިއިންނަނީ؟

        3
        1
    • ނާމު

      ނާމު ކަލޭ ހޭބަލިވެފަ ދޯ. ކޮބާ ތުއްތު ކުއްޖާފުޅަށް އަނިޔާ ކޮށްފަ ފިލި ދެމީހުން. ގޮއްހުސްވެފާ ތިބި މައިންބަފައިން ކަލޭމެންކަހަލަ ގުނބޯލުން ކިޔާއެއްޗިއްސަ ބުނަންވީ ވަރަށް ބޮޑަށް ޝުކުރިއްޔާ ދޯ. ކިހާބޮޑު މުސީބާތެއް ކަލޭމެންނާ ހެދިގެން. ކޮބާހޭ ކަލޭ.

      10
  20. އަތޮޅޭ

    ހުޅުމާލެ ހޮސްޕިޓަލްގެ ކުއްޖާއަށް ތިޔަވަރުކޮށްލާފަ ފިލަންދުވި ތިޔަ ޑޮކްޓަރުންނާއި ނަރުހުން މިހާރުން މިހާރަށް ވަޒީފައިން ވަކިކުރުމަށް އެޖެންޑާ 19 އަށް ގޮވާލަން، ނޫންނަމަ އެފަދަކަމެއް އެމީހުން ތަކުރާރުކޮށްފާނެކަމުގެ ބިރުއެބައޮތް، އަދި ތިޔަ ހޮސްޕިޓަލްއަށް އޮތް އިތުބާރު ގެއްލިއްޖެ، އަވަސް ފިޔަވަޅެއްއެޅުއްވުން މުހިންމު، މަތް ﷲ އެކުއްޖާއަށް އަވަސް ޝިފާއެއްދެއްވާށެ އާމީން

    43
  21. އަލަކަ

    ތިމައްސަލަ ރައްޔތިުން މަޖިލީހަށް ވައްދަންވީނު. އެއީ މިހާރު ހުރިހާކަމެއްބަލާތަން.

    31
    1
    • ކަމަނަ

      ހުރިހާކަމެއް ނިންމާނީވެސް އެތަނުން

      11
  22. ހަގީގަތް

    މިހާރު ކިޔަވައިގެން އަންނަނީ ސެޓްފިކެޓް

    36
    1
  23. ސަން

    މައްސަލަ އިންޑިޕެންޑަންޓް ފަރާތަކުން ރަގަޅަށް ތަހްޤީޤު ކުރުމުން ވީ ގޮތެއް އެނގޭނީ!! ދެރަކަމަކީ މިރާއްޖެ ތަރައްޤީ ވެއްޖޭ ކިޔަކަސް އިމާރާތްތަކާއި ޓެކްނޮލޮޖީގެ ފުރުސަތުތައް ލިބުން ނޫންކަމެއް ނުވޭ. މީހުންގެ ވިސްނުން ހުރީ އިންޑަސްޓްރިއަލް ރެވޮލިއުޝަން ހުޅަނގަށް އައިރު އެމީހުން ތިބި ލެވެލަށްވުރެވެސް ހާސްބައި ފަހަތުގައި.

  24. ޙާލަތު

    މިކަމުގައި ޤައުމުގެ ވެރިމީހާގެ ބޮލުގައި މިވާކަހަކަ އަޅުވާތީ ހިތާމަކުރަން. ހުޅުމާލޭ ހޮސްޕިޓަލް އަދި ޑޮކްޓަރ ޒިންމާ ނަގަންޖެހޭނެ.

    10
    5
  25. Anonymous

    އެއްފަހަރު މި ހަބަރު ޖަހާފައި ހުއްޓާ ނުލާތި ، އަޕްޑޭޓް ބޭނުން ، ހާދަ އަސަރެެއް ކޮއްފިޔޭ މި ކިޔާފައި ، މި ކުއްޖާ އަށް ވާނުވާ އަންގާލާތި އެކުއްޖާގެ މުޅި ދިރި އުޅުން އެ ހަލާކު ކޮއްލީ .

    26
  26. ޙަަރުން

    ކެއްކޮށްލާ....

    2
    9
  27. ާިަްއައިޝާ

    ތިބުނި 2 ޑރ. ހޯދާ ފިޔަވަޅު އަޅަން އެބަޖެހޭ.

    19
  28. ސިޑް

    ގެއްލުމުގެ ބަދަލު ހޯދަށް ކޯޓަށް ލާ، ތިކަހަލަ ޑޮކްޓަރުން ޖޫރިމަނާ ކުރަން ޖެހޭނެ ނޫނީ ސަސްޕެންޑް ކުރަން ޖެހޭނެ އިތުރު ބަޔަކަށް ގެއްލުމެއް ލިބުނަ ނުދޭން.. މީ ދެން ދެރަ ކަންތައް ނޭނގެންޔާ މަށަށް ނޭނގެޔޭ ކިޔާފަ އެހެން ޑޮކްޓަރަށް ގުޅިނަމަ އަޅެ ދޯ

    13
    1
  29. ހަމީދު

    ހުޅުމާލެ ހޮސްޕިޓަލް ތީ ދާން ހެޔޮވާވަރުގެ ތަނެއް ނޫން

    14
  30. ޭއައިޖީއެމްއެޗް

    ޢައިޖީއެމްއެޗް ނޯޑިފަރެންސް

    10
    1
  31. ޥަގުތައް

    އެއްފަހަރު މި ހަބަރު ޖަހާފައި ހުއްޓާ ނުލާތި ، އަޕްޑޭޓް ބޭނުން ، ހާދަ އަސަރެެއް ކޮއްފިޔޭ މި ކިޔާފައި ، މި ކުއްޖާ އަށް ވާނުވާ އަންގާލާތި އެކުއްޖާގެ މުޅި ދިރި އުޅުން އެ ހަލާކު ކޮއްލީ

    12
    1
  32. މަމީ ދިވެއްސެއް

    އަހަރެން ގެ މަންމަ އައްވެސް 2 ވަނަ އައް ދިނީީ ގޯސް ކީީމޯޯ އެއް،، އެހާ ފަރުވާ ކުޑަ ބައެއް އެއީ😭

    11
  33. ލިއުޝާ

    100މިލިޔަން ހޯދާ ގެންލުމުގެ ބަދަލު....

    7
    1
  34. ކޯޓަށް ހުށަހަޅާ

    ހާދަ ޕްރެފެޝަނަލް ކަމެއްނެތް މެނޭޖްމަންޓެއް އޮތް ތަނެކޭދޯ ތިހުޅުމާލެ ހޮސްޕިޓަލަކީ. ތިދެޑޮކްޓަރުންގެ ނަން އަޅެ ހާމަކޮއްލިނަމަ. އޭރުންދޯ އެހެންމީހުންނަށް ވެސް ތިމީހުންގެ ކިބައިން ސަލާމަތްވާން އިނގޭނީ. މައްސަލަ ބަލާ ނިމެންދެން ތިދެޑޮކްޓަރުން ސަސްޕެންޑް ކުރުމަށް ގޮވާލަން.

  35. އިންސާފު ހޯދާ

    ތިދެޑޮކްޓަރުން ވަގުތުން ވަގުތަށް ހައްޔަރު ކުރުމަށް ގޮވާލަން.

    8
    1
  36. ދިވެހީން

    ހުޅުމާލޭ ހޮސްޕިޓަލަކީ އަހަރެން ވަރަށް އިތުބާރާއި އެކު ޚިދުމަތް ހޯދަމުން ދިޔަ ހޮސްޕިޓަލެއް. ނަމަވެސް ފަހަކަށް އައިސް އެތަނުން ތަޖުރިބާ ކުރެވޭ ކަންތައްތަކުގާ ފޫއްސާއި ޝައްކު އުފެދޭ ކަންތައްތައް ތަކުރާރުވާހެން ހީވެފާ އޮތީ. މިޚިތާނު ކުރެވުނު ކުއްޖާއަށް ދެވުނު ގެއްލުމަކީ ކަނޑަ އެޅިގެން ނެއެނގުމާ ތަޖުރިބާނެތް ހާލަތިގައިވެސް ބޮޑާކަން ކުރިޔަޢް ނެރުމުގެ ނަތީޖާ. މިކަމުން ކުއްޖާޔަށް ލިބުނު އަނިޔާ އަށާއި ސައިކޮލެޖިކަލް ގެއްލުމަށް ސަރުކާރުން ޒިންމާވެ އެކަމަށް އަގު ދައްކަން ޖެހޭނެ. ކުއްޖާއަށް ނެ އެނގޭ ހާލަތުގާ، ފަރުވާގެ ނަމުގާ، އަނިޔާދިން ދެ ޑޮކްޓަރުން އުމުރު ދުވަހަށް ރާއްޖޭގެ ހޮސްޕިޓަލަކުން ޓޮކްޓަރު ކަމުގެ ވަޒީފާ ދިނުން މަނާކުރަން ގޮވާލަން. ކުޑަމީހާ އަށް އަވަސް ޝިފާޢަކަށް އެދެން. ބޭސްވެރިކަމުގާ އިހުމާލުވާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން. އަދި ނެއެނގޭ ހާލަތުގާ ފަރުވާ ދޭން އުޅޭ މީހުންނަށް ވަކިން ހަރުކަށި އަދަބު ދިނުމަށް ގޮވާލަން. މިފަދަ އަމަލު ތަކަށް ދިވެހީން މައާފު ނުކުރާނެ.

    11
  37. ަެަެއެނޮނިމަސ

    ހުޅުމާލެ ހޮސްޕިޓަލުގެ އޯޕީޑީގަ އިންނަނީ ވަރަށް ރަހުމްކުޑަ ދިވެހި އަންހެން ޑޮކްޓަރެއް.

  38. ަސާޖީ

    ހަބަރު ކިޔާ ނިމުނު އިރު ހިތް ފަޅާން ކިރިޔާ ނުދިޔޭ.... އެހާވެސް އަސަރުކޮށްފި ހިތަށް... އަޅެ ކިހާ ބޮޑު ހިތާމައެއް... އެފަކީރުގެ އެހިސާބުގައި ކިހާ ވޭނެއް ހުންނާނެ.... އެކަލާނގެ އަވަސް ސިފާއެއް އެދަރިފުޅަށް މިންވަރު ކުރަށްވާށިއެވެ.... އާމީން....

  39. Anonymous

    އެޖެންޑާ 19 ގަދަވާނެ. އެއްވެސް ފަރާތަކަށް ނުހައްގުން އަދަބެއް ނުދޭނެ. ތި ފިހުނީ ކުއްޖާގެ ހަށިގަނޑުގެ ބައެއްނު. އެއީ ޑަކްޓަރުން ޒިންމާނަގަނޖެހޭކަމެއް ނޫން! ކުއްޖާގެ ބައްޕަ ކީއްވެ ތޯ އެކަން ނުހުއްޓުވީ!!

    1
    2
  40. މާޒިން އަހުމަދު

    ސަރުކާރު ޒިންމާ ނަގަންޖެހޭ ހިސާބަކީ،
    1- އެކަންކަން ސިއްރުކުރުމުން،
    2- އެހާފަރުވާކުޑަ މީހުން ވަޒީފާގަ، ފިޔަވަޅެއްނާޅާ ބޭތިއްބުން
    3- ފޭކް ޑޮކްޓަރުން ޚިދުމަތުގަ ގެންގުޅުން
    4- ޑީއުޓީގައި އުޅޭ މީހުންނާ، ނޫލޭމީހުން ނޭނގުން،. މި ދެން ބޮޑުވަރުކަންނޭންގެ

  41. Anonymous

    އަވަހަށް ޔަޙޫދީ ޑަކްޓަރުން ތައް ގެނެސް ބަނޑަހަގެ ޖައިގެން ފަރުވާދޭންފަށާ! ސަތޭކަ ދުވަހުގެ ވައުދެއް!!

  42. ޙުސްފީ

    މިހާރުސަރުކާރޭ ބުނީމާ ކޮންހާވަރެއްތިއަރަނޫ ނީގެކުރީގަ ވީޔާ ކޮންމެ ކަމެއްވާއިރައް ޔާމީނޭ ކިޔާފައި ހަޔާތްގޮވާއިރު ލަދެއްނުގަނޭތަ ވީމާ މިހާރު ކޮންމެ ކަމެކުރިޔަސް ސީދާ ސޯލިހުބުނެގެން ކުރާނީ ދެންލަލަލާ

  43. ޙު

    ސޯލިހު އިސްތިއުފާ މިކަންކަން އިސްލާހުކުރޭ

    2
    1