އާބާދީގައި 60،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ފާސްކޮށްފިއެވެ.
އަންނަ ހޮނިހިރު ދުވަހު މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތައް ފާސްކުރަން ވަނީ އަމާޒު ހިފާފައެވެ.
އެހެންކަމުން މިހާރު ކޮމެޓީން ގެނެސްފައިވާ އިސްލާހުތައް ފާސްވެއްޖެނަމަ އޭޕްރީމް މަހު އޮންނަ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީއަށް 19 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. ސިޓީއެއް ދަރަޖަ ލިބި އާބާދީގައި ދިހަ ހާހާއި ތިރީސް ހަހާއި ދެމެދުގެ މީހުން ތިބި ނަމަ އިންތިޚާބު ކުރާނީ އަންހެން މެންބަރުންނާއި މޭޔަރާއި އެކު ޖުމްލަ ހަތް ކައުންސިލަރުންނެވެ.
ތިރީސް ހާހާއި ފަސްދޮޅަށް ހާހާއި ދެމެދުގެ އާބާދީއެއް އޮތްނަމަ އިންތިޚާބު ކުރާނީ އަންހެން މެނެބްބަރުންނާއި މޭޔަރާއި އެކު ޖުމްލަ 11 ކައުންސިލަރުންނެވެ.
ލާމަރުކަޒީ ޤާނޫނަށް ކުރިން ގެނައި އިސްލާހެއްގައި ބުނެފައިވާ ގޮތުގައި ކައުންސިލްގެ 33 އިންސައްތަ އަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ޖާގައެވެ.
މިއަދު މަޖިލީހުން ވަނީ ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ދިގު ކުރަން ވެސް ފާސްކޮށްފައެވެ.
ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވާ ގޮތުގައި ރަށު ކައުންސިލުތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން އިންތިހާބުކުރާނީ ރައްޔިތުންގެ ވޯޓުންނެވެ.
ކައުންސިލަރުން މަގާމުން ދުރުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށް ވެސް އަލަށް ގެންނަ އިސްލާހުގައި ހިމަނާފައި ވެއެވެ.
ސިޓީ ކައުންސިލަރުންގެ އަދަދު އިތުރު ކުރަން ޤާނޫނަށް ބަދަލު ގެންނައިރު މިހާރު ވެސް ކައުންސިލަރުން އެކަށީގެންވާ މަސައްކަތެއް ނުކުރެއްވި ނަމަވެސް ކައުންސިލަރުންނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.
ތިޔަ ކައުންސިލަރުންނޭ ތިކަިޔައިގެން ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސަނީ.. ކައުންސިލަރުން ލެއްވުން ހުއްޓާލާ
19 އިތުރު ކުރީމަ ނިމުނީ؟ ހުރިހާ ކައުއުންސިލަރުންނާިއ ހުރިހާ މަޖިލިސް މެންބަރުން މޭލެއަށް ކަނޑައަޅާ ވޯޓުވެސް މާލޭ މީހުން އެކަނި ލާގޮތަށް ހަދަން ފެނޭ. ޑިމޮކްރަސީ ފައްކާވާނީ އޭރުން.
ރަ އްޔިތުން އިންތިޚާބު ކުރާ ކަ އުންސިލަރުންނަށް ބިރުދެ އްކުމުގެ ގޮތުން މަޖިލީސް އޭގެ ތެރެ އަށް ތިޔަ ވަންނަނީ. މަޖިލީސް މެމްބަރުން ވަކި ކުރެވޭނެ ގޮތެ އްވެސް ކަނޑަ އަޅާބަލަ.
ވިއްސައް ހަދިޔަސް އެއްވެސް ކަ މެއް ނުކުރެވޭނެ ބޯ ގިނަކުރެވޭތޯ ބަލާ!
ކަދުރުކަޅުދައްތައާ ބައއިވެރިވެގެން ވައްކަން ކުރަން ބައި ގިނަކޮށްލަނީ. ގަދަ އިނގޭ.
ވައްކަން ކޮށްފަބަހައްޓާތި. އޮޑި ތިއޮތީ ހިތަކަށްލިބިފަ. ދިވެހިން ގަމާރުކަންމަތީ އަބަދަށް
ވައްކަމެއް މިގައުމަކުވާ ނުކުރޭ މުލުވަގު ޖަލައްލައިގެން ތިހާފޯރިއެއް ތިއަރަނީ ހިއްވަރުކޮށްލާ ރީނދޫކުދިންވެސް ހިއްވަރުކުރިއެންނު ގާނޫނު އަރާ ހަމަކުރަންވީމަ ޓެރެރިސްޓެއް ވަގެއް އިސްތިސްނާ ނުވާނެދޯ
ކައުންސިލަރުން މަގާމުދުރުކުރުގެ ބާރު ރައްޔަތުންގެ މަޖިލީހަށް ދިނުމަށްވެސް އަލަށް ގެންނައިސްލާހުގައި ހިމަނާފައިވެއެބެ. އެހެންވީމާ އިދިކޮޅު މީހުން ކައުންސިލަށް ކުރިމަތިލައިގެން ހޮވުނަސް މަޖިލީހުން އިދިކޮޅު ކައުންސިލް ވަކިރުރެވޭނެގޮތް ތާހަދަންމިއުޅެނީ އެހެންވީމާ އިދިކޮޅުން ކައުންސިލްއިންތިހާބާ ކުރިމަތިލުމަކީ ބޭކާރު ކަމެކެވެ. ވަގުން މިފަ ހަރުވެސްވައްކަންކޮއް ގެންގޮޑިތައްނަގާނެއެވެ.
ނަރެލްތިހެން ކިޔާލަ ކިޔާލާހުރޭ ރައިސްޔާމީންޖަލަށްލީމަ ވަރަށްއުފަލުން ދޯތިހުރީ މިވަގުވޯޓު ސަރުކާރުގެ އަނިޔާ ވެރިކަން ފެނި ދުވަހަކުވެސް ނަރެލް ނުރޯނެކަމަށް ހީކުރަން މެވެ. ދން ވރށ ސލމ
ތިިމާމެން ކުރިކަންތަކުގެ ވާހަކަ އެހެންމީހުންނަށް ގޮވީމަ ގުދޯ ގުދޯ ގޮވުމޭ ކިޔަނި މަށަކީ އެއްވެސް ޕާޓީއެއްގެ މީހެއްނޫން
ތިޔައީ ހާދަވަރުގަދަ 19 އެކޭދޯ؟
ރައްޔިތުން އިންތިޚާބުކުރާ ބަޔަކު ސީދާ ރައްޔިތުންގެ ބަހެއް ނެތި ވަކިކުރުމީ ޚުދުމުޚުތާރު ކަމުގެ އިންތިހާ. އެހެން ކަމަށްވާނަމަ ތި މަޖްލީހުގެ މެމްބަރުން ވެސް ވަކިކުރެވޭނެ ގޮތެއް އޮންނަންވާނެ.