ޖުމްހޫރީ ޕާޓީ އަށް އަލަށް ބައެއް އާއްމުން ސޮއި ކުރަން ކުނޫޒްގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް، ކުރީގެ ރައީސް މައުމޫން އަށް ތަޢުރީފް ކުރައްވައިފިއެވެ.

ޤާސިމް ވިދާޅުވީ ދިވެހިރާއްޖެ މިއަދު މިއޮތް ހާލަތާ ހަމަޔަށް ވާސިލްކުރުމުގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި މަސައްކަތަށް އޭނާ ހެކިވާ ކަމަށެވެ.

"ޤައުމުގެ ހާލަތާއި، ތަޢުލީމީ ފެންވަރާއި މީހުންނަށް ތަންދޮރު އޮޅުންފިލުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މަސައްކަތްތައް ތަފާތު ގޮތެއްގައި އެނގޭނެ ވަސީލަތްތައް މެދުވެރިވެގެން ދިޔުމާއި، މި ފިކުރިއްޔާތު، މި އޮއިވަރު އަޅުގަނޑުމެންގެ ތެރެއަށް އައުމުން އެހިސާބުން އަޅުގަނޑަށް ކަށަވަރު ރައްޔިތުން އުފުލި އަޑާއެކު، އެމަނިކުފާނުވެސް ވިސްނައި ވަޑައިގެން އެކަމަށް މަގުފަހި ކުރެއްވިކަން އަޅުގަނޑު މިއީ ހަމަ ޔަޤީނުންވެސް ހެކިވާނެ އެކަކު. މިއަދު އަޅުގަނޑުމެންނަށް ކުރިއެރުންތަކެއް ލިބިގެން ދިޔައީ މިދެންނެވި ފިޔަވަޅުތަކުގެ މަތިން ކުރެވުނު މަސައްކަތުން،" ޤާސިމް ވިދާޅުވިއެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އިތުރަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާތައް ފެންނަމުންދާއިރު، ފޮނި މޭވާ އާއި ފޮނި ނޫން މޭވާ ވެސް އަންނާނެ ކަމަށާއި، އަޑުއަހަން ބޭނުންވާ ކަންތައްތަކާއި، އަޑުއަހަން ބޭނުންނުވާ ކަންތައްތައްވެސް ހުންނާނެ ކަމަށެވެ. އަދި ފެންނަން ބޭނުން ނުވާ މަންޒަރުތައްވެސް ފެނިގެން ދާނެ ކަމަށާއި، އެހެންކަމުން ހިތްވަރާ އެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ

ރާއްޖޭގެ އެންމެ ތުއްތު އެއް ހާފިޒު، ޔޫސުފް ބިން މާޒިން އާ މިއަދު ދިމާވުމުގެ ފުރުސަތު ލިބުމުގެ ނަސީބު ލިބުމާ ބެހޭގޮތުން ޤާސިމް ވިދާޅުވީ އެކަމާ ގުޅިގެން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި އެ ތުއްތު ކުއްޖާގެ މައިންބަފައިންނަކީ ނަމޫނާ ބައެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މި ދިވެހި އުއްމަތުގެ ކޮންމެ މަޔަކާއި، ބަފަޔަކީ މިފަދަ ޙިދުމަތްތެރި އަދި ވިސްނުންތެރި، މަޔަކާއި، ބަފަޔަކަށް ވުމަށް އެދެން. އެ ދަރިފުޅަށް އެ ދެމައިން ކޮށްދެއްވި ޙިދުމަތަށް ޝުކުރު ދަންނަވަން. އެ ތުއްތު މާޒިން އަށް ﷲ ސުބްހާނަހޫ ވަތަޢާލާ ބާއްޖަވެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން." ޤާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަވްތޫރް އަބުދުލް އަޒީޒް

    ޤާސިމް ވިދާޅުވީ ދިވެހިރާއްޖެ މިއަދު މިއޮތް ހާލަތާ ހަމަޔަށް ވާސިލްކުރުމުގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި މަސައްކަތަށް އޭނާ ހެކިވާ ކަމަށެވެ އެއީ ތެދެއް ބިންތައް ހިސޯރުކޮއް ގޯތިގެދޮރައް ރައްޔަތުން އަޅުވެތިކުރި އެމްއެސްއެލް ގައި އޮއް 98 ބޯޓްތައް ހުލިކޮއްލި ގައުމުގެ އާބާދީ ދޭތެރެ ދުރުކުރިކުރީނުން މަހައް ފަރައް ދާނެހާވެސް މީހަކުނެއް ޑުރަގް މުޅިގައުމުގައި އުފެދުނު ފުލެޓްގެނަމުގައި ރައްޔަތުންނައް ގެސްޓްހައުސް ހިންގަނއފެށި މިހެންގޮސް ކިޔާނެ ކަމެއްނެއް

    13
    2
  2. ކާފަބޭ2019

    މި އީ ހަމަމިޤަ އުމަށް އިޚްލާޞްތެރިންބާ؟ ވަކިބަޔަކު ރަމަންރަމަންފޯލިކުޅުމުގަ އި ހޭބޯނާރާ އުޅޭ އިރުމިޤަ އުމު އޮ އިފަ އްސިޔަށްވަ އިފަ އްސިޔަށްދާން ހުންގާނުނަގާފަ ދޫކޮށްލަނީ ހަމަ އިޚްލާޞްތެރިންތޯ؟؟؟

    12
  3. މާލެ ބޭބެ

    ތިއީ ހިތްހެޔޮކަމާއިއެކު ކުރެއްވި ތައުރީފެއްނޫން؛ ފަހަތުގައިވަނީ 2023 އިންތިޚާބަށް ރ.މައުމޫނުގެ ތާއީދު.
    ޤާސިމެވެ. 2008 ގައި ރ.މައުމޫނުގެ ވެރިކަން ވެއްޓުނީ ޤާސިމް ބޮޑް ޚަރަދުކޮށް އެމްޑީޕީގެ ފަހަތަށްއަރާ ރާއްޖެ ފުނޑާލުމުގެ ބާބު ފެށުމުންނެވެ ..ރ.މައުމޫން 2008 އިން 2013 ރާއްޖޭގެ ވެރިކަން ކުރެއްވިނަމަ މިފަދަ ނ8ކަމެތި ހާލަތަކަށް ޤައމު ނައަންނާނެވެ...ޤައުމެއްނެތެވެ...ފަނާވެއްޖެ..
    ދީން ފުނޑާލަނީ؛ ތިބޭފުޅާ އަތުން ފައިސާކޮޅެއް ހޯދަން ބަޔަކު ސޮއިކުރިޔަސް ..ވެރިކަމަށް އައުމަށް ވޯޓް ނުދޭނެ...

    22
  4. Anonymous

    ގާސިމް ކޮސްނުގޮވާ، ގަ އުމު މި އަނދަވަޅަށް ވަ އްޓަން ތި ދެމީހުންކުރި ބުރަ މަސަ އްކަތަށް އައ އްސަރިބަހާ އި ސާބަސް،

    22
    1
  5. މާލެ

    ޣާސިމަކީ ލަދުހަޔާތް ކުދަކަމުގެ ލާމަސީލު މިސާލެއް މަމޫނު ވެރިކަމުން ބާލަންވެސް މުޅިރާއްޖެތެރޭގަ ދުވެ ރޮައެކަލަގޮވާ ހެދިދުވަސް ހަނދާން ނެތުނީތޯ

    18
  6. އިސްކިން ޓޯޓޯ

    މި ބޭބެ ވެސް މުސްކުޅިވީމަ އުޅޭ ގޮތެއް ދޫނި ބުނީ ލާރި ގަނޑު ދެކެޔޯ އޭނަ ލޯބިވަާނިީ ތީތި ކަޑަޔޯ

    19
  7. ައަހްމަދު

    މަނިކުފާނުގެ ދެކަނބަލުންވެސް ވަޒީފާތައް ދޫކޮށްލައްވާ ދަރިން އެގޮތަށް ގެންގުޅެންވީނޫންތޯ؟އެކުދިން ހާފިޒުންނާއި ޤާރީންނަށް ހައްދަވަން މަސައްކަތްކުރަންވީނޫންތޯ؟ އެހެންމީހުނަށް ބުނެދޭން އުޅޭނެކަމެއްނެތް.

    1
    1
  8. ޚަރުން

    ކުދިންކޮޅުގެ ސާވިސްޗާޖް ދިރުވާލުންނޫން ކަމެއް މީނަ ނުކުރެޔޭ...