ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގްގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހީމް ނޫންކަމަށް ވިދާޅުވެ ތުހުމަތުތަކުން ބަރީޢަ ވުމަށް ގާސިމް ރޭ މަސައްކަތް ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީ އަށް އާއްމުންގެ ބަޔަކު ގުޅިވަޑައިގަތުމުގެ އުފަލުގައި އެ ޕާޓީ އިން އިންތިޒާމް ކުރާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ކުނޫޒް ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އޭނާ އާއި މެދު ބައެއް ބޭފުޅުން އާދައިގެ މަތިން ފާޑުފާޑުގެ އެއްޗެހި ބުނަމުން ގެންދާ ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ޙުކުމުގައި އޭނާގެ އެއްވެސް ކަހަލަ ނުފޫޒެއް ނޯންނާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑެއް ނޫންކަން ފަނޑިޔާރުގޭގައި ޙުކުމް ކުރަން ހުރީ، އަޅުގަނޑެއް ނޫންކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި އިނީކީ، އަޅުގަނޑެއް ނޫންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުރީވެސް. އަޅުގަނޑު މިއީ ކޮންތާކު ހުރި ކާކުތޯ، ކީއްކުރާ މީހެއްކަން.. އަޅުގަނޑަށް ކިހިނެތްތޯ އެބުނާ ކަންތައް ކުރެވޭނީ؟" ޤާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ޝަރީޢަތުން 5 ފަނޑިޔާރުންގެ ބެންޗަކުން އިއްތިފާޤުން ނިންމި ނިންމުމަކީ އޭނާގެ އެއްވެސް ދައުރެއް އޮތް ކަމެއް ނޫން ކަމަށާއި، އެ ފަނޑިޔާރުން ނުވެސް ދަންނަ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އެއީ ކާކު ކުރި ކަމެއްތޯ؟ އެއީ އަޅުގަނޑު ކުރި ކަމެއްތޯ؟ އަޅުގަނޑުތޯ އެތާ އިނީ؟ އަޅުގަނޑާ ތިމާގެ، އަޅުގަނޑު ދަންނަ މީހަކުވެސް އެތާ ނެތް. ތިމާގެ މީހަކުވެސް ނޫޅޭނެ. ދަންނަ މީހަކުވެސް ނެތް އެ ބެންޗަކު. ކުރީގެ ޝަރީޢަތެއްގައި ގެންދިޔައިރު، އޭރު އިސްޤާޟީ ގޮތުގައި ހުރީ ހައިލަމް، ދެން އެހެންނޫނީ އަޅުގަނޑަށް ދިމާނުވޭ، ދެން އަޅުގަނޑަށް ދިމާވީ އަބްދުލްބާރީ ކިޔާ ބޭފުޅަކާ، އޭރުގެ ސަރުކާރުން އަޅުގަނޑާ ކުރިމަތި ކުރެއްވި ޝަރީޢަތުން،" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވަނިކޮށް، ޔާމީން ޖަލަށް ލުމުން، އިންސާފުން ކަންތައް ކުރުމަށް ގޮވާލި ކަމަށާއި، "ވާނުވާ ޖަހާފައި" ނުބެހެއްޓުމަށް ގޮވާލި ކަމަށެވެ. ނަމަވެސް، މިއަދު އޭނާ ހުންނެވީ އެ ހައިސިއްޔަތުގައިވެސް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ. ރައީސް ޞާލިހު އެގޮތަށް ކަންތައްތައްވެސް ކުރެއްވި ކަމަށާއި، ރައީސް ޔާމީން ގޭ ބަންދަށްވެސް ބަދަލުކުރެއްވި ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ހެޔޮހިތުން ބުނި ބުނުން އަޅުގަނޑު ޤަބޫލުކުރީ ރައީސުލްޖުމްހޫރިއްޔާ އެކަން ރަނގަޅަށް ކޮށްދެއްވި ކަން. މިއަދު އަޅުގަނޑަށް ކޮން ހައިސިއްޔަތެއް ތޯ އޮތީ އެހެން ބުނަން. އެހެންނޫނަސް، އެމަނިކުފާނު ގޭ ބަންދުގައި ހުންނަވަނިކޮށް، ޝަރީޢަތް ކުރައްވައިގެން މިނިވަންކަމާއެކު ދަތުރުފަތުރުކޮށް އުޅެ، ހުރިހާ ކަމެއް ކޮށް، ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުން ނޫން ހުރިހާ ކަމެއް ކުރެއްވުމުގެ ފުރުސަތު ދީފައި އޮތް." ޤާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ކަމަނަ

  އެހެންވިއްޔާ އިބްރާހީމް ނާޞިރުގެ ވެރިކަން ނިމުމާއި ގުޅިގެން އޭރު ސަރުކާރުގެ ބައިތުލްމާލުގައިހުރި ފައިސާ 13 ގޯންޏައް އަޅާއިގެން ގެންގޮސް ފޮރުވުމުގައި މަނިކުފާނުގެ އަތެއްނުވޭތޯ؟ ކޮބައިތޯ އެފައިސާ.

  73
  1
 2. ާައަސްލަމް

  ފައިސާއިން ހުރިހާ ކަމެއް ބަދަލު ކުރެވޭ މިހާރު

  71
  1
 3. އައްޑޫސިޓީ

  މެެނަގެ އަތެއް ކަމުގަ ނުވާނަމަ މިހާވަރަ ކަށް މީނަމި ކަމާ ވާހަކައެެއް ނުދައްކާނެ.

  73
  3
 4. ވާނުވާ

  ފެރިދޫ ޝަކީލް ނުދަންނަމޭ ބުންޏަސް ކާކު ގަބޫލު ކުރާނީ. ކަލޭ ހަރަދުކުރާ މީހެއް ވިއްޔާ

  65
  2
 5. އިބްރާ

  ގާސިމަށް އެނގިލައްވާތޯ ޔާމީނަށް ހުކުމް އިއްވާފައިވަނީ ސަރުކާރުގެ ދިގުއަތް ކްރިމިނަލްކޯޓުގެ ތެރެއަށް ބާނައިގެންކަން

  92
  1
 6. ޛސޖސ

  ސޭޓް ތެދެއް ނުހަދާނެ. މާތްﷲ ކަލެޔަށް ދެއްވި ނިއުމަތަށް ޝުކުރު ނުކުރާ މަކަރުވެރިޔާ. މުޅި ގައުމުގެ ހަލާކު.

  16
  1
 7. މާމިގިލި މީހާ

  އެހެންވިއްޔާ އިބްރާހީމް ނާޞިރުގެ ވެރިކަން ނިމުމާއި ގުޅިގެން އޭރު ސަރުކާރުގެ ބައިތުލްމާލުގައިހުރި ފައިސާ 13 ގޯންޏައް އަޅާއިގެން ގެންގޮސް ފޮރުވުމުގައި މަނިކުފާނުގެ އަތެއްނުވޭތޯ؟ ކޮބައިތޯ އެފައިސާ.

 8. މާމިގިލި މީހާ

  ފެރިދޫ ޝަކީލް ނުދަންނަމޭ ބުންޏަސް ކާކު ގަބޫލު ކުރާނީ. ކަލޭ ހަރަދުކުރާ މީހެއް ވިއްޔާ

 9. ދިޔާނާ

  މަނިކުފާނަށް އެނގިވަޑާއިގަންނަވައިތޯ އަންހެން ވަޒީރެއްގެ ގަރާޖަށް ކޮންމެ ރެޔަކު ވައްދާ ކާރުތަކުގެ އަދަދު؟ ތި ވަރަށް އެކަމުން ބަރީއަވާން މަސައްކަތް ކުރީމާ މިހާރު އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީން ވެއްޖެ މަނިކުފާނު ރިޝްވަރު ދިންކަން.

  15
 10. ކުޑަބެ

  އޭ ކިޔާ މަށޭ މިސްކިތް ހުޅުޖެހީ ބޯހަލާކު

  15
  1
 11. ސޮމެޮނެ

  މަށޭ ކިޔާތަ ؟

  12
 12. މޮޔަބެ

  ޤާރޫނު އަކީ ﷲސބވތ އަދުއްވެއް؛ އޭނާގެ މުއްސަދިކަމާއި، ޖާހާއި އިއްޒަތަކީ އޭނާކުރެވުނު އިމްތިހާނެއް.. އެޖައްބާރުގެ ނިމިދިޔައީ އޭނާގެ އަހުވާނުންނާއެކު މަގުމަތީ ޖަލްސާ ބާއްވާ އުފާ ފާޅުކުރަމުންދިޔަ ވަގުތެއްގަ.. ގަންބަވާގަތީ... ފަނޑިޔާރުންނަށް އިނާޔަތާއި ކަޅުފައިސާ ހުށަހަޅާ ނުފޫޒް ފޯރުވަން ހާމާނަށް ޤާޒީން އިނގޭކަށް ނުޖެހޭ...ދިޗެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ބޭފުޅުން... ކިޔަނީ އުސްތާޒް...އެއީ.. ޤާސިމް އިބްރާހިމް... މާތްﷲ އިރާދަފުޅުން ރ.ޔާމިން މިނިވަންވާނެ، ދިވެހިރާއްޖޭގެ ވެރިކަން އެމަނިކްފާނު ކުރައްވާނެ..އެއީ ދުނިޔެ ދައްކަމުން އަންނަ ދިރި ދެމިދާ މިސާލެއް....

  16
 13. އަހުމަދު

  އަދި ކޮންމެވެސްދުވަހަކުން ބުނާ އަޑުއިވޭނެ އަޅުގަނޑުމެން ހުކުމެއްނެރުނީމާ ކަމަކުނުދިޔައޭ މީނަހީކުރަނީ މީނަނޫނިއްޔާ ދެންތިބޭނީ ގަމާރުން ކަމަށް

  18
 14. ނަދީމު

  ﷲ ތަޢާލާ ވޮޑިގެންވާކަން ކަލެޔަށް އެނގޭތަ ؟

  15
 15. ޖާޒީރާ ބޯއީ

  ހަމަ ހީހީ ހަލާކު، މިސްކިތުގަ ހުޅުޖެހިމީހާއަށް ވީވަރު މިވީ މިކަލޭގެއަށް. ކާކުތަ ބުނީ ކަލޭގެ އަތެއްވެޔޭ. މިކިޔަނީ ކަލެޔޭ ފައިސާދިނީ.

  23
 16. ނަސީދު

  ޢެހެންވީމާ ކުރިން ކޯޓްތަކައް އަތްބޭނިފައި ތާތިހުންނެވީ

  13
 17. އެކަމަކުދޯ

  ގާސިމްރެކެން ދެއްކިވާހަކައިންދޭހަވޭ ރައީސް ސޯލިހާ އަންނީގެ ދެއަތް ބާނާފަވާކަން އެކަމަކައް އރއްވެސްމީހަކު ސައްކެއްވެސް ނުކުރާނެ އެކަންކުރިގޮތުން!

  14
 18. ޢަދުރޭ

  ޔާމީނަށް ކޯޓުން ޙުކުމް ކުރިރޭ މީނަޔަށް އުފަލުން ނުވެސް ނިދޭ . މީނަގެ 2023 ގެ ރިޔާސީ ޗާޓުގަ ތިބި މީހުން ތެރެއިން އެންމެ ބޮޑަށް މީނަ ބިރުގަންނަ މީހަކީ ޔާމީން އޭނަ ޗާޓުން ބޭރުވީމަ މިހާރު ދެން ތިބީ ޖާބިރު .އިބްރާހިމް މުޙައްމަދު ސޯލިޙު . މުޙައްމަދު ނަޝީދު . މީނަ ރާވާފަ އޮތީ ޢަދާލަތު ޕާޓީ މެދުވެރިކޮށް ނަޝީދު ކާފަރަކަށް ހަދާފަ ޗާޓުން ބޭރުކުރަން . އިބްރާހިމް މުޙައްމަދު ސޯލިހު އެމްޑީއެން މައްސަލައިގަ ލާދީނީ ކޮށްފަ ޗާޓުން ބޭެރުކުރަން . ޖާބިރަށް 50 މިލިއަން ގެ ޑީލް އެއް ހަދާފަ ޓުއަރިޒްމް މިނިސްޓަރ ކަން ދޭން އެއްބަސް ވެގެން މީނަ އެންމެ ފަހު ރިޔާސީ ކެންޑިޑޭޓަކަށް ހުންނަން.. މި ރާއްޖޭގެ ހުރިހާ ފިތުނައެއްގެ އައްޕަ މީ . އެމްޑީޕީ އުފެއްދީވެސް މީނަޔާ އޭޑީކޭ ނާޝިދު

  13
 19. ނަގޫރޯޅި

  ގާޒީ އަލީ ރަސީދާ ގާސިމާ ގުޅުމެއްނެތްވާހަކަ ބުނީމަ އެކަން ގަބޫލް ކުރާނީ އައިސާ އާއި ކައިރީގަ އުޅޭ އައުވާނުންކޮޅު އެވެސް ބޭރުފުށުން.

  15
 20. ހޯހޯ

  ޤާސިމްއަކީ ހަމަ ސަރުކާރުން ކންމެކަމެއްހުރިއަސް ހަމަބޮޑުބޭބެ ހަކުރުދޭ

 21. ހޯހޯ

  ޤާސިމްގެ އަތްދަށު މީހުން މުޅިންތިބީ ކަޅުފައިސާ ބެހީކޮންބައަކަށްތޯ