ކައުންސިލްތަކުގެ ބެލުމުގެ ދަށުން ބޮޑެތި ބިންތަކާއި ދިގު މުއްދަތަށް ދޫކުރާ ބިން ދޫކުރުުމުގެ ކުރިން ޕްލޭނިންގ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޤަވާއިދަށް އިސްލާޙު ގެނެސްފިއެވެ.

ބިމާއި ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަަކަށް، ބިންދޫކުރުމުގެ ޤަވާއިދުގެ ދަށުން މީގެ ކުރިން ބިންތައް ދޫކުރަމުން އައީ ހައުސިންގ މިނިސްޓްރީންނެވެ.

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެން ބޭނުންތަަކަށް، ބިންދޫކުރުމުގެ ޤަވާއިދަށް އިއްޔެ އިސްލާޙުގައި ބުނެފައި ވަނީ، 10 އަހަރުގެ މުއްދަަތަށް ވުރެ ދިގު މުއްދަތަކަށް ދޫކުރާ ބިންތަކާއި އަދި 10،000 އަކަފޫޓަށް ވުރެ ބޮޑެތި ބިންތައް، އަމިއްލަ ފަރާތަކަށް ނުވަތަ ސަރުކާރުގެ އިދާރާއެއްގެ ބޭނުމަށްވެސް ދޫކުރަން ވަނީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ މަޝްވަރާ އާއި ހުއްދަ ލިބިގެން ކަމަށެވެ.

2018 ވަނަ އަހަރު އައަހަރު އަމަލު ކުރަން ފެށި މި ޤަވައިދުގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ބެލެހެއްޓުމުގެ ދަށުގައި ހުރި ބިންތައް ވެސް ކުއްޔަށް ދޫކުރާނީ އޭރުގެ ހައުސިން މިނިސްޓްރީން ނެވެ.

މިހާރު ގެނެސްފައިވާ ހަމައެކަނި ބަދަލަކީ ކުރިން މިނިސްޓްރީން ދޫކުރާ ބިންތައް މިހާރު މިނިސްޓްރީގެ ހުއްދަ ލިބިގެން ދޫކުރާ ގޮތައް ހަމަޖެއްސުމެވެ. އެހެންކަމުން ކައުންސިލްތަކަށް ބިންތައް ދޫކުރުމުގައި އިތުރު ލުއިފަސޭހައެއް ޤަވައިދަށް ގެނައި ބަދަލުން ވެސް ލިބިގެން ނުދާނެއެވެ.

ނަމަވެސް ސަރުކާރުން މިހާރު ގެންދަނީ ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ތައްޔާރުވަމުންނެވެ. ލާމަރުކަޒީ ޤާނޫނަށް އަލަށް ގެންނަ ބަދަލުތަކާއި އެކު ކައުންސިލްތަކުގެ އިހްތިސާސް ވަރަށް ބޮޑަށް ފުޅާވެގެން ގޮސް ގިނަ ބާރުތަކެއް ކައުންސިލްތަކަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގައުމީލޭ

    ވަރަށް ސަޅިއެންނު. ކައުންސިލްގެ ދަށުގަ އޮނަ ކައުސިލުން ސާފުކޮށް ބަލަހައްޓާ ހުސް ބިމެއްވެސް ކުއްޔަށް މަންފާއެއް ހޯދުމަށް ދޫކުވެނިމި މާލެއަށް ކުޑަސިޓީ ލިޔެގެން ބޮޑުންގެ ހުއްދަލިބިގެން. މީތޯ ތިބުނާ ލާމަރުކަޒީ ކުރުމަކީ؟ ތިލަފަތުގެ ލާމަރުކަޒުގެ އަސްލު ބޭނުމަކީ ރައްޔިތުން ބޮޑުންގެ ދަށަށްގެންދިއުން. ރައްޔިތުން ވެރިންނަށް އަޅުދޭސް ކުރުވުން. އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ހަވާލުވެފަ ފުރަތަމަވެސް ކުރުވަންފެށި ކަމަކޯ ރައްޔިތުން އޭނާ ފައިދަށަށް ސަލާން ޖަހަން މަޖުބޫރުކުރުވުން. މިހާރު ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ކައުންސިލަކުން އޭނާގެ ފައިދަށަށް ބޮސްދޭން ގޮއްސި. ސަލާމްޖަހަން ގޮއްސި. ދައުލަތުގެ ބަޖެޓު ކަނޑައަޅަ ތަރައްގީގެ މަޝްރޫއުތައް އެކަށައަޅަ ކަންތައް ކުރީމަ އަނެއްކަ އެކަންކަން ކުރަން ބުނަން ރައްޔިތުމީހާ ވެރިން ފައިބުޑަށް ވެއްޓުންތޯ އެޖެންޑާ 19 އަކީ؟ ކައުންސިލަރުންނަށް ބިރުދައްކަން މިހާރު ކައުންސިލަރުން ވަކިކުރަންވެސް މަޖިލިސް މުށުތެރެއަށް އެނެގީ. މަޖިލިސް މެމްބަރުންގެ މަސްއޫލިއްތަތު އަދާނުކުރަންޔާ ވަކިކުރަން ރައްޔިތުންނަށް ހުށަހެޅޭ ގޮތަކަށް އެމީހުނަށްވެސް ގަވާއިދެއް ހަދަންޖެހޭ.

  2. ޙަސަނާ

    3 3 3 ބާރު މުށުތެރެއައް .....އެމްޑީޕީ ނޫން ޕާޓީ ތަކައް ކައުންސިލް ގިނަގޮޑި ތަކެއްލިބިހްޖިއްޔާ ކައުންސިލް ތަކައް ބާރުވެރިކަންވެސް ދިނުން ނިމުނީ

  3. ވެރިން

    ޢެބަ ރަނގަޅުވޭ،ކައުންސިލްތަކަށް ބާރުދީ ތިއޮތް ނިމެނީ.ވާ މިއޮތް ސަރުކާރެއް ދޯ.
    ވަރަށްސަލާމް.

  4. އަޙުމަދު މުޙައްމަދު

    ކިހާ ގިނަ ބާރުތަކެއް ލިބޭނެތޯ؟ ސަރުކާރުން ކުރާ ނުބައި ކަމަކާ ބެހޭ ގޮތުން ބަހެއް ބުނެލާ ކައުންސިލަރަކު ވިއްޔާ ވަކި ކުރާ ގޮތަށް ޤާނޫނު އިޞްލާޙުކުރީމާ. އޭރުން ހަމަ ސައިޒު ވެފަ ތިބޭނީ. މަވެސް މި އަންނަ ކައުންސިލަށް ކުރިމަތިލާން ގަސްތު ކުރިނ. ބަޓް މިހާރު މި ފެންނަ ގޮތުން ޚުދުމުޚުތާޜު ރަސްކަމަކަށް ބަދަލުވެ، އިންޑިއާގެ އަޅުވެތި ކަމަށް މި ރާއްޖެ ދާނެކަން ޔަގީންވީމާ ބޭނުން ނުވީ ބަދުނާޟުވާން ކައުންސިލުގައި ހުންނަން

  5. ބޯކިބާ

    އެދަނީ ލާމަރުކަޒުވަމުން ވަމުންގޮސް ސީދާ މައުމޫނުގެ ނިޒާމާއިދިމާލަށް.

    6
    1
  6. ނިކް

    ތި ވަކި މިހާރަކު ނޫން އަބަދުވެސް އޮންނަގޮތް.. ކައުންސިލުގެ އިޙްތިސާސްގެ ތެރޭގަ ހިމެނޭ ބިންތަކާ ބެހޭ ޤަވާއިދެއް އޮންނާނެ 2016ގަ ގެޒެޓުކޮށްފަ.. އަދި އޭގެ ކުރިން ދިރިއުޅުން ނޫން ބޭނުމަށް ބިންދޫކުރުމުގެ ޤަވާއިދުގެ ދަށުންވެސް ބިންތައއ ދެވޭނީ ހުއްދަ ނަގާ ބިމުގެ ބަޖެޓުގަވެސް ހިމަނައިގެން.. އެއީ އެކަން އޮންނަން ޖެހޭނެވެސް ގޮތް.. ޔުނިޓަރީދަޢުލަތެއްގެ ބިންތައް ދަޢުލަތަށް ނޭނގި އެއްވެސް ފަރާތަކަށް ނުދެވޭނެ

    1
    5
  7. ރަދީފް ހުސެން

    މިގޮތް ގޯސްވެގެން މާލެއައް ބާރުތައް އެއްކޮއްގެން އެކަމާ ލޮލުފިޔަ ނުޖެހިގެން އުޅުންމީހުނައް މިހާރު މިކަން ރަނގަޅުވީތޯ. ދެން ކައުންސިލައް ބެޖެޓުވެސް ލިބޭނީ މަޖްލިސް ރުހޭބަޔަކު ކައުންސިލުގަ ތިބިއްޔާ. ލޮލް

  8. ޒާ

    ސަރުކާރުން ތި ކިޔަނީ ބިހޭބިހޭތަ؟

  9. އީޖާބޭރާއްޖެ

    ތިޔައީ ދައްކާ ހުވަފެން ކައުންސިލަރު އިންތިހާބައް ރައްޔިތަކައް ބާރެއްފޯރުވޭނެ އެއްކަމެއް ނުކުރާނެ މިހާރުވެސް ރައްޔަތުންނައް ގެދޮރުއަޅަން ބިންދޫނުކޮއް ބިމައް ޖައްސާފައި ބޯހިޔާވަހިކަމުގެ ނަމުގައި ފުލެޓްގެ ނަމުގައި ގެސްޓް ހައުސް އަގުބޮޑުކޮއް ސަރުކާރަކުން ވިޔަފާރިއެއްނުކުރާނޭ ކިޔާފައި އަދި މިވަރުން ވެސް ނުފުދިގެން ޖީއެސްޓީގެނަމުގައި ޖިޒީ ނިކަމެތިރައްޔަތުން އަޅުވެތިކުރަން