މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތީގައި މަތީ ފެންވަރުގައި ހަދާފައިވާ ނުވަ ބުރީގެ ހޮޓަލް ހުޅުވައިފިއެވެ.
"މާގިރި ހޮޓެލް" ނަމަކަށް ކިޔާ އެ ހޮޓާ ހުޅުވީ އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތެއއްގައި އެ ހޮޓާ ހިންގާ ރިޖެންޓް މޯލްޑިވްސްގެ އިސްވެރިންނެވެ. އެއީ ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު (92.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހެދި ހޮޓަލެކެވެ.
އަލަށް ހުޅުވި އެ ހޮޓަލުގައި މަތީ ފެންވަރުގެ 52 ކޮޓަރި ހުންނައިރު، ހުރިހާ ކޮޓަރިއެއްވެސް ހަދާފައި ވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އެ ހޮޓަލުގައި ދެ ރެސްޓޯރެންޓާއި ކެފޭއެއްވެސް ހަދާފައިވާއިރު، ކޮންފަރެންސް ހޯލަކާއި މީޓިން ރޫމަކާއި ފިޓްނަސް ސެންޓަރެއްވެސް އިނދެއެވެ.
އެ ހޮޓާ ހަދާފައި ވަނީ މީގެ ކުރިންވެސް ހޮޓަލެއް ހަދާފައި ހުރި ތަނެއްގައެވެ. އަލަށް ހުޅުވި މި ހޮޓަލުގެ ކޮޓަރިތަކުގެ އަގުތައް ރަނގަޅުވެފައި ލިބޭ ހިދުމަތްވެސް ފެންވަރު ރަނގަޅުވާނެކަމަށް އެ ހޮޓަލުން މައުލޫމާތުދެއެވެ.
އަދި އެ ހޮޓަލުގެ ރެސްޓޯރަންޓުތަކުގައި ޕާޓީ ފަދަ ހަފުލާތައް ބޭއްވުމަށް ވެސް ދޫކުރާނެކަމަށް އެ ހޮޓަލުން މައުލޫމާތުދެއެވެ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.