ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ރިޔާސީ ކޮމިޝަނުން މައްސަލަ ފޮނުވައިފިއެވެ.
ރިޔާސީ ކޮމިޝަނުން މިއަދު ވިދާޅުވީ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަޙްޤީޤުގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝަހީމްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތެއް ވެސް ކޮށްފައެއް ނުވެއެވެ. ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ޝަހީމާއި އަފްރާޝީމް ބައްދަލު ކުރީ ޝަހީމް އެދިގެން ކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވެއެވެ.
ޝަހީމް ވިދާޅުވެފައި ވަނީ އޭނާ އެދުވަހު އަފްރާޝީމާއި ބައްދަލު ކުރީ އަފްރާޝީމް އިސްވެ އެކަމަށް އެދިވަޑައިގަތުމުންނެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އާއި ޝާހީމާއި ގުޅުވަން ރިޔާސީ ކޮމިޝަނުންނާއި އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރައްވާތީ ޝަހީމް ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ. ޝަހީމް ވިދާޅުވެފައި ވަނި މިއީ އޭނާގެ އަބުރު ކަތިލުމަށް ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލި އިރު ޝަހީމް ހުންނެވި އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުގައެވެ. ޝަހީމަކީ މިހާރު މުސްލިމް ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެވެ.
ތިޔަ މަރުކޮމިޝަނުން ނަޝީދުއާ ސުވުވާލުކޮށް އޭނަގެމައްސަލަ ޝަރީއަތައް ފޮނުވަބަލަ. ނަޝީދުލައިވް މީޑިއާގަނޫންތަ ބުނީ އަފުރާޝީމްގެ ގާތިލުން ފުރައިގެން ދިޔަވާހަކަ. މިދާގޮތުން ހީވަނީ ސަރުކާރުން ކަންތައް ކުރަމުންދަނީ ޔާމިންވެސް ކަނތައް ކުރިގޮތައް އިންތިޚާބަތް ކުރިމަތިލާފާނެ ހެންހީވާ އެންމެން ޖަލައްލުމުގެ ސަގާފަތެއް ގެންގުޅޭހެން.
ޔާމީން ދައުރުގައި ސިޔާސީމީހުން ޖަލަށްފޮނުވީ ދައުލަތް ހިންގުމަށް ނުކުޅަދާނަކޮށްގެން. ޖަލަށް ބަޔަކު ފޮނުވީ ރަނގަޅަށްކަން އެނގުނީ ޔާމީނާއި ބެހޭގޮތުން ދެއްކި އެއްވެސް ވާހަކައެއް ސާބިތު ނުކޮށްދެވުމުންނެވެ.
ޑރ. އަފްރާޝިމް އަވަހާރަކޮށްލުމުގައި ބައިވެރިވެފައިވާ އެންމެން ނިސްބަތްވަނީ އެމްޑީޕީއަށެވެ. އެމީހުންގެ ދިފާއުގައި ނުކުތީވެސް އެމްޑީޕީއެވެ.އެމީހުނަށް ވަޒީފާދީ ފޮރުވަން އުޅެނީވެސް އެމްޑީޕީއެވެ.
ބާރުއޮތީ ތީ ބޭނުން މީި ހަކައް ބޭނުންގޮތެއް ހެދިދާނެ. ޢަދި މީނޫން ދުވަހެއް ވެސް އެބަ އޮތް.
ޔޫއެންއިން މިކޮމިސަން އެބަގެންދަންޖެހޭ ސަބަބަކީ މިނޫނީ މިދުނިޔެމަތީ ހުރިހާކަމެްްދަންނަ ބަޔަކުނެތީމަ
ކިހާދެރަކަމެއް. މީހުންގެ އަބުރު ކަތިލުމާއި ނުޙައްގުން މީހުންގެ ބޮލުގައި އިލްޒާމު އެޅުވުމާއި ޚާއްސަކޮށް މަރުގެ އިލްޒާމު އެޅުވުމަކީ ކިހާބޮޑު ނުބައި ކަމެއްކަން ނޭގެނީބާ. މި ނުބައިވެގެންވާ ސަރުކާރު ގެނައުމުގެ ހިތި ދިވެހި ރައްޔިތުން މިހާރު ތަޙައްމަލްކުރަމުން މިދަނީ. މިކަމުގައި ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބި ގިނަ ބައެއް ޒިންމާ ނަގަންޖެހޭ. އަދި މިނުބައި ބައިގަނޑުގެ ކިބައިން މި ލޮބުވެތި ރާއްޖެ ސަލާމަތްކުރުމަށް ހުރިހާ ދިވެހީންނަށް ގޮވާލަން.
މި ސަރުކާރު ޕެރަލައިޒުވެ މުރުތައްދު ބަލި ޖެހިފައި....
ވަރަށް މުހިއްމު ކަމެއް.. ޑޮކްޓަރ އިބްލީސް ނުވަތަ މިސްޓަރ އިބްލީސްގެ ނަމުން އަފްރާޝީމަށް މުޚާތަބް ކޮށް އަފްރާޝީމަކީ މުރުތައްދު ކާފަރެއް ކަމަށާއި ޝިރުކުގެ އަހުލު ވެރި އެއްކަމަށް އޭނާ މެރި މީހުނަށް ފަހުމް ކޮށްދިނީ ސީދާ އަދާލަތު ޕާޓީގެ އިލްމު ވެރިންނާ ސަލަފް ގެ އިލްމް ވެރިން ކަން ކަށަވަރު.
ޝަހީމު އަނބުރާ ރާއްޖެ އައިސް ސިޔާސީ މަސައްކަތް ފަށާތީ ޖެހިލުންވީ ދެއްތޯ؟
"އަނގަގަދަ މިތުރު" ހެދިގެން ޝަހީމް އުޅެންޏާ ލަނޑު ލިބޭނެ !
އެމް،ޑީ،އެން އުވާލުމަށް ގޮވާލުމުން މިފެނިގެންދާާ ކަންކަމާމެދު ވިސްނާލަމާތޯ ޤައުމުގައި އިސްލާމް ދީން ފެތުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ޝެއިހުންތައް ނެތިކޮއްލުމައް މަސައްކަތް ކުރަމުން ދާތަން މިފެންނަނީ' އެބައި މީހުންކުރާ ނުބައިޢަމަލުތައް ފެތުރުމަށް ހުރަހަކަށް ދީނީ ބޭފުޅުން ވާތީ'މިނުބައި ލާދީނީ މީހުންގެ ކިބައިން މިޤައުމު ސަލާމަތް ކޮއްދެއްވާންދޭ'އާމީން
ލާދީނީ ބައިގަނޑުގެ އަޖަލު އަތުވެއްޖެ ބަލަމާހިންގާ
އިންޝާﷲ
ހިތާމައިގެ ކޮޅެއްވެސް ނެތް. އިސްލާމީ އުއްމަތުގައި އުފެދިފައިވާ އަގުހުރި ޢިލްމުވެރިން ދުއްވާލުމުގެ މަސައްކަތް މިކުރަނީ. މިދެން ބޮޑުވަރު ދޯ. ޝޭޚް އިލްޔާސް މެންނަށް ދުޢާދެއްވާފައޭ ވިދާޅު ވެވުނީމަ އަދިވެސް ހަމަ ގޮތްދޫނުކުރަށް ތިއްބަވަނީ ތޯ އެމްޑީޕީ މީހުން ހަދާނެ އެއްޗެއް މިޤައުމުގެދީނާއި މިނިވަން ކަމަށް ހަދާ އިރުވެސް. ޑރ. އިޔާޒޫ މަނިކުފާނަށް ނަމާއި އެއްގޮތަށް ސޯލިޙު ކަން މިހާރު ވ. ރަނގަޅަށް އެނގިވަޑައިގަންނަވާކަން ޔަޤީން ނުވޭތޯ. މައުމޫނާއި ޤާސިމް އިބްރާހީމް މިޤައުމު ހަލާކު ކުރުވުމުގެ ޒިންމާ ފުރިހަމައަށް ނަންގަވާ.
މާތާހިރުވާނެ ކުނެރީގޭ ދާއްބަޔައް ދައުއްވާކުރިއްޔާ އަދި މާ އައުލާކަންވެސްބޮޑުވާނެ އެޖާހިލު މިގައުމް އެއްކޮން ހަލާކުކޮއްފި ޔާ ﷲ އެބަލާވެރިޔާގެ ކިބައިން މިގައުމް ސަލާމަތްކޮއްދެއްވާދޭވެ
ޢާމީން
މާތް މަރުހޫމެއްގެ މަރު ބޭނުންކޮށްގެން ކުށެއްނެތް އެތައް ބަޔަކަށް ސިޔާސީ ދަޢުވާކޮށް ޖަލަށް ލުން އެއީތޯ އެޖެންޑާ19ގެ ދަށުން އެބުނާ އިންސާފު ޤާއިމު ކޮށް ދިނުމަކީ
ކޮބައިތަ އަފުރާސީމް އަވަހާރަކޮއްލި ދުވަހުގެ ފަހުންދުވަހު އަފުރާސީމްއަވަހާރަކޮއްލީ ބޭރުމީހެއްކަމަށާ އެމީހުން މިހާރު ފުރައިފިކަކައްބުނި މީހާގެ ބަޔާން އޭނާފޮނުވާބަލަ ސަރީއަތައް!!
އަމިއްލަ އަތްފައިން ގޯސްހަދަމުންގޮސް އަމިއްލައަށް ވެއްްޓޭނެ. ރަންގަޅަށް ހޭވެރިކަންވެ ލޯފުހެލާބަލާލާއިރު އޮންނާނީވެއްޓިފަ އިންޝާﷲ.
ގަންޖާބޯމެން ހިތު ހުރިވަރަކަށް ދޮގު ހަދާއިރު އެކަމުގެ މައްޗަށް ދަޢުވާ ނުކުރެވެނީ ކީއްވެ.
ޔާﷲ ޝަހީމްއަށް ނަޞްރު ދެއްވާނދޭވެ. ދީނުގެ ޢަދުއްވުން ބަލި ކުރައްވާނދޭވެ. އާމީން ްްްްްްްްްްްްްްްްްްްްްްްްް
މާތްﷲއިރާދަކުރެއްވިއްޔާ މިސަރުކާ ލަސްތަކެއްނުވެ ވެއްޓޭތަންފެންނާނެ
ޙާދަ އެއްޗެއް ނުވިސްނޭ ދޯ . ކީއްވެގެންތަ ޔާމިންގެ ނައިބް ރައީސަކަށް ޝަހީމް ހަމަޖެއްސީ. ޥިސްނަބަލަ
އަފްރާޝިމް މަރާލީ ކޮން ބައެއް ކަން އަދި އަޑީގަ ތިބީ ކޮން ބައެއް ކަން އެންމެންނަށް ވެސް އެންގޭ ތީ ސަޔާސީ ބޭނުމެއް ފުއްދަން ކުރާކަމެއް މިރާއްޖޭގަ އަދުލް އިންސާފެއް ނެތް ކޯޓް ތަކަށް ރައްއިތުން ގެ އިތުބާރު ގެއްލިއްޖެ ތި ތަންތަނަކީ ސީޔާސީ މީހުންގެ މައްސަލަ ބޭނުންވާ ގޮތަކަށް ނިންމާތަންތަން
ކޮބާ މިފެންނަން ފަށަނީ ބޮޑުމަންޒަރު މިޤައުމުގަ ދީނީއިލްމުވެރިންގެ ތާޖުއަޅުއްވައިގެންތިބިކަމައްބުނާ (މައުމޫން ،ޢިމްރާން، އިލްޔާސް، އިޔާޒް، އަލީޒައިދު)ކޮބާ އިލްމުވެރިޔަކާދެކޮޅައް ސިޔާސީ ދަޢުވާއެއްކުރަންއުޅޭއިރު އަނގަހުޅުވާލަން ނުކެރޭ އެހެންތާވާނީ އަނގަހުޅުވާލައިފިއްޔާ ޝައްކެއްނެތި ޖަލުގެ ކުޑަގޮޅި ކަރަވަރުވާނެ ދީވާލްޕާގެއަތްދަށުވެފަ އެތިބީ
އަނިޔާވެރިކަން ހުއްޓުވަން ހަޅޭއްލަވަމުން އައި ސަރުކާރުން މި ފެންނަނީ އަނިޔާވެރިކަމުގަ ހައްދުފަހަނަޅައަޅައިދާ މަންޒަރު ، ޝަހީމް ދެކެ ސިޔާސީ ގޮތުން ޖެހިލުންވާތީ ، ދޮގު އިލްޒާމު އަޅުވައިގެން އިންތިޚާބުގަ ވާދަކޮށްފާނެތީ ބިރުން އެކަން ހުއްޓުވަން އުޅޭ އުޅުމެއް ތީ..... ލާދީނީ އަނިޔާވެރި އެމްޑީޕީގެ ސަރުކާރުގެ ނިމުން އަވަސްކުރައްވާށި
ޔާއަްލާހް ޝަހީމްއަށް ރައްކާތެރިކަންދެއްފާނދޭވެ. މިއަނިޔާވެރިވެރިކަން ވޭންދެނިވިގޮތަކަށް ނިންމަވާދެއްވާފާނދޭވެ. އާމީން