ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅުވައިގެން ދައުވާ ކުރަނީ ސިޔާސީ މުސްތަގުބަލް ދުއްވާލަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށާއި އަދި ތަހުގީގަށް ހުރަސް އަޅުއްވާފައިވާ ކަމަށް ވިދާޅުވެ އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް ރިޔާސީ ކޮމިޝަނުން މައްސަލަ ފޮނުވުމުން ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
ޝަހީމް ވިދާޅުވީ "އަފްރާޝީމްގެ މަރުގެ މައްސަލައަކީ އަޅުގަނޑާއި އެއްވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ނޫން." ކަމަށެވެ.
"ދައުވާ ކުރަނީ އަޅުގަނޑުގެ މަސައްކަތައް ހުރަސް އަޅައި ސިޔާސީ މުސްތަގުބަލް ދުއްވާލަންށެވެ. މާތްﷲ އަށް ވަކީލް ކުރަމެވެ." ޝަހީމްގެ ޓްވީޓްގައި ވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ އާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަޙްޤީޤުގައި އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝަހީމްގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތެއް ވެސް ކޮށްފައެއް ނުވެއެވެ. ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ޝަހީމާއި އަފްރާޝީމް ބައްދަލު ކުރީ ޝަހީމް އެދިގެން ކަމަށް ރިޔާސީ ކޮމިޝަނުން ވިދާޅުވެއެވެ.
ޝަހީމް ވިދާޅުވެފައި ވަނީ އޭނާ އެދުވަހު އަފްރާޝީމާއި ބައްދަލު ކުރީ އަފްރާޝީމް އިސްވެ އެކަމަށް އެދިވަޑައިގަތުމުންނެވެ.
އަފްރާޝީމް އަވަހާރަކޮށްލި އިރު ޝަހީމް ހުންނެވި އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުގައެވެ. ޝަހީމަކީ މިހާރު މުސްލިމް ގައުމުތައް ހިމެނޭ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެވެ.
މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ޑރ. ޝަހީމަށް ރައްކާތެރިކަން ދެއްވައި މިސަރުކާރު ދާދި އަވަހަށް ޕެރަލައިޒު ވާނެ.. އިންޝާ ﷲ..
ޝަހީމް ހިތްވަރު ގަދަ ކުރައްވާ އެ ބައިގަނޑަށް އެއްވެސް ކަމެއް ނުކުރެވޭނެ އިންޝާ ﷲ . އެމީހުންގެ ހިއްތަކައް ﷲ ބިރުވެތިކަން އެވައްދަވަނީ '' މަސީރަތި ޝަހްރިން'' މިޙަދީސް ގައިވާ ގޮތަށް .
ޖަލައް އެއްވެސް މީހަކު ލައިގެން ނުވޭތާ. ކަލެ އައް ދައުވާ ކުރަންޖެހޭ އަންހެނަކައް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލާގައި.ވެސް. ނޫނޭ ތީ ހުދު ކާފޫރު ކޮޅެއް.
ޝަހީމަށްވެސް ޖަލުގޮޅި ޔަގީންވީ. އެކުވެރި ރަޙުމަތްތެރި މަކަރުވެރި ހިޔަޅުވަންތަ ހޯމް މިނިސްޓަރު އަނގަ ފިނދެއްހެން ހަދައިގެން ހުންނާނެ. ދައުލަތޭ ސަރުކާރޭ ފަޅޮލޭ ބަކަށްޓޭ. ގޮވާލަ ގޮވާލާ.
ހައްދަވާގެންގުޅުއްވާ އިލާހު ގ.ކެނެރީގެ މުޙައްމަދު ނަޝީދުގެ ކިބައިން މިޤައުމު ސަލާމަތްކޮށްދެއްވައި ޝަހީމަށް ނަޞްރު ދެއްވައި ދޭނވެ. އާމީން.
ކަނޑައެޅިގެން ދޮގު އިލްޒާމެއް މީހެއްގެ ބޮލުގައި އަޅުވާ ޝަހީމްގެ ދުވަސް ދުއްވާލަން މިއުޅެނީ. އަޑީގައި ތިބީ ހަމަ މެދުއިރު މައްޗަށް ފުރާއިގެން ދިޔަކަމަށް ބުނި މީހުން
ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅުވައިގެން ދައުވާ ކުރަނީ ސިޔާސީ މުސްތަގުބަލް ދުއްވާލަން ކަމަށް ބުނި އިރު މީނައަކީ ސިޔާސީ މުސްތަގުބަލެއް އޮތްމީހެއްތަ؟ ރިޔާސީ އިންތިހާބުގަ ރައްޔަތުން ނޫނެކޭ ބުނުމުން ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްހުރެފަ އަނެއްކާ ވެރިކަމަށް ބޫތު ކައިފަ ހުރިވަރުން ތެޅެނީ. އެކަމަކު މީނައަށް ވޯޓްދޭނެ ރައްޔަތަކު މިގައުމުގަ ނެތް.
އަހަރުމެނާ ދެކޮޅަށް އަނގައިން ބުނެފިތަ ދުވަސް ދުއްވާލާނަން
މިބަޔަކު ވެރިކަމަށްގެނައިފަހުން އާދައިގެ ނިކަމެތީންނަށް ގޮތް ހުސްވެއްޖެ. ކޮނމެވެސް ބިރުވެރިކަމެއް ނުހިގާ ދުވހެއްނުދެއެއވެ. ޖޮބްސެކިއުރެޓީއެއް ނެތް. އަނިޔާވެރިކަން ހައްދުފަހަނައަޅާ ދަނީ. ހުރިހާމޮޅަކާލާބައެއް އިސްލާމް ދީނާ ދެކޮޅުމީހުންނައް. ޢުޭންވީގޮތް ހެދިބިޑުވަމުނދާ ކުދީންނަށް އޮޅުވާލަިފި.
ހީވަނޭ ޢިލްމު ވެރިންގައި "ވަކަރަށް ޖަހާލީ" ހެން.
ބަލަ ހާސް ނުވޭ!
ތި މައްސަލަ އާއި ކަލެއާއި ގުޅުން ނެތްކަމަށް ޝަަރީއަތަށް ޘާބިތުކޮދީ.
ބޭކާރު ވާހަކަ ނުދައްކާ.
ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅުވައިގެން ދައުވާ ކުރަނީ ސިޔާސީ މުސްތަގުބަލް ދުއްވާލަން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއޮތީ އަހަރުމެން މިދައްކާވާހަކަ އާއި ޝަހީމަށް އެއްބަސް ވެވިފައެވެ.
އަހަރުމެން ހަރުއަޑުން ބުނަމެވެ.
ތިޔައީ ޝޭޙުންނެއް ނޫނެވެ.
ތިޔައީ ދީން ހަތިޔާރަކަށް ހަދައިގެން އުޅޭ ސީޔާސީ އެކްޓިވިސްޓުންނެވެ.