ރާއްޖެ ހިމެނޭ ސަރަޙައްދުގައި ބާރުގަދަ ތިން ކޮޅިގަނޑު އުފެދި، ތޫފާންތަކަށް ބަދަލުވަމުންދާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖެ ކައިރީގައި ބާރުގަދަ ތިން ކޮޅިގަނޑެއް އުފެދި ދައުރުވަމުން ދަނީ، ރާއްޖޭގެ އުތުރުގައި އާއި، ރާއްޖޭގެ ހުޅަނގުގައި އާއި ހުޅަނގު ދެކުނުގައެވެ.

އެ އިދާރާއިން ވިދާޅުވީ، މީގެ ތެރެއިން ރާއްޖޭގެ އުތުރުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭ ތޫފާނަކަށް ބަދަލުވާނެ ކަމަށެވެ. އަދި އެ ތޫފާން ރާއްޖޭގެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިގޮތުގައި، ރާއްޖޭގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑު، ކުރިޔަށް އޮތް 36 ގަޑއިރު ތެރޭ ތޫފާނަކަށް ބަދަލުވާނެ ކަމަށާއި، ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑު، ކުރިޔަށް އޮތް 12 ގަޑިއިރު ތެރޭ ތޫފާނެކަށް ބަދަލުވެ ހުޅަނގު އުތުރަށް ޖެހެމުންދާނެ ކަމަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ މި ތިން ކޮޅިގަނޑުވެސް މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެ އާއި ދުރަށް ކަމަށެވެ.

ރާއްޖެ ސަރަޙައްދުގައި ބާރުގަދަ ކޮޅިގަނޑުތަކެއް އުފެދި ތޫފާންތަކަށް ބަދަލުވަމުންދާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.

ކުރިޔަށް އޮތް ވަގުތުތަކަށް މޫސުން ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވީ، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާއި ބެހޭ އިދާރާއިން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ކަންނެލި އޮޑި

    މިހާރުވެސް މިއުޅެނީ ޖެހުނު ކޮޅިގަނޑެއް ތޫފާނަކަށް ބަދަލުވެގެން.

    97
    6
  2. ޕޮގުބާ

    ރަޢީސްޔާމީނަށް ނުހައްގުން އަނިޔާކުރުން ހުއްޓާާލާ

    102
    33
    • ސާބަހޭ

      ބޮޑުވަރު ދޯ މިކަންވެސް ސިޔާސީ އޭނައަށް އެކަނިތަ ނުހައްގުން ކަންވީ.

      59
      50
    • އެކޮޅިގަނޑު

      މިހާރު ޔާމިނު ވަރުގެ މާތް މީހެއް ނެތިގެން، މޫސުމަކީ މީހަކާ ހެދި ވާކަމެއް ނޫން ގުދުރަތުގެ ކެކުޅުމެއް

      57
      41
  3. ޙަަރުން

    ﷲ ގެ.ހުކުމްތަކަށް ގޮންނުޖައްސަވާ.އުޑުފަތުރުވައްވާ .ވާރޭ ވެއްސަވަނީ އެކަލާނގެ.ނާއިންސާފާ.މުންކަރާށް ތައް އާންމު ނުކުރޭ.ﷲ ގެ ދީނަށް ނަސްރުދޭ މީހުންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ނުކުރޭ....ﷲ ވަކީލު

    127
    5
  4. ސަގަރު

    ބުރިންގް އިޓް އޮން

    5
    49
  5. manisha

    eiy allah ge kulhadhunvanthakan so nobody should blame others

    28
    1
  6. ދަންސޫރަ

    ޔާމީން ދޫކޮއްލާ އަނިޔާކުރުން ހުއްޓާލާ ސަރުކާރު މައިތިރިވޭ ރާއްޖެއަށް ބޮ ޑު ނިކަމެތިކަމެއް ލިބިދާނެ

    33
    21
  7. އަޙުމަދު

    ޤަމުގައި އިންސާފުނެތި ދިޔައީމައި މިފަދަ ގުދުރަތީ ކަންކަން ދިމާވާނެ

    37
    6
  8. ޝިހާބު

    ކޮޅިގަނޑުތައް އުފެދި އޭގެ އަސަރު މިކުރަނީ! އަންނި ކޮޅިގަނޑު ، ކިނބޫ ކޮޅިގަނޑު ، ސޭޓް ކޮޅިގަނޑު ، ގޅބ ކޮޅިގަނޑު ، ލާދީނީ ކޮޅިގަނޑު. ދިވެހިން ހޭވެރިވާކަށް ނުވޭތޯ؟ މުޅި ޤަވްމު ނާމާންވެ ، ގޮތްނޭގޭ މަރުތައް ގިނަވެ ، ވައްކަމާ ޓެކުން ގިނަވެ މިދަނީ އަހުރެމެންގެ ލޯމަތީގައި ނޫންތޯ؟

  9. ޖާޒީރާ ބޯއީ

    މިޖެހިގެން އުޅޭ ލާދީނީ ކޮޅިގަނޑު މިހާރު މިވަނީ މުސީބާތެއްގެ ސިފަ ޖެހިފަ.

    43
    5
  10. ޒ

    ފޮޓޯގަނޑެއް (އިންފޯ-ގްރެފިކްސް) ހިސާބުވެސް ނެތީތަ!

    11
    1
  11. ރުރު

    ސެެ ??

    1
    6
  12. މުހައްމަދުބެ

    މިއުލެނީ ރަށައް ޗުއްޓީ އައްދާން، މަސްބާނަން، އެކަމު ހާދަ ހިތާމަވެރި ހަބަރެކޭ ތީ.

    28
    1
  13. ޔަހި

    މޫސުން ރަނގަޅުވާނީ ކިހާތާކު.

  14. ސާބަސް

    ކޮންމެވެސް މީހަކު ފޭސްބުކްގަ މެޓް ގެ ހަބަރަކަށް ތިވާހަކަތައް ލިންކް ކޮށްލީމަދޯ މެޓް އަށް ތިވާހަކަ ރައްޔިތުންނާއި ހަމަޔަށް ގެނެސްދޭންވެސް ތިއިނގުނީ.

  15. މަކިނބޫ އެޓް ދުބާއީ

    މޯދީ ކޮންފަރެންސް ބާއްވަނީ އެއީ ކަންނޭނގެ މިކޮޅިގަނޑުގެ އަސްލަކީ

    14
  16. ޙާސަރު ހ

    ތިޔާގެން 2 ކޮޅިގަނދު ގަތަރައް ޖެހުމައް ފަހު ރާއްޖެ އަތުވައްްޖި

    14
  17. ތެދު

    ﷲއާއި ރަސޫލާއަށް ފުރައްސާރަކުރަންޔާ ކޯފާއައުންދުރެއްނުވާނެ...ﷲބިރުވެތިނުވެ ފާހިސްއަމަލުތައް އާއްމުވީމަ ވާނީމިހެން..މިވީ 10 އަހަރުދުވަހުގެތެރޭގަ މިވަރު މޫސުންގޯސްވި އަދި ދިގުލީދުވަސްވަރެއްވެސްނެެތް.ވިސްނާފިކުރުކުރާބަޔަކައް އިބުރަތެއް..

    31
  18. ﷲއަށް ބިރުވެތިވޭ އަނިޔާވެރިންނާ ދުރުހެލިވޭ

    މީހުންގެ ހައްގުތަކަށް އަރައިގަތުން ހުއްޓާލާ އެތައްހާސްރަތްޔަތުންގެ ބޯހިޔާވަހިކަން އަދިރިނުކޮށް އޭގެހައްގުވެރިންނަ މަކަރުނުހަދާ ހަވާލުކުރޭ އެހެންނޫނީ މީހުންގެބަދުދުޢާ ﷲހަޝުރަތައް އުފުއްލަވާނެ ބިރުވެތިވޭ މުސީބާތްއައިސްޖެހުމުން ހުއްޓުވަން ކުރެވޭނެކަމެއްނެތް

  19. ޓޫފާ

    ތޫފާނު ނިކަން ދޭބަލަ ނުހައްގުން ތެޅި ބާލައި މީ ހުން މަރަމުން ޅަކުދިން ފަޅަމުން އެއްޖިންސުން ގުޅުން ހިންގަމުން އެދާ ބައިގަނޑު ބޮލަށް ބިނދެން ޕްލީޒް! މަގުމަތީ ކެނޑިފަ ތިބޭ އެއްޗެހިންވެސް ގެންދާތި! މި ގައުމުގައުވާ ނެތް އަމާންކަމެއް.

  20. ބުނަން.....

    ޔާﷲ އެންމެހާ ބަލާ، މުސީބާތްތަކުން މި ޤައުމާއި ރައްޔިތުން ސަލާމަތްކުރައްވާނދޭވެ. އާމީން!