ކޮންޓެއިނާ އުފުލާ ބޯޓެއްގެ ފަޅުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ ޔޫކްރެއިންއަށް ނިސްބަތްވާ 25 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ބޭރުގެ ކޮންޓެއިނަރ އުފުލާ ބޯޓަކުން ދަތުރުކުރި އެމީހާއަކީ ބޯޓުގެ ސެކަންޑް އޮފިސަރު ކަމަށާއި، އޭނާ ގެއްލިފައިވަނީ ސްރީލަންކާގެ ގޯލްއާއި 70 ނޯޓިކަލް މޭލުން ބޯޓު ދަތުރުކޮށްފައި ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ، މި މީހާ ގެއްލިފައިވަނީ މި ދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ 13:30 ހާއިރު ކަމަށެވެ. އޭރު ބޯޓު ދަތުރުރަމުން ދިޔައީ ސްރީލަންކާގެ ގޯލްގެ ހުޅަނގުން 70 ނޯޓިކަލް މޭލުން، ދިވެހިރާއްޖެ އިރު އުތުރުން 322 ނޯޓިކަލް މޭލު ބޭރުން ކަމަށް ކޯސްޓްގާޑުން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މި މަހަހުގެ ދެވަނަ ދުވަހު ކަމަށެވެ.

އެމްއެންޑީއެފް އިން ވަނީ، ރާއްޖޭގެ އުތުރާއި އަދި އިރު އުތުރުގެ ރައްތަކުންނާއި، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބައްލަވައިދެއްވުމަށް އެދިފައެވެ. އަދި މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅުއްވުމަށް އެ އިދާރާއިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗިޗަންޑާ19

    23 ވަަނަ ދުވަހު ގެއްލުނީ، ހަބަރު ލިބުނީ އަނެއްމަހުގެ 2 ވަނަ ދުވަހު. ވަރަށް ތާހިރެއްނުން

    3
    1
  2. އެޖެންޑާ 19

    ހުސް ދޮގު. ނުގެއްލޭނެ. ގެއްލޭ މީހުންގެ އަދަދު 0