އަންނަ މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ނިންމައި، އިންކަމް ޓެކްސްގެ ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

އިންކަމް ޓެކްސްގެ ބިލް މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެމްބަރުންނެވެ. މި ބިލް ސަރުކާރުގެ ފަރާތުން، ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. ވައްޑެ ހުށަހެޅުއްވި ބިލަށް މުޅި މަޖިލިސް ބައިވެރިވެގެން، ދިރާސާކޮށް، ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅައި، ފާސްކޮށްފައެވެ.

މި ބިލުގައި ވާގޮތުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެންނެވެ. ދެން ހުރި ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށަން ވާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް އެ އިސްލާހުގައިވެެއެވެ.

އެގޮތުން އޭޕްރީލް 1 އިން ފެށިގެން ނަގާނީ އުޖޫރަ އާއި ވިޔަފާރި އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި ޑިވިޑެންޑާއި އިންޓަރެސްޓާއި އެނުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާއި ކަމިޝަނާއި ރޮޔަލްޓީން ކަމަށް ވެސް ފާސްކުރި ބިލުގައި ވެއެވެ.

މި ބިލުގެ ބަހުސް މަރުޙަލާގައި ސަރުކާރާ އިދިކޮޅު ބައެއް މެމްބަރުން ވަނީ ވަރަށް ބޮޑަށް މި ބިލް ބަލައިނުގަަންނަ ކަމަށް ބުނެ، ފާޑުކިޔާފައެވެ. ރައްޔިތުން އިންކަމް ޓެކްސް ދައްކަން އަދި ތައްޔާރު ނުވާ ކަމަށާއި، މި ބިލް ފަރުމާވެފައި އޮތީ އާދައިގެ މަސައްކަތްތެރިންނަށް ބުރަ އުފުލަން ޖެހޭ ގޮތަށް ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ވަކާލާތު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮވިކަލޯ

    ދައުލަތަށް އާމުދަނީ ލިބެން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުންގެ ޖީބުތަކަށާ ފޮށިތަކަށް ސަރުކާރުން އަތްބޭނުންކަމުގައިވާނަމަ މި ގޮތް ރަގަޅު! ރައްޔިތުން އަދިވެސް ހޭވެރިވަން ނުވޭބާއެވެ؟

  2. ޢަންނު

    ޓެކްސް ނެގުންރަގަޅުއެކަ ަމމކު ނަގާ އަދަދު ތަންކޮޅެއްބޮޑީ ދޮއްތަ 200،000ރުފިޔާ ލިބޭ މީހާ އަތުން 24،0000 އެބަ ދައްކަން ޖެހޭ މީ ދެން ބޮޑުވަރު މިފައިސާ ނަގާފަ އަނެއްކާ މަޖްލިސް މެ މެމްބަރުންނާ ކައުންސިލް ެމ މެމްބަރުންގެ މުސާރަ ބޮޑުކުރީ މަ އެނި މުނީ ތޯއްޗެ

  3. ޖާޒީރާ ބޯއީ

    މިސަރުކާރުން އާދައިގެ ރައްޔިތުންގެ ޖަރުގައި ޖަހާ 1 އޭޕްރީލް ގައި ދަމަން ހަދާފައިވާ ދަންތޫރައެއްމީ. ރައޔިތުންނޭވެ ވިސްނާށެވެ.

  4. ހަތްބޯރާހި

    ރައްޔިިތުންފެލައިގެން ނޫންގޮތަކައް ސަރުކާރު ނުހިންގެންޏާ އަވަހައް އިސްތިއުފާދީ